ގިނަ އަދަދެއްގެ ޑޮލަރާއެކު ހައްޔަރުކުރި އިންޑިއާގެ އަބްދުލް ރަގޫބް ނިސްތާރު ހަލީމް ރަހްމާން އަށް މަނީ ލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކޮށް، ކްރިމިނަލް ކޯޓުން 5 ދުވަހުގެ މުއްދަތަށް ބަންދުކޮށްފިއެވެ.
ފުލުހުން މި މީހާ ހައްޔަރުކުރި ސަބަބުތަކުގެ ތެރޭގައި އޭނާގެ އަތުން ގިނަ އަދަދެއްގެ ޑޮލަރު ފެނުމާއި، އެ ފައިސާ ހޯދި ގޮތް ސާފުކޮށް ނުދިނުމާއި، އަދި ގިނަ ފަހަރު ރާއްޖެ އައިސް ޖެހިގެން އަންނަ ދުވަހު ފުރައިގެން ދިއުން ހިމެނެއެވެ. މީގެ އިތުރުން، އެހެން މީހުން ހަވާލުކުރި ފައިސާކަން ދޭހަވާ ލިޔުމެއް ފެނުމާއި، ޕާސްޕޯޓުން ނަން ބަދަލުކޮށްފައިވާކަމަށް ތުހުމަތު ކުރެވެއެވެ.
ދިފާއީ ވަކީލުން ހައްޔަރުކުރުމުގެ އިޖުރާއަތުތަކާމެދު ސުވާލު އުފައްދާފައިވާއިރު، ކަސްޓަމްސްގެ ބެލުމުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު 24 ގަޑިއިރު ނުވާކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ކަސްޓަމްސް އަދި އިމިގްރޭޝަނަށް މީހުން ހިފެހެއްޓުމުގެ ބާރު ޤާނޫނުން ލިބިދޭކަން ފާހަގަކުރެވެއެވެ.
އިންޑިއާ މީހާ ބަންދުކުރި ސަބަބުތަކުގެ ތެރޭގައި ޖިނާއީ ބޮޑު މައްސަލައެއްގެ ތުހުމަތާއި، ފައިސާ ލިބުނު ގޮތް ސާފުނުވުމާއި، ޝައްކުވާ ފަދަ ދަތުރުތަކެއް ކޮށްފައިވުން ހިމެނެއެވެ.
ދިފާއީ ވަކީލުން ބުނާ ގޮތުގައި މި ފައިސާއަކީ ސައްހަ ފައިސާ ކަމަށާއި، މަނީ ލޯންޑްރިންގގެ ހެކި ނެތް ކަމަށާއި، ކުރިން މިފަދަ ހާލަތްތަކުގައި ބަންދުނުކުރާ ކަމަށެވެ. އަދި ހަރުކަށި ޝަރުތުތަކާއެކު ދޫކޮށްލުމަށް އެދިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.









