Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޤައުމީ ދުވަހުގެ ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

ޤައުމީ ދުވަހުގެ ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

އުސްތާޛް މުޙައްމަދު ޢަލީ
735 ދުވަސް ކުރިން - 4 ސެޕްޓެންބަރު 2024 10:30
ފޮޓޯ: ޚުލާސާ
ފޮޓޯ: ޚުލާސާ
ޚުލާސާ

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއެކު ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، އެމަނިކުފާނުގެ އަނބިކަނބަލުން އައިޝަތު އަފްރީން މުހައްމަދާއި، ސަރުކާރުގެ އެކި އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި

ޤައުމީ ދުވަހުގެ ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު މިއަދު ހެނދުނު ބައިވެރިވެވަޑައިގެންފިއެވެ.

ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި "ފެށުމުގެ" ރަސްމިއްޔާތު އޮތީ ޖުމްހޫރީ މައިދާނުގައި މިއަދު ހެނދުނު 6:00 ގައެވެ.

Advertisement

Advertisement 1

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއާ އެކު ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، އެމަނިކުފާނުގެ އަނބިކަނބަލުން އައިޝަތު އަފްރީން މުހައްމަދާއި، ސަރުކާރުގެ އެކި އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އުއްތަމަ ފަނޑިޔާރާއި، ސްޓޭޓް މިނިސްޓަރުންނާއި، ބޭރު ޤައުމުތަކުގެ ސަފީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަރަކާތުގައި ސަރުކާރުގެ މުއައްސަސާތަކާއި ސްކޫލް ދަރިވަރުން ބައިވެރިވެ، ގައުމީ އެއްބައިވަންތަކަން ދައްކައިދިނެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ފަސްޓް ލޭޑީ އަށް މަރުހަބާ ދެންނެވީ މިނިސްޓަރު އޮފް ޑިފެންސް މުހައްމަދު ޣައްސާން މައުމޫނާއި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ޤައުމީ ދިދަ އުފުލުމާއި، ޚާއްޞަ ދުޢާއެއް، އަދި ޤައުމީ ދިފާޢީ ބާރުގެ ބޭންޑުން ޤައުމީ ލަވަ ކުޅުން އޮތެވެ. ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ 1 ވަނަ ދުވަހު ފާހަގަކުރާ ޤައުމީ ދުވަހަކީ ޕޯޗުގަލްގެ ވެރިކަމުން ރާއްޖެއަށް މިނިވަންވިކަން ލިބުމުގެ ޒިކުރާ އައުކުރާ ދުވަހެވެ.

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްމެޑަމް ސާޖިދާ މުހައްމަދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

"ވިލުންތެރި ކަނބަލުން": އަންހެނުން ބާރުވެރިކުރުވުމުގެ ހާއްސަ ޕްރޮގުރާމު ނިންމާލައިފި

"ވިލުންތެރި ކަނބަލުން": އަންހެނުން ބާރުވެރިކުރުވުމުގެ ހާއްސަ ޕްރޮގުރާމު ނިންމާލައިފި

12 ދުވަސް ކުރިން - 11:00

ރިސޯޓް ވޮލީ މުބާރާތުގެ ފައިނަލް މެޗު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ރިސޯޓް ވޮލީ މުބާރާތުގެ ފައިނަލް މެޗު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

38 ދުވަސް ކުރިން - 04:15

މުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި އާއިލާ އަދި ޤައުމުގެ ޙައްޤުގައި: ފަސްޓް ލޭޑީ

މުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި އާއިލާ އަދި ޤައުމުގެ ޙައްޤުގައި: ސާޖިސާ

80 ދުވަސް ކުރިން - 00:19

ޕީއެންސީއަށް ދ. މީދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެރަށަށް ވަޑައިގެންފި

ޕީއެންސީއަށް މީދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެރަށަށް ވަޑައިގެންފި

87 ދުވަސް ކުރިން - 18:45

ނޭވާހިއްލުމުގެ ބަލި މެނޭޖްކުރުމުގައި އިސްނަގައިގެން މަސައްކަތްކުރުމަށް މެޑަމް ސާޖިދާ އިލްތިމާސް ކުރައްވައިފި

ނޭވާހިއްލުމުގެ ބަލި މެނޭޖްކުރުމުގައި އިސްނަގައިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވައިފި

123 ދުވަސް ކުރިން - 16:12

ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފި

ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފި

127 ދުވަސް ކުރިން - 15:25