ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ސަރުކާރުުކާރު ވެއްޓުނުތާ އެއް މަސް ފުރުމާ ގުޅިގެން، ޑާކާގެ މަގުތަކުގައި ދަރިވަރުން އުފާފާޅުކުރުމުގެ ގޮތުން ހިނގައިލުންތަކެއް ބާއްވައިފިއެވެ. ވޭތުވެދިޔަ މުޒާހަރާތަކާ ގުޅިގެން ފާއިތުވި އެއް މަސްދުވަހުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި 1,000 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަން ފާހަގަކުރެވެއެވެ.

ޙަސީނާގެ ސަރުކާރު ވެއްޓުމާ ގުޅިގެން ވަގުތީ ސަރުކާރެއް އުފައްދައި، މުޙައްމަދު ޔޫނުސް އިސް މުޝީރުގެ ގޮތުގައި ޢައްޔަންކުރެވުނެވެ. ޔޫނުސް ވަނީ ދަރިވަރުންނަށް ތަޢުލީމަށް އެނބުރި ދިޔުމަށް ގޮވާލާފައެވެ. މުޒާހަރާތަކުގެ އިސް ބައިވެރިއެއް ކަމުގައިވާ ނާހިދު އިސްލާމް ބުނެފައިވަނީ މިހާރު އައު ބަންގްލަދޭޝެއް އުފެދިފައިވާ ކަމަށެވެ.

ވަގުތީ ސަރުކާރުން ވަނީ ޙަސީނާގެ ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި ގިނަ ބަޔަކު މަޤާމުން ވަކިކޮށްފައެވެ. މީގެ ތެރޭގައި އިންތިޚާބާ ބެހޭ ކޮމިޝަނުގެ ވެރިޔާ، އުއްތަމަފަނޑިޔާރު، މަރުކަޒީ ބޭންކުގެ ގަވަރުނަރު އަދި ފުލުހުންގެ ކޮމިޝަނަރު ހިމެނެއެވެ. މީގެ އިތުރުން، ވަގުތީ ސަރުކާރުން ވަނީ މުޒާހަރާތައް ރޫޅާލުމުގައި އިންސާނީ ޙައްޤުތަކަށް އަރައިގަތްކަމުގެ ތުހުމަތުތައް ތަޙުޤީޤުކުރަން ނިންމާފައެވެ.