ރަޝިޔާގެ ޑްރޯންތަކުން ނޭޓޯގެ ވައިގެ ސަރަހައްދު ފަޅާލައިފި

ޖަވާދު | 404 ދުވަސް ކުރިން - 9 ސެޕްޓެންބަރު 2024 21:11
ޚުލާސާ

ރޫމޭނިއާ އާއި ލެޓްވިއާ އިން އެމީހުންގެ ވައިގެ ސަރަހައްދަށް ރަޝިޔާގެ ޑްރޯންތަކުން ވަދެގަތް މައްސަލަތައް ތަހުގީގު ކުރަމުންދާއިރު، ނޭޓޯގެ ފަސް ވަނަ މާއްދާގައިވާ ގޮތުން މެމްބަރު ގައުމެއްގެ ވައިގެ ސަރަހައްދަށް އެއްވެސް ނުރައްކަލެއް ކުރިމަތިކޮށްފިނަމަ އެއީ ނޭޓޯގެ ހުރިހާ ގައުމަކަށް ދިން ހަމަލާއެއްގެ ގޮތުގައި ބެލެވޭ

ރޫމޭނިއާ އާއި ލެޓްވިއާގެ ވައިގެ ސަރަހައްދުގެ ގަވާއިދާ ހިލާފުވުންތައް ރަޝިއާގެ ޑުރޯންތައް ވަދެފައިވާތީ އެމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ރޫމޭނިއާގެ ޑިފެންސް މިނިސްޓްރީން ކަށަވަރުކޮށްދިން ގޮތުގައި އެގައުމުގެ ވައިގެ ސަރަހައްދަށް ވަންނަ ޑްރޯނެއް ޔޫކްރޭނާ ދިމާއަށް ދިޔުމުގެ ކުރިން ރާޑަރު ސިސްޓަމްތަކުން ޓްރެކް ކުރި އެވެ. މިކަން މޮނިޓަރ ކުރުމަށް އެފް-16 ގެ ދެ ފަޔަރ ޖެޓް ފޮނުވާފައިވާއިރު، ޕެރިޕްރާވާ ކައިރީގައި މީހުން ނޫޅޭ ސަރަހަދަކަށް ރަޝިއާގެ ޑްރޯން ވެއްޓިފައިވާކަން ރޫމޭނިއާއިން ވަނީ ފާހަގަކޮށްފައެވެ. ޕެރިޕްރާވާ އަކީ ރޫމިނިއާގެ ޓޫލްސީއާ ކައުންޓީގައި އޮންނަ ޑޭނިއުބް ކޯރު ކައިރީގައި އޮންނަ ކުޑަ ރަށެކެވެ. މި ޑުރޯން ވެއްޓުނު ތަނަކީ އެއީ ތަންކޮޅެއް ދުރުގައި އޮންނަ އާބާދީ މަދު ސަރަހައްދެކެވެ.

ލެޓްވިއާގެ ރައީސް ވަނީ އެގައުމުގެ ވައިގެ ސަރަހައްދު ވެސް ހުއްދަ ނެތި ރަޝިއާއިން ބޭނުންކޮށްފައިވާކަމަށާ ޑުރޯނެއް ވެއްޓިފައިވާ ކަމަށް ބުނެފައެވެ. އޭނާ ވަނީ ނޭޓޯގެ އިރުމަތީ ފަރާތުގައި މިފަދަ ހާދިސާތައް އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ތަޖުރިބާކާރުންގެ ލަފަޔާއެކު ލެޓްވިއާގެ ޑިފެންސް މިނިސްޓްރީން ބުނީ ރަޝިއާގެ ޑްރޯން ލެޓްވިއާއަށް އެތެރެވުމަށް ވަކި މިޝަނެއް ނެތް ކަމަށް ބެލެވޭ ކަމަށެވެ.

ނޭޓޯގެ މުހިންމު މެންބަރުން ކަމަށްވާ ދެ ގައުމުން ވެސް ވަނީ ރަޝިޔާއާ އެކު ޔޫކްރޭން ކުރި ހަނގުރާމައިގައި ޔޫކްރޭނަށް ތާއީދު ކޮށްފައެވެ. ނޭޓޯގެ ފަސް ވަނަ މާއްދާގެ ސިޔާސަތުގައިވާ ގޮތުން ނޭޓޯގެ މެމްބަރު ގައުމެއްގެ ވައިގެ ސަރަހައްދަށް އެއްވެސް ހަމަލާއެއް ނުވަތަ ނުރައްކަލެއް ކުރިމަތިކޮށްފިނަމަ އެއީ ހުރިހާ މެމްބަރުންނަށް ދިން ހަމަލާއެއްގެ ގޮތުގައި ބަލައި، މުޅި ނޭޓޯ އެކަމުގައި އެބަޔަކާއި ދެކޮޅަށް ނުުންނާނެއެވެ.

ނޭޓޯގެ ބޯޑަރުތަކުގައި އުފެދިފައިވާ ފިތުނަތައް އިތުރުވަމުންދާއިރު، ޔޫކްރޭންގައި ރަޝިޔާއިން ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސަރަހައްދީ ސަލާމަތަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%