މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖޭގެ އިޤްތިޞާދަށް ނުރައްކާ: ވޯލްޑް ބޭންކް

އާނާ ފަހީމް | 529 ދުވަސް ކުރިން - 17 ސެޕްޓެންބަރު 2024 23:45
މަޝަްވަރާކުރުމުގެ ތެރެއިން
މަޝަްވަރާކުރުމުގެ ތެރެއިން
ޚުލާސާ

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަމަށް ނުރައްކާ އޮތްކަމަށާއި، މިކަމަށް އަވަސް ހައްލެއް ހޯދަންޖެހޭ ކަމަށް ވޯލްޑް ބޭންކުން ބުނެފި. މިއަދު ނެރުނު ރިޕޯޓެއްގައި ވަނީ މި ދެ ދާއިރާއަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި، އެކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރާނެ ނޭދެވޭ އަސަރުތައް ފާހަގަކޮށްފަ.

ވޯލްޑް ބޭންކުން މިއަދު ނެރުނު 'ކަންޓްރީ ކްލައިމެޓް އެންޑް ޑިވެލޮޕްމަންޓް ރިޕޯޓް' (ސީސީޑީއާރު) ގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ ނުރައްކާތައް ފާހަގަކޮށްފައެވެ. މި ދެ ދާއިރާއަކީ ޤައުމުގެ ޖީޑީޕީ އާއި ވަޒީފާގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހިއްސާކުރާ ދާއިރާތަކެވެ.

ރިޕޯޓުގައި ވަނީ ފަރުތަކާއި މަސްވެރިކަމަށް މިހާރުވެސް ކުރަމުންދާ އަސަރުތައް މެދުރާސްތާގައި އިތުރަށް ގޯސްވާނެކަމުގެ އިންޒާރު ދީފައެވެ. އަދި މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި ތިމާވެއްޓަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަން ފާހަގަކޮށްފައިވެއެވެ.

ވޯލްޑް ބޭންކުން ލަފާކޮށްފައިވާ ގޮތުގައި ދުނިޔޭގެ ޖައްވުގެ ހޫނުމިން ދެ ޑިގްރީ ސެލްސިއަސްއަށްވުރެ މަތިވެއްޖެނަމަ ހުރިހާ ފަރުތަކެއްހެން ނެތިގެން ހިނގައިދާނެއެވެ. އަދި 2100 ވަނަ އަހަރާ ހަމައަށް ކަނޑުގެ ލޮނުގަނޑު 0.9 މީޓަރަށް އުފުލިދާނެކަމަށް ލަފާކޮށްފައިވެއެވެ.

މި ނުރައްކާތަކަށް ހައްލު ހޯދުމަށްޓަކައި، ރިޕޯޓުގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކަށް އެކަށީގެންވާ ގޮތަށް ހަރަކާތްތެރިވުމަށް މުހިންމު މަގުތަކެއް ފާހަގަކޮށްފައެވެ. މީގެ ތެރޭގައި މަސްވެރިކަމާއި ފަތުރުވެރިކަން ރައްކާތެރި ކުރުމަށާއި އިޤްތިޞާދުގެ ހަރުދަނާކަން ކަށަވަރުކުރުމަށް ބޭނުންވާ މާލީ އިސްލާހުތައް ހިމެނެއެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%