ދަތި ކުރުމަށް ގޮވާލާއިރު ރެކޯޑު މިންވަރަކަށް ޔޫރަޕުން ރަޝިއާގެ ގޭސް ގަނެފި

ޖަވާދު | 410 ދުވަސް ކުރިން - 3 ސެޕްޓެންބަރު 2024 09:52
ޚުލާސާ

ދުނިޔޭގެ އެހެން ގައުމުތަކަށް ރަޝިއާ ބޮއިކޮޓް ކުރަން ޔޫރަޕުން ގޮވާ. އެހެންނަމަވެސް އެކަކު އަނެކަކަށް ވަގަށް ނުވަތަ އެހެން ގައުމެއް މެދުވެރިކޮށް ނަމަވެސް ރަޝިއާގެ ގޭސް މިހަނގުރާމަ ފެށިފަހުން އެންމެ ގިނައިން އެތެރެކޮށފައިވަނީ ޔޫރަޕަށް. ހަބަރުތައް ބުނާގޮތުން މިއީ ފުރަތަމަ ފަހަރަށް އެމެރިކާއަށްވުރެ ގިނައިން ޔޫރަޕުން ރަޝިއާގެ ގޭހަށް ބަރޯސާވާ ފަހަރު

ޔުކްރޭނު ހަނގުރާމައާއި ގުޅިގެން ރަޝިއާއަށް ދަތި ކުރުމަށް އެންމެ ވަރުގަދަޔަށް ގޮވަމުން އަންނަ ޔޫރަޕުން ރެކޯޑު މިންވަރަކަށް ރަޝިއާގެ ގޭސް ގަނެފި ކަމަށް ރިޕޯޓް ކޮށްފިއެވެ.

ހަބަރުތައް ބުނާ ގޮތުގައި މިއީ ފުރަތަހަމަ ފަހަރަށް އެމެރިކާއަށްވުރެ ގިނައިން ރަޝިއާއާއެކު އީޔޫއިން ގޭހުގެ ވިޔަފާރި ކުރި ފަހަރެވެ.

ހަރަޝިޔާގެ ގޭސް އެތެރެކުރާ މިންވަރު ބޮޑުތަނުން އިތުރުވުމަކީ އީޔޫއިން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ގޮވާލާއިރު، ރަޝިޔާގެ މުދާ ބޮއިކޮޓް ކުރުމަށް އެހެން ގައުމުތަކަށް އިލްތިމާސް ކުރަމުންދާއިރު، ހައިރާން ވާން ޖެހޭ ކަމެކެވެ.

ޔޫރަޕަކީ އެމެރިކާއާއެކު ރަޝިޔާއާއި ޔޫކްރޭން ހަނގުރާމައިގެ ފަހަތުގައި އަސްކަރީ އެހީތެރިކަމާއި ޑިޕްލޮމެޓިކް އެހީތެރިކަން ފޯރުކޮށްދެމުންދާ މީހުންނެވެ އަދި މޮސްކޯ އިގްތިސާދީ ގޮތުން އެކަހެރި ކުރުމަށް ރަޝިޔާއާ އެކު ވިޔަފާރި މަދުކުރުމަށް ނުވަތަ ހުއްޓުވުމަށް ވެސް އެ ބްލޮކުން ވަނީ ދުނިޔެއަށް ގޮވާލާފައެވެ.

މުހައްލިލުން ބުނާ ގޮތުގައި ރަޝިއާގެ އިގްތިސާދަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ޔޫރަޕުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%