ހިފާފައިވާ ހުޅަނގު އައްސޭރީގައި ގަވާއިދާ ހިލާފަށް އިސްރާއީލުގެ އާބާދީތަކުން އުފައްދާ އެކި ޕްރޮޑަކްޓުތަކަކީ "އިސްރާއީލުން" ތައްޔާރުކޮށްފައިވާ ތަކެތި ކަމަށާއި އެތަކެތީގައި މޭޑް އިން އިސްރާއީލް ޖެހޭނެ ކަމަށް އެމެރިކާއިން ކަނޑައަޅައިފިއެވެ.
"އެންޓި-ބީޑީއެސް ލޭބަލިން އެކްޓް" ގެ ނަމުގައި މި ބިލް ނެރެފައި މިވަނީ ފަލަސްތީނަކީ މމިިނވަން ދައުލަތެއްގެ ގޮތުގައި ހެދުމަށް ހުޅަނގުގެ ބައެއް ގައުމުތަކުން ވެސް އެއްބަސް ވެފައި ވަނިކޮށެވެ. އެމެރިކާގެ މި އަމަލަކީ ފަލަސްތީނު މިނިވަން ދައުލަތަކަށް ހެދުމަށް ހުރަސް އަޅާނެ ކަމަށް ދެވޭ މެސެޖެއް ކަމަށާއި އަދި ނަސްލީ ތަފާތުކުރުން ކަމަށް ހައުސް އޮފް ރެޕްރެޒެންޓޭޓިވްގައި މި ބިލާއި ދެކޮޅަށް ވާހަކަދެއްކެވި މައިނޯރިޓީން ބުނެފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.
މި ހުށަހެޅުމުގައި އިތުރަށް ބުނެފައިވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގެ ބޮޑު ބައެއްގެ އުފެއްދުންތަކަށް “ޕްރޮޑަކްޓް އޮފް އިސްރާއީލް” ނުވަތަ “މޭޑް އިން އިސްރާއީލް” ގެ ނަމުގައި ލޭބަލް ޖަހާނެ ކަމަށެވެ.
1995 ވަނަ އަހަރު އެމެރިކާއިން ނިންމާފައިވަނީ ޣައްޒާގެ އުފެއްދުންތައް އެމެރިކާއަށް އެތެރެކުރާއިރު އިސްރާއީލްގެ ލޭބަލް ޖެހުމަށެވެ. ނަމަވެސް ފަހުން 2016ވަނަ އަހަރު އޮބާމާގެ ވެރިކަމުގައި އެކަން ހުއްޓާލިއެވެ. އޮބާމާގެ ވެރިކަމުގައި "މޭޑް އިން އިސްރާއީލް" ޖަހާފައިވާނަމަ ޖޫރިމަނާ ކުރެއެވެ.
ކޮންގްރެސް މެންބަރު ރަޝީދާ ތުލައިބް (ޑީ-މިޝިގަން) ހިމެނޭ ގޮތަށް އިދިކޮޅު ފަރާތްތަކުން ބުނީ އެ ބިލަށް ވޯޓު ދިނުމަކީ ފަލަސްތީނު ވުޖޫދުން ފޮހެލުމަށް ދެވޭ ވޯޓެކެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ 0ހުޅަނގުއައްސޭރީގައި ގަދަކަމުން ގެދޮރު އަޅައި 620000 އަށްވުރެ ގިނަ ޔަހޫދީން މިހާރު ވެސް އެބަތިއްބެވެ. 0ފަލަސްތީނުގެ ބިމަކީ ވަރަށް ބޮޑު ގުދުރަތީ މުއްސަނދިކަމެއް ލިބިފައިވާ ބިމެކެވެ. ހަމަ އެހެންމެ ލުބުނާނާއި ސީރިއާގައި ވެސް މި މުއްސަނދިކަން އޮވެއެވެ.









