ވޯލްޑް ކަޕް ކޮލިފައިން އެންމެ ފަހު މެޗުގައި ލިއޮނަލް މެސީ ނުހިމެނޭ އާޖެންޓީނާ ކޮލަމްބިއާ އަތުން 2-1 އިން ބަލިވެއްޖެއެވެ. މިއީ މީގެ ދެ މަސް ކުރިން ކުޅުނު ކޮޕާ އެމެރިކާގެ ފައިނަލުގެ ރީމެޗެވެ. ކޮލަމްބިއާއަށް މުހިންމު ދައުރެއް އަދާކުރި ޖޭމްސް ރޮޑްރިގޭޒް ވަނީ 25 ވަނަ މިނެޓުގައި އާޖެންޓީނާ ކޮޅަށް ގޯލު ޖަހަން އެހީތެރިވެދީފައެވެ. މި ލަނޑުޖަހައިދިނީ ޔަރސަން މޮސްކޭރާއެވެ. އޭގެ ފަހުން ޑެނިއަލް މުނޯޒް އަށް އާޖެންޓީނާގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ ކުރި ފައުލަކުން ޕެނަލްޓީއެއް ކޮލަމްބިއާ އަށް ލިބުނެވެ. 60ވަނަ މިނެޓުގައި މިލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުން ދެއްކި ޖޭމްސް ރޮޑްރިގޭޒް އެވެ. މިގޯލު އޭނާ ޖަހައިދިނީ އާޖެންޓީނާ ލަނޑެއް ޖަހައި އެއްވަރުކޮށްފަި ވަނިކޮށެވެ. އެ ގޯލު އާޖެންޓީމާއަށް ޖަހައިދިނީ ބްރޭކަށް ފަހު ނިކޮލަސް ގޮންޒާލޭޒްއެވެ.

މިބައްޔަކީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން 18 މެޗުން އާޖެންޓީނާ ބަލިވި ދެވަނަ ފަހަރެވެ. މި މެޗުން ބަލިވި ނަމަވެސް އާޖެންޓީނާ އޮތީ 10 ޓީމުގެ ތާވަލުގެ އެއްވަނައިގައި ކޮލަމްބިއާއަށްވުރެ ދެ ޕޮއިންޓު ކުރީގައެވެ.