އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ބުދަ ދުވަހުގެ ހަވީރު ހިފާފައިވާ ހުޅަނގު އައްސޭރީގެ ޓޫބާސް އާއި ހެބްރޯންގެ ފަލަސްތީނުގެ ދެ މީހަކު ބަންދުކޮށްފައިވާ ކަމަށް ފަލަސްތީނުގެ ޕްރިޒަނަރސް ސޮސައިޓީ (ޕީޕީއެސް) އިން ބުނެފި އެވެ.
ޓޫބާސްގައި ހުންނަ ޕީޕީއެސް އޮފީހުގެ ޑިރެކްޓަރު ކަމާލް ބާނީ އާއި ހަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި ޗެކްޕޮއިންޓްގައި ތިބި އިސްތިއުމާރީ ސިފައިން ޓޫބާސް ސިޓީން ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) ގެ ވޮލަންޓިއަރަކަށް ވަރަށް އަނިޔާވެރިކޮށް ހަމަލާދީ އޭނާ ހައްޔަރުކުރީ ރާމަﷲއިން އެނބުރި އައި މަގުމަތީގައެވެ،
މީގެ އިތުރުން ހަނގުރާމަވެރި ހަތިޔާރު އެޅި ޔަހޫދި ސިފައިން ވަނީ ހިބްރޫންގެ ދެކުނުގައި އޮންނަ ޚިރުބެތު ޤަލްޤާސް އަވަށުން ފަލަސްތީނުގެ ޒުވާނަކު ވަރަށް އިހާނެތިކޮށް ހައްޔަރުކޮށްގެން ގޮސް އެމީހުންގެ ޖަލަކަށް ލާފައި ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
އެ ޒުވާނާ އިސްރާއީލު ސިފައިންނާ ހަވާލުވީ އިއްޔެ އެތައް ފަހަރަކު އޭނާގެ ގެއަށް އިސްރާއީލު ސިފައިން އޭނާ ހޯދުމަށް ދިޔުމަށްފަހުގައެވެ. އަދި އޭނާ ހަވާލު ނުވެއްޖެނަމަ އެ އާއިލާގެ ހަތް މެމްބަރުން ބަންދުކޮށް، ބުލްޑޯޒަރުން އެމީހުންގެ ގެ ތަޅައި ސުންނާފަތިކޮށް ބިމާއި ހަމަކުރާނެ ކަމުގެ އިންޒާރު ވެސް ދިނުމުން ކަމަށް ހަބަރުތައް ބުނެއެވެ.
ހިސާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ އެކި ހިސާބުތަކުން ކުޑަކުދިން ހިމެނޭހެން މިހާތަނަށް މަދުވެގެން 30 މީހުން އިސްރާއީލްގެ ސިފައިން ވަނީ ހައްޔަރު ކޮށްފައެވެ.









