ނ. ވެލިދޫގައި ހިންގި މަސްތުާތަކެތީގެ އޮޕަރޭޝަނެއްގައި ކިލޯ އަކަށްވުރެ ގިނަ މަސްތުވާ ތަކެއްޗާއެކު 7 މީހުން މިމަހުގެ 12ވަނަ ދުވަހު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.
އެމީހުންގެ އަތުން ފެނުނު ތަކެތީގެ ބަރުދަނަކީ 1 ކިލޯ 547.44 ގުރާމުގެ މަސްތުވާ ތަކެތި ކަމަށާއި އަދި މަސްތުވާ ތަކެތި ވިއްކައިގެން ހޯދާފައިވާ ކަމަށް ބެލެވޭ ބައިލައްކަ އަށްވުރެ ގިނަ ރުފިޔާއާއި ޑޮލަރު ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މަސްތުވާ ތަކެތި ފެނިފައިވަނީ އެރަށުގެ ބައެއް ގެތައް ބަލައި ފާސްކުރުމުގެ ތެރެއިންނެވެ. އަދި ހައްޔަރުކުރެވުނު 7 މީހުންގެ ތެރެއިން އެކަކު ދޫކޮށްލާފައިވާ ކަމަށާއި، އަނެއް 6 މީހުންގެ ތެރެއިން އެކަކު 8 ދުވަހަށް އަދި ދެންތިބި މީހުންނަށް ބަންދުގެ މުއްދަތު ޖެހީ 5 ދުވަހަށް ކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ.
8 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ އަޙްމަދު މުރުޝިދު (35އ) އެވެ. 5 ދުވަހަށް ބަންދުކުރެވުނު 5 މީހުންނަކީ ޢަބްދުﷲ ނިޝާދު (26އ)، އަޙްމަދު އަޞީމް (26އ)، އަޙްމަދު ނައުޝާދު (28އ)، ޢަލީ ރަޝީދު (30އ) އަދި މުޙައްމަދު މާޢިދު (28އ) އެވެ.
މިމައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.









