އުރީދޫ ނޭޝަން ގޭމިން ޕްލެޓްފޯމްގެ އެސެސަރީ ޕާޓްނަރެއްގެ ގޮތުގައި އެސްބީއެންޓީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެސްބީއެންޓީއަކީ ރާއްޖޭގެ ކުންފުންޏެއް ކަމަށާއި، ގޭމަރުންނަށް ޚާއްޞަކޮށް އެންމެ ފަހުގެ ޓެކްނޮލޮޖީ ގެނެސްދޭ ކުންފުންޏެއްކަން އެނގިފައިވެއެވެ.
އެސްބީއެންޓީގެ ވެބްސައިޓް މެދުވެރިކޮށް ގޭމަރުންނަށް ބޭނުންވާ ގޮތަކަށް ސިސްޓަމެއް ފުރިހަމަކުރަން ބޭނުންވާ މޮނިޓަރު، ސީޕީޔޫގެ އިތުރުން ގޭމިން ގޮނޑި ފަދަ ތަކެތި ލިބެން ހުރެއެވެ. އެ ކުންފުނީގެ އަމާޒަކީ ވިޔަފާރިކުރާ ފަރާތްތަކަށް އެންމެ ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ހެޔޮޔޮ އަގުގައި ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް އެސްބީއެންޓީން ބުނެފައިވެއެވެ.
އުރީދޫއިން ދަނީ ގޭމިން ދާއިރާ ކުރިއަރުވައި ތަރައްޤީކުރުމަށާއި ގޭމް ކުޅޭ މީހުންނަށް އިތުރު ފުރުޞަތުތަކެއް ހޯދައިދިނުމަށް އުރީދޫ ނޭޝަން ޕްލެޓްފޯމް މެދުވެރިކޮށް ކޮންޓެންޑާ ސީރީޒްތަކުގެ މުބާރާތްތައް ބާއްވަމުންނެވެ. މިގޮތުން މިދިޔަ ހަފްތާގައިވެސް ފައިސާގެ ބޮޑެތި އިނާމުތަކާއެކު ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު މުބާރާތުގެ ސގެ ސީރީޒްއެއް ކުރިއަށް ގެންގޮސްފައިވެއެވެ.
އުރީދޫއިން ފާހަގަކުރި ގޮތުގައި ކުރިއަށް އޮތްތާގައިވެސް ފޯރިގަދަ އީސްޕޯޓްސް މުބާރާތްތައް ކުރިއަށް ރޭވިފައިވާ ކަމަށާއި، އީސްޕޯޓްސް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި ދެމިތިބޭނެއެވެ.









