އިންޑިއާގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯން ވިހައިފިއެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ދީޕިކާއަށް ލިބިފައިވަނީ އަންހެން ކުއްޖެކެވެ.
ވިހެއުމަށް ދިޕިކާ އެނދުމަތިކުރެވިފައިވަނީ ރިލަޔަންސް ފައުންޑޭޝަން ހޮސްޕިޓަލުގައެވެ.
ދީޕިކާ އަދި ރަންވީރު ސިންގް އަށް އަލަތު ދަރިއަކު ލިބޭކަން ޢިއުލާނުކޮށްފައިވަނީ މި އަހަރުގެ ފެބްރުވަރީ މަހުއެވެ. މިދިޔަ ހަފްތާގައި ދެ ތަރިން ވަނީ އެ ދެމީހުންގެ މެޓާނިޓީ ފޮޓޯޝޫޓުގެ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި ޙިއްސާކޮށްފައެވެ.
އިންޑިއާގެ ރިޕޯޓުތައް ބުނާގޮތުން އަލަތު ދަރިފުޅާއެކު ދެ ތަރިން ދިރިއުޅެން ނިންމާފައިވަނީ ދާދި ފަހުން މުމްބާއީގެ ބްންޑްރާ ސަރަޙައްދުން ގަނެފައިވާ ގޭގައެވެ.
ރަންވީރާއި ދީޕިކާ ކައިވެނިކޮށްފައިވަނީ ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަ އަހަރު ފަހުން 2018 ވަނަ އަހަރު އިޓަލީގައެވެ.









