އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ބެންގަލޫރު ސިޓީގެ އެޕާޓްމަންޓެއްގެ ތެރެއިން އަންހެނެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި އެ ހަށިގަނޑަކީ އުމުރުން 26 އަހަރުގެ އަންހެނެއްގެ ހަށިގަނޑެއް ކަމަށާއި އޭނާ 30 ބަޔަށް ކޮށާފައި ފުރިޖަށް ލާފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެއެވެ.
މިކަން ފަޅާއެރީ މަރުވެފައިވާ ހަށިގަނޑުގެ ވަސް އެ އިމާރާތުގައި ފެތުރިގެން ދިއުމުން އެ ސަރަހައްދުގެ ރައްޔިތުން ފުލުހުންނަށް އެކަން އެންގުމުންނެވެ.
"ހަށިގަނޑު ދެނެގަނެވިއްޖެ، އެ އަންހެން މީހާއަކީ އެހެން ސްޓޭޓަކަށް ނިސްބަތްވާ މީހެއް…،ވަގުތީ ގޮތުން މިތާ ބެންގަލޫރުގައި މަޑުކޮށްގެން ހުރި މީހެއް،" ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ ކުށުގެ ވެށިން ފިންގަޕްރިންޓިން ޓީމަކާއި ތަމްރީނު ލިބިފައިވާ ސްނިފަރ ޑޮގްތަކުގެ ސްކޮޑަކަށް ގޮވާލާފައިވާއިރު ފޮރެންސިކް ޓީމަކުން ހެކި އެއްކުރަމުންދާ ކަމަށެވެ.
2022 ވަނަ އަހަރު ދިއްލީގައި ވެސް މިފަދަ ކަމެއް ހިނގިއެވެ. އެފަހަރު ދިއްލީގައި މީހަކު މަރާލުމަށްފަހު އޭނާގެ ހަށިގަނޑު 35 ތަނަކުން ކޮށާލާފައި ވެއެވެ









