އިސްރާއީލުގެ ޓެރަރިޒަމަށް އެމެރިކާ އިން ތާއީދު ކުރާ ކަމަށާއި، އެމެރިކާގެ ތާއީދެއްނެތި އިސްރާއީލުން ޖަރީމާތައް ނުހިންގާނެ ކަމަށް ބުނެ އދ.ގައި ހުންނަވާ ރަޝިޔާގެ ދާއިމީ މަންދޫބު ވަސިލީ ނެބެންޒިއާ ވަނީ އެމެރިކާއަށް ވަރުގަދަ ތުހުމަތެއް ކުރައްވައިފަ އެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ އިސްރާއީލާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ސަލާމަތީ މަޖިލީހުގެ ހޫނު ބަހުސްތަކެއްގައި، ދުނިޔޭގެ ލީޑަރުން ފަހަކަށް އައިސް އެ ސަރަހައްދުގައި ކުރިމަތިވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަމުން ދަނިކޮށެވެ.
ބައިނަލްއަގްވާމީ ފޯރަމްތަކުގައި އެމެރިކާއިން އިސްރާއީލަށް ތާއީދުކުރާ ކަމަށް ބުނެ ނެބެންޒިއާ ފާޑުވިދާޅުވެ، ވޮޝިންޓަންގެ މާލީ، އަސްކަރީ އަދި ޑިޕްލޮމެޓިކް ސަޕޯޓުން އިސްރާއީލަށް އަދަބެއް ދީފައިނުވާކަމަށް ވިދާޅުވިއެވެ.
ރަޝިއާ އަކީ ގިނަފަހަރަށް އެމެރިކާގެ ޚާރިޖީ ސިޔާސަތާ ދެކޮޅު ހަދައި، ގިނަ ބާރުތައް ދުނިޔޭޣައި އޮތުމަށް ވަކާލާތުކުރާ ޤައުމެކެވެ.
ރަޝިއާއިން އެމެރިކާ ދެކެ ނަފްރަތު ކުރަނީ، ނޭޓޯ މެދުވެރިކޮށް ރަޝިއާ ސަރަހައްދުގެ ކޮންޓްރޯލް ނެގުމަށް އެމެރިކާއިން ކުރާ މަސައްކަތުގެ ސަބަބުންނެވެ. ޔުކްރޭނު ހަނގުރާމައިގައިވެސް އެމެރިކާއަކީ އަޑީގައި އޮވެގެން ރަޝިއާއާއި ދެކޮޅަށް ގިނަ ރޭވުންތައް ރާވަމުންދާ ގައުމެކެވެ.









