އިސްރާއީލުގެ މަތިންދާބޯޓުތަކުން ޣައްޒާގައި މިހާރު ހިންގަމުންދާ ބޮޑު ޤަތުލުޢާންމުގައި ތޫބާސްގެ މިސްކިތް ކައިރިން ފަލަސްތީނުގެ އާއިލާއަކަށް އަމާޒުކޮށްހަމަލާދީ ޝަހީދުކޮށްލައިފި އެވެ. ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނީ ބޮން ގޮއްވާލި ތަނުން ފަސް މީހެއްގެ ހަށިގަނޑު ހޯދައި، ހޮސްޕިޓަލަށް ބަދަލުކޮށްފައިވާއިރު، އެމްބިއުލާންސްތަކަށް އިސްރާއީލުގެ ފޯސްތަކުން ވަނީ ހުރަސް އަޅާފަ އެވެ.
ޝަހީދުވެ ޒުވާނުންނަކީ މުހައްމަދު ސައީދު ހުސެއިން ސަވާފްތާ،19، މަޖުދު ބުރުހާން ޖަމީލް ސަވާފްތާ، 23، ޤައިސް ސާއެބް ރަތޭބް ސަވާފްތާ، 24، ޔާސީން އަހުމަދު އަލީ ސަވާފްތާ، 22، އަދި ތަލަބާ މަހްމޫދު ޖަމީލް ބަޝާރަތު،18 ކަމަށް ހަބަރުތައް ބުނެއެވެ.
މި ބޮން ގޮއްވާލާފައިވަނީ ޓޫބާސް ސިޓީއަށް ހަތިޔާރު އެޅި ޖަމާއަތް ވަދެ ކާފިއު އިއުލާން ކުރުމަށްފަހު ފަތިހުގެ ވަގުތުގައެވެ. އެވަގުތު އިސްރާއީލުގެ ހެލިކޮޕަޓަރު ދިޔައީ އެ ސިޓީގެ މަތީގައި ހަރަކާތްތެރިވަމުން ކޯޑިނޭޓް ކުރަމުން ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
އިތުރު އެހެން ހާދިސާއެއްގައި އެ ސިޓީގެ އުތުރުގެ ބޭރުގައި އޮންނަ ތޫބާސް ތުރުކިއޭ ސަރުކާރު ހޮސްޕިޓަލް ވަށާލައި، އެތަނަށް ދާ މަގުތައް ބަންދުކޮށް، އެމްބިއުލާންސްތަކަށް އެ ހޮސްޕިޓަލަށްނުދެވޭ ގޮތް ވެސް ވަނީ ހަދާފައެވެ.
އިސްރާއީލުން މިހާރު ވަނީ ތޫބާސް ސިޓީގެ އިރުދެކުނު ތަމައުން ޓައުންއަށް ވެސ ބަރު ހަތިޔާރާއެކު ވަދެފައެވެ.
މީގެ އިތރުން، އިއްޔެ ހަވީރު ތޫލްކާމް ސިޓީއަށް ވަދެ ރެފިއުޖީން ތިބި ދެ ކޭމްޕަށް ވަދެ އާންމުންގެ ދެ މީހަކަށް ހަމަލާދީ ޝަހީދު ކޮށް ދިހަ މީހަކު ޒަހަމް ކުރިކަމަށް ހަބަރު ލިބެއެވެ









