Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ޕީއެންއެފް އަކީ ސިޔާސީ ޕާޓީއެއްގޮތަށް ޤަބޫލެއް ނުކުރެވޭ: އަސަދުﷲ

އަައިޝަތު ޒީނާ
776 ދުވަސް ކުރިން - 9 ސެޕްޓެންބަރު 2024 19:31
ގެމަނަފުށީ ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބު
ގެމަނަފުށީ ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބު
ޚުލާސާ

"އަސްލު ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަސަދުﷲ ވިދާޅުވީ ޕީއެންއެފް ފާހަގަވެގެންދަނީ "ފްރެންޑްސް އެންޑް ފެމިލީ" ކުޑަ ކުޑަ ކޮމިއުނިޓީއެއް ގޮތަށް ކަމަށާއި އެ ޕާޓީއަކީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޤަބޫލުނުކުރެއްވޭ ކަމަށް.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އުފައްދަވާފައިވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އަކީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޤަބޫލު ނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބް ވިދާޅުވެއްޖެއެވެ.

"އަސްލު ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަސަދުﷲ ވިދާޅުވީ ޕީއެންއެފް ފާހަގަވެގެންދަނީ "ފްރެންޑްސް އެންޑް ފެމިލީ" ކުޑަ ކުޑަ ކޮމިއުނިޓީއެއް ގޮތަށް ކަމަށެވެ.

ޕީއެންއެފް އިން ފާޅުގައި ސަރުކާރަށް ޖެއްސުން ކުރަމުން އަންނައިރު، އެކަމަށް ރައްދު ދެއްވާ އަސަދުﷲ ވިދާޅުވީ އެކަމާމެދު ސަރުކާރުގެ އެއްވެސް ސިހުމެއް ނެތް ކަމަށާއި އެ ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް އެއްވެސް ޝައުޤުވެރިކަމެއް ވެސް ނެތް ކަމަށެވެ.

Advertisement

Advertisement 1

އަސަދުﷲ ވިދާޅުވީ ޕީއެންއެފް އިން ދައްކަމުން އަންނަނީ ތާކުން ތާކުން ނުޖެހޭ ވާހަކަ ކަމަށެވެ. އެގޮތުން ބްރިޖުގެ ލޭނެއް މަދުކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްތަށިފުޅުގައި އެކަން އެޅުވިކަން ފާހަގަކުރައްވާ އަސަދުﷲ ވަނީ އެއަށް ރައްދު ދެއްވާފައެވެ.

"ފުރަތަމަ ކަމަކަށް ކުރީގެ ރައީސް ޔާމީން ޤަބޫލުކުރޭ އޭރުގެ ސަރުކާރުން ގެނައި ހުރިހާ ތަރައްޤީގެ ޕްރޮޖެކްޓުތައް، ތަރައްޤީގެ ގޮތުން ގެނައި ކުރިއެރުންތަކަކީ އެމަނިކުފާނު ގެނައި އެއްޗެއް ކަމަށް. އެކަމަކު އޭގެ ޕްރޮޖެކްޓެއްގައި މައްސަލައެއް ޖެހިއްޖެ ނަމަ އެއީ މިނިސްޓަރުގެ މައްސަލައެއް. ކޮންމެވެސް ކަހަލަ އުޞޫލެއް އޮންނަން ވާނެ ނޫންތޯ. މިހާރު ބްރިޖު އެޅި މީހާއަށް ބްރިޖުގެ ކްރެޑިޓް ލިބެންޏާ ބްރިޖުގެ ލޭނެއް މަދުވެއްޖެޔާ އޭގެ ޒިންމާ ނަގަން ޖެހޭނީ ޔާމީނެއް ނޫންތޯ؟" އަސަދުﷲ ވިދާޅުވިއެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީން ގެނައި އިންވެސްޓުމަންޓްތަކަކީ ޔާމީން ގެނައި އިންވެސްޓްމަންޓްތަކަކަށް ވެފައި، އެ ކޯޕަރޭޝަނުގެ ލާރި ކާލީ އަދީބަށް ވަންޏާ އެމަނިކުފާނު ދައްކަވާ ވާހަކަތަކުގެ ސަބަބުން އެމަނިކުފާނުގެ މަޤުބޫލުކަން ވެސް ދަނީ ދަށަށް ކަމަށް އަސަދުﷲ ވިދާޅުވިއެވެ.

އަސަދުﷲ ވިދާޅުވީ ޔާމީން ދައްކަވާ އެފަދަ ވާހަކަތަކާމެދު ކަންބޮޑުވުމަކީ މި ސަރުކާރުގެ އެއްވެސް ޝައުޤެއް އޮތް ކަމެއް ނޫން ކަމަށެވެ. 

މެމްބަރު އަސަދުﷲ ޝިހާބުރައީސް ޔާމީން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ޗެމްޕިއަނަށް އެއްލައްކަ ރުފިޔާގެ އަގުހުރި އިނާމަކާއެކު SANN ފުޓްސަލް ޗެލެންޖު ފަށަނީ

ޗެމްޕިއަނަށް އެއްލައްކަ ރުފިޔާގެ އަގުހުރި އިނާމަކާއެކު SANN ފުޓްސަލް ޗެލެންޖު ފަށަނީ

9 ގަޑިއިރު ކުރިން - 02:02

ޒިންމާދާރުވާން ޔާމީނަށް ވަޒީރު އިހްސާން ގޮވާލައިފި

ޒިންމާދާރުވާން ޔާމީނަށް ވަޒީރު އިހްސާން ގޮވާލައިފި

13 ދުވަސް ކުރިން - 15:42

ރަސްމާލެ މަޝްރޫއުގެ ބޮޑު އިންވެސްޓްމަންޓާއެކު ޔާމީން ގޮތްހުސްވެ އުނބަށް ޖަހައިފި

ރަސްމާލެ މަޝްރޫއުގެ ބޮޑު އިންވެސްޓްމަންޓާއެކު ޔާމީން ގޮތްހުސްވެ އުނބަށް ޖަހައިފި

14 ދުވަސް ކުރިން - 15:20

“ޔާމީނު ބަލިވީ ޓިނު ނެގުމާއި ކެމްޕޭން ފައިސާ އަށް ވީގޮތެއް ނޭނގުމުން!"

“ޔާމީނު ބަލިވީ ޓިނު ނެގުމާއި ކެމްޕޭން ފައިސާ އަށް ވީގޮތެއް ނޭނގުމުން!"

37 ދުވަސް ކުރިން - 09:04

އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

47 ދުވަސް ކުރިން - 16:22

ޔާމީނުގެ ސްޓަންޓް ބޭޒާރުވެއްޖެ، ތަހުގީގު ފެށީމާ ވިދާޅުވީ “ނޭނގޭ” ކަމަށް!

ޔާމީނުގެ ސްޓަންޓް ބޭޒާރުވެއްޖެ، ތަހުގީގު ފެށީމާ ވިދާޅުވީ “ނޭނގޭ” ކަމަށް!

47 ދުވަސް ކުރިން - 14:54