Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖެ އެތެރެކުރަން އުޅުނު 3.5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު 3.5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

އައިޝަތު ރުވާ ރިފްޢަތު
722 ދުވަސް ކުރިން - 17 ސެޕްޓެންބަރު 2024 23:51
ރާއްޖެ އެތެރެކުރަން އުޅުނު 3.5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
ޚުލާސާ

ކަސްޓަމްސް އިން ހާމަކުރި ގޮތުގައި މި މަސްތުވާތަކެތި އަތުލައިގަތީ އިއްޔެ ރާއްޖެ އައި އެއާ ކާގޯ ޝިޕްމަންޓަކާއި ހަމަ އެ ދުވަހު ރާއްޖެ އައި މެލޭޝިއާ އެއާލައިންސް ފްލައިޓް ނަންބަރު އެމްއެޗް485 އިން ދަތުރު ކުރި ދިވެހި ފަސެންޖަރަކު ބަލައި ފާސް ކުރުމުގެ ތެރޭގައި

ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު 3.5 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ. ކަސްޓަމްސް އިން ހާމަކުރި ގޮތުގައި މި މަސްތުވާތަކެތި އަތުލައިގަތީ އިއްޔެ ރާއްޖެ އައި އެއާ ކާގޯ ޝިޕްމަންޓަކާއި ހަމަ އެ ދުވަހު ރާއްޖެ އައި މެލޭޝިއާ އެއާލައިންސް ފްލައިޓް ނަންބަރު އެމްއެޗް485 އިން ދަތުރު ކުރި ދިވެހި ފަސެންޖަރަކު ބަލައި ފާސް ކުރުމުގެ ތެރޭގައެވެ.

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން ފުރަތަމަ މަރުހަލާގައި ކަސްޓަމުން މި ތަކެތި ތަހުލީލު ކުރިއިރު، މަސްތުވާތަކެތީގެ ތިން ބާވަތަކަށް ފައްސިވެފައިވާ ކަމަށް ކަސްޓަމްސް އިން ހާމަކުރެއެވެ. އެގޮތުން އެއާ ކާގޯއިން 3010.00 ގްރާމްގެ ހެރޮއިން އަދި ދިވެހި ފަސިންޖަރު އަތުން 48 ގްރާމްގެ ހެރޮއިން ފެނުނެވެ. މީގެ އިތުރުން 315.00 ގްރާމްގެ މެތުއެމްފެޓަމިން އަދި 215.00 ގްރާމްގެ ސިންތެޓިކް ކެތިނޯން ވެސް ފެނިފައިވެއެވެ. މި ހުރިހާ މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 3588.00 ގްރާމެވެ.

މި މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި ފަސެންޖަރާއި އަތުލައިގަނެވުނު ތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކޮށްފައެވެ. މި ހާދިސާއާ ގުޅިގެން އިތުރު ތަފްސީލު ލިބުމުން އާންމުކުރާނެ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

Advertisement

Advertisement 1

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ މައްސަލަތައް އިތުރުވަމުން ދާއިރު، ކަމާބެހޭ އިދާރާތަކުން މިފަދަ މައްސަލަތައް ހުއްޓުވުމަށް ގަދައަޅައި މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވެއެވެ. މި ކާމިޔާބީއަކީ ރާއްޖޭގެ މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ލިބުނު މުހިންމު ކުރިއެރުމެއް ކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްކަސްޓަމްސް
Advertisement
Advertisement

ގުޅޭ ޚަބަރުތައް

އަލިފާނުގެ ހާދިސާއާ ބެހޭގޮތުން އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

1 ދުވަސް ކުރިން - 16:22

އައްޑޫ ސިޓީ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

1 ދުވަސް ކުރިން - 11:50

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

1 ދުވަސް ކުރިން - 11:24

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

އެޕާޓްމަންޓް ސްކޭމްތަކަށް ސަމާލުވާން އިލްތިމާސްކޮށްފި

1 ދުވަސް ކުރިން - 10:48

އަލިފާނުގެ ހާދިސާއާ ގުޅިގެން ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

3 ދުވަސް ކުރިން - 23:52

ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުން ރާއްޖޭގައި އިހްތިޔާރީ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުން ރާއްޖޭގައި އިހްތިޔާރީ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

3 ދުވަސް ކުރިން - 13:20

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%