Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރަޝިޔާގެ ފައިސާ ވަގަށް ނަގަން އީޔޫއިން ހެދި ޕްލޭނަށް އިނގިރޭސީންނާއި ފްރާންސްގެ ބޭންކުތައް ދެކޮޅުހަދައިފި

ރަޝިޔާގެ ފައިސާ ވަގަށް ނަގަން އީޔޫއިން ހެދި ޕްލޭނަށް އިނގިރޭސީންނާއި ފްރާންސްގެ ބޭންކުތައް ދެކޮޅުހަދައިފި

ޢަބްދުﷲ ޖުނައިދު
180 ދުވަސް ކުރިން - 12 ޑިސެންބަރު 2025 15:26
ފްރީޒް ކޮށްފައިވާ ރަޝިޔާގެ އެސެޓްސްތައް ޔުކްރޭނަށް ދިނުމަށް ފްރާންސާއި އިނގިރޭސި ބޭންކުތަކުން ދެކޮޅުހަދާ.
ފްރީޒް ކޮށްފައިވާ ރަޝިޔާގެ އެސެޓްސްތައް ޔުކްރޭނަށް ދިނުމަށް ފްރާންސާއި އިނގިރޭސި ބޭންކުތަކުން ދެކޮޅުހަދާ.
ޚުލާސާ

އީޔޫ އިން ނިންމާފައި ވަނީ ފްރީޒް ކޮށްފައިވާ ރަޝިޔާގެ އެތައް ބިލިއަން ޑޮލަރެއް ޔުކްރޭނަށް ދީގެން އެއިން މަންފާ ހޯދަން. ފުރާންސާއި އިނގިރޭސިވިލާތުގެ ބޭންކުން މިކަމާއި ދެކޮޅުހަދައިފި

ރަޝިއާ އިން ޔުކްރޭނަށް އެރުމާއި ގުޅިގެން ހުޅަނގުން ހިފަހައްޓާފައިވާ ރަޝިޔާގެ 300 ބިލިއަނެއްހާ ޑޮލަރު ޔުކްރޭނަށް ދިނުމަށް ހުޅަނގުން ރާވާފައިވާ ޕްލޭނަށް އިނގިރޭސިވިލާތާއި ފްރާންސުގެ ބޭންކުތައް ދެކޮޅު ހަދައިފިއެވެ.

އިނގިރޭސި ވިލާތާއި ފުރާންސުގެ ބޮޑެތި ބޭންކުތަކުން ވެސް ވަނީ ރަޝިޔާގެ އެތައް ބިލިއަން ޑޮލަރެއް ހިފަހައްޓާފައެވެ. އެމެރިކާ އާއި ހުޅަނގުގެ ސަރުކާރުތަކުން ރާވާފައި ވަނީ މި ފައިސާތައް ބޭނުންކޮށްގެން ހަތިޔާރުތައް ގަނެ އަދި ޔުކްރޭނަށް ވެސް އިންވެސްޓް ކުރުމަށެވެ.

Advertisement

Advertisement 1

މަސްދަރުތަކުން ބުނާ ގޮތުގައި ފްރާންސާއި އިނގިރޭސި ބޭންކުތަކުން މިހާރު ވަނީ އެ ބޭންކުތަކުން ފްރީޒް ކޮށްލި ރަޝިޔާގެ އެސެޓްސްތައް ހުޅަނގުން ބޭނުންވާ ގޮތަކަށް ދުލެއް ނުކުރެވޭނެ ކަމަށް އެ ޤައުމުތަކުގެ ސަރުކާރަށް އަންގާފައެވެ.

އިނގިރޭސިވިލާތާއި ފުރާންސުގެ ބޮޑެތި ބޭންކުތަކުން ބުނީ ތިމަންނާމެން އީޔޫގެ ޕްލޭނަށް ތާޢީދު ނުކުރަނީ އެ ފައިސާ ކޮންމެވެސް ދުވަހަކުން މޮސްކޯއަށް ޙަވާލުކުރަން ޖެނިދާނެ ކަމުގެ ބިރަށް ޓަކައެވެ. އަދި ހިފަހައްޓަފައިވާ ރަޝިއާގެ އެސްޓުތަކަކީ ޤާނޫނީ އެއްވެސް ޙައިސިއްޔަތަކުން ހިފެހެއްޓި އެއްޗެއް ނޫން ކަމަށެވެ. މާނަ އަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގައި ބުނާ ގޮތުން ހުޅަނގުން ހިފަހައްޓާފައިވާ ރަޝިޔާގެ އެސެޓްސްތަކުގެ ވެރިފަރާތަކީ އަދިވެސް ރަޝިޔާއެވެ. ވުމާއި އެކު، މިހާރު އެ ފައިސާ ބޭނުންކޮށްފިނަމަ، އަދި ހަނގުރާމައަށް ފަހު ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފިނަމަ، ބައިނަލްއަޤްވާމީ ކޯޓުތަކުގައި ރަޝިޔާއިން ދަޢުވާކޮށް ބަދަލު ހޯދުމަށް އެދިދާނެތީއެވެ.

ލަންޑަނާއި ޕެރިހުގެ ބޭންކުތަކުން ބުނީ މި ދެންނެވި ސަބަބުތައް އޮތުމުން ރަޝިޔާގެ އެސެޓްސްތައް އެ ޤައުމުތަކުގެ ސަރުކާރުތަކާއި ޙަވާލެއް ނުކުރާނެ ކަމަށެވެ.

ނޭޓޯ އިން ރަޝިޔާގެ ބުޑުގައި ޖަރީމާ ހިންގަން އުޅޭކަން އެނގިގެން 2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތެވެ. އެއާއި އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް *300 ބިލިއަން ޑޮލަރުގެ ރަޝިޔާގެ ސޮވަރިން އެސެޓް ފްރީޒްކޮށްފައިވާއިރު، އެންމެ ގިނަ ފައިސާ ހިފެހެއްޓީ ޔޫރަޕިއަން ޔޫނިއަނުންނެވެ. އީޔޫއިން ވަނީ ރަޝިޔާގެ މަރުކަޒީ ބޭންކުގެ ރިޒާވްގެ ގާތްގަނޑަކަށް 210 ބިލިއަން ޔޫރޯ އާއި އިތުރު 28 ބިލިއަން ޔޫރޯ (ޖުމްލަ 238 ބިލިއަން ޔޫރޯ) ހިފަހައްޓާފައެވެ.

އިނގިރޭސިވިލާތުގައި ބޮޑުވަޒީރު ވިދާޅުވީ ފްރީޒްކޮށްފައިވާ ރަޝިޔާގެ އެސެޓްތަކުން ޔޫކްރޭނަށް ލޯނު ދިނުމަށް ބޭނުންވާ ކަމަށެވެ. ނަމަވެސް އިނގިރޭސި ބޭންކުތަކުން ބުނަނީ ޤާނޫނީ ޙިމާޔަތެއް ސަރުކާރުން ނުދެނީސް މިކަމުގައި ބައިވެރި ނުވާނެ ކަމަށެވެ. ފްރާންސްގެ ބޭންކުތަކުން ބުނީ އެ މީހުންގެ އަތުގައިވާ ފައިސާތައް އީޔޫ އަށް ދޫކޮށްލައިފި ނަމަ އެއި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފުވުން ކަމަށެވެ.

އީޔޫރަޝިއާ - ޔުކްރޭންރަޝިއާއިނގިރޭސީވިލާތްފްރާންސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ދުނިޔޭގައި ފުރަތަމަ ފަހަރަށް އުފެއްދި ވެކްސިން އިންސާނުންނަށް ޓެސްޓުކުރަން ފަށައިފި

އޭއައި ބޭނުންކޮށްގެން އުފެއްދި ފުރަތަމަ ވެކްސިން އިންސާނުންނަށް ޓެސްޓުކުރަން ފަށައިފި

5 ދުވަސް ކުރިން - 13:35

ވޯލްޑް ކަޕުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވޭ ފްރާންސް، އައިވަރީ ކޯސްޓް އަތުން ބަލިވެއްޖެ

ވޯލްޑް ކަޕުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވޭ ފްރާންސް، އައިވަރީ-ކޯސްޓް އަތުން ބަލިވެއްޖެ

6 ދުވަސް ކުރިން - 04:53

ކުރީގެ ކެޕްޓަން ކެވިން ކީގަންއަށް ކެންސަރު ޖެހިއްޖެ

ކުރީގެ ކެޕްޓަން ކެވިން ކީގަންއަށް ކެންސަރު ޖެހިއްޖެ

8 ދުވަސް ކުރިން - 06:44

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

10 ދުވަސް ކުރިން - 03:22

ލުބުނާނަށް ދެމުންދާ ހަމަލާތައް ފުޅާކުރުން ހުއްޓާލުމަށް އިނގިރޭސިވިލާތުން ގޮވާލައިފި

ލުބުނާނަށް ދެމުންދާ ހަމަލާތައް ފުޅާކުރުން ހުއްޓާލުމަށް އިނގިރޭސިވިލާތުން ގޮވާލައިފި

10 ދުވަސް ކުރިން - 02:12

އޭކަސް އިއްތިހާދުން ކަނޑުއަޑީގައި ބޭނުންކުރާ ޑްރޯން ޓެކްނޮލޮޖީ އުފެއްދުމަށް ނިންމައިފި

އޭކަސް އިއްތިހާދުން ކަނޑުއަޑީގައި ބޭނުންކުރާ ޑްރޯން ޓެކްނޮލޮޖީ އުފެއްދުމަށް ނިންމައިފި

11 ދުވަސް ކުރިން - 05:45