ކާވާ ވިމެންސް ވޮލީބޯލް ކުލަބް ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުގައި ރާއްޖޭގެ ކުލަބް ވެމްކޯ އަށް ބަލިވުމާ ކުރިމަތިލާން ޖެހިއްޖެއެވެ.
ސޯޝަލް ސެންޓަރުގައި ކުޅުނު މި މެޗުގައި އުޒްބަކިސްތާންގެ ހޫމޯ ވީސީ އިން ވެމްކޯގެ މައްޗަށް 3-1 އިން ވަނީ މޮޅުވެފައެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ވެމްކޯ އިން ވަރަށް ރަނގަޅު ކުޅުމެއް ދައްކައި، 25-19 އިން އެ ސެޓު ކާމިޔާބުކުރިއެވެ. ނަމަވެސް ދެވަނަ ސެޓުން ފެށިގެން ހޫމޯ ވީސީގެ ކުޅުންތެރިން އިތުރަށް ހަރުދަނާވެ، ވިދިވިދިގެން ތިން ސެޓު ވަނީ ކާމިޔާބުކޮށްފައެވެ. ދެވަނަ ސެޓު 25-18 އިންނާއި، ތިންވަނަ ސެޓު 25-19 އިންނާއި، ހަތަރުވަނަ ސެޓު 25-18 އިން ހޫމޯ ވީސީ އިން ވަނީ ކާމިޔާބުކޮށްފައެވެ.
މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ އަނެއް ޓީމު، މޯލްޑިވްސް ޕޮލިސް ކުލަބުން މިރޭ 8:15 ގައި ކުޅޭ މެޗުގައި ވާދަކުރާނީ ސްރީލަންކާގެ އެއާ ފޯސް އާއެވެ.









