ފުވައްމުލަކު ސިޓީގައި މިއަދު ހެނދުނު ހިނގި ހާދިސާއެއްގައި ބިއްލޫރި ޝީޓުތަކެއް ވެއްޓި 4 މީހަކަށް އަނިޔާވެގެން ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ފުލުހުން މަޢުލޫމާތު ދީފިއެވެ.

ފުލުހުން ވިދާޅުވިގޮތުގައި މި ހާދިސާގައި އަނިޔާވެފައިވަނީ 2 ބިދޭސީންނާއި 2 ދިވެހިންނަށެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 9:32 ހާއިރުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަނިޔާވި 4 މީހުންނަށްވެސް ފަރުވާދިނުމަށްޓަކައި ފުވައްމުލަކު ސިޓީ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. އަދި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށާއި، މިހާރު މައްސަލަ ބަލަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.