އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ހުޅަނގު އައްސޭރީގެ ރެފިއުޖީ ކޭމްޕަށް ވަދެ ކުޑަކުއްޖަކު ޝަހީދު ކޮށްލައިފިއެވެ.
އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން މިއަދު ވެސް ތުލްކަރިމް ރެފިއުޖީ ކޭމްޕަށް ހަމަލާދީ ތަކެއްޗާއި މުދަލަށް ބޮޑެތި ގެއްލުންތައް އެބަ ދެއެވެ.
ގަދަކަމުން ވެރިވެގަނެގެން އުޅޭ ފޯސްތަކުން ކޭމްޕަށް އިތުރު އުޅަނދުތައް ފޮނުވައި، މުޅި ސަރަހައްދު ވަށާލާފައިވާއިރު މުޅި ސަރަހައްދުގައި ވަނީ ކާފިއު ހިންގާފައެވެ. ޔަހޫދީ ބާރުތަކުން ދިޔައީ ހިތުހުރި ތަނަކަށް ބަޑި ވެސް ޖަހަމުން ކަމަށް ހަބަރުތައް ބުނެއެެވެ.
އިތުރު ހަބަރުތައް ބުނާ ގޮތުގައި ބޮޑެތި ބުލްޑޯޒަރުތަކުން ދަނީ އަލްހަމާމް، އަލްސަވަލްމާ، އަލްރަބައިޔާ، އަދި އަލްބަލާއުނީގެ ގޯޅިތަކުގައި މަގުތަކާއި އިންފްރާސްޓްރަކްޗާތައް ތަޅާލައި ހަލާކު ކުރަމުންނެވެ.
މި އަނިޔާވެރިކަމުގެ ތެރޭގައި ފެނާއި ކަރަންޓާއި މުވާސަލާތީ ނެޓްވޯކްތަކަށް ވެސް ގެއްލުންތަކެއް ލިބި، އެ ނެޓްވޯކްތައް މެދުކެނޑި އިންޓަނެޓް ނެޓްވޯކްތަކަށް ވަނީ ހުރަސްއެޅިފައި ކަމަށް މައުލޫމާތު ލިބެއެވެ.
ތޫލްކާމް ކޭމްޕް ސާވިސަސްގެ ކޮމިޓީގެ ވެރިޔާ ފައިސަލް ސަލާމާއި ހަވާލާދީ އަރަނި ހަބަރުތައް ބުނާ ގޮތުގައި އޭނާ ސިފަކުރެއްވި ގޮތުގައި މި އަނިޔާވެރިކަމަކީ ހައްދުންނެއްޓިފައިވާ ބިރުވެރި އަނިޔާވެރިކަމެއް ކަމަށާއި، ކޭމްޕް ތެރޭގައި ދިރިއުޅޭ މީހުންގެ ބޯމައްޗަށް އިމާރާތްތައް ވައްޓާލަން އުޅޭ ކަހަލައެވެ.
އޭނާ ވަނީ އިންސާނީ ހައްގުތަކާ ބެހޭ މުއައްސަސާތަކާއި ބައިނަލްއަގްވާމީ މުއައްސަސާތަކާއި އިންޓަނޭޝަނަލް ރެޑްކްރޮސް އަދި އދގެ އެކި ގޮފިތަކުން އެމީހުންނަށް އެހީތެރިވުމަށް އެދި އާދޭސް ކޮށްފައެވެ.
ކުޑަކުއްޖާ މުހައްމަދު އަބްދުﷲ މުހައްމަދު ކަނާން، 15، މަރުވެ، އޭނާގެ ބައްޕައަށް އަނިޔާވެފައި ވަނީ އޮކިއުޕޭޝަން ސްނައިޕަރުންގެ ވަޒަންތަކުން ޓޫޑާ ފަތިސް ވަގުތު ކޭމްޕަށް އެނބުރި ދިޔަ ވަގުތުގަ އެވެ.
ރޭ ކޭމްޕްގައި ހުންނަ އަލް ހަމާމް ސަރަހައްދުގެ ތަނަކަށް އޮކިއުޕޭޝަންގެ ޑްރޯންތަކުން ބޮން ގޮއްވާލުމުން ވޮލަންޓިއަރ ޕެރެމެޑިކް ހިމެނޭ ގޮތަށް ހަތަރު އާންމުންނަށް އަނިޔާވެފައިވާއިރު، އެމީހުންނަށް ލިބުނު އަނިޔާތަކަކީ އާދައިގެ ޒަހަމްތަކެއް ކަމަށް ސިފަކޮށްފައިވެ އެވެ.
ޔައި.އެސް









