
ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އިސްރާއީލުގެ ބައިމިލިއަން މީހުން ކުރަމުންދިޔަ މުޒާހަރާ މިއަދު ހުއްޓާލައިފިއެވެ.
އާދީއްތަ ދުވަހާއި އެދުވަހުގެ ރޭއްސުރެ އިސްރާއީލުގެ ވެރިރަށް ތެލްއަވީވްގައި ރަހީނުކޮށްފައިވާ އާއިލާތަކުން ކުރިޔަށް ގެންދާ މުޒާހަރާ ފުޅާވެ މިއަދު ބައިމިލިއަނެއްހާ މީހުން މަގުތަކަށް ޖަމާވެފައި ވަނިކޮށް ، އެ މުޒާހަރާ ހުއްޓާލީ، ކޯޓުން އަމުރު ކުރުމާއި ގުޅިގެންނެވެ.
ކޯޓުން އެހެން ނިންމި ކަމުގައި ވިޔަސް، ހަމާސްއިން ހިފަހައްޓާފައިވާ ރަހީނުންގެ އާއިލާތަކުން ދަނީ މުޅި އިސްރާއީލުގައި މުޒާހަރާތައް ކުރިއަށް ގެންދިއުމަށް ގޮވާލަމުންނެވެ.
ނަމަވެސް ހިސްޓަޑްރޫޓް ލޭބަރ ފެޑެރޭޝަންގެ ޗެއާ އާނަން ބާ ޑޭވިޑް ވަނީ ހަޅުތާލު ރަސްމީކޮށް ނިމުނުކަން އިއުލާން ކުރައްވާފައެވެ. އެއީ ލޭބަރ ކޯޓުގެ ހުކުމަށް ފަހު މިއަދު މެންދުރު 2:30 ހާއިރު އެވެ. އެ ނިންމުމަށް އިހުތިރާމް ކުރެއްވި ނަމަވެސް، ބާ ޑޭވިޑް ވަނީ ހަޅުތާލުގެ މުހިންމުކަމަށް ތައުރީފުކޮށް، ރަހީނުކޮށްފައިވާ މީހުން އެނބުރި އައުމަށް ފިޔަވަޅު އެޅުމަށް ޑިމާންޑް ކުރުމަށް ރައްޔިތުން އެއްބައިވަންތަވުމުން ތައުރީފު ކުރައްވާފަ އެވެ.
މުޒާހަރާގެ ބައިވެރިން ގޮވަމުންދިޔައީ ބާކީ ތިބި 101 ރަހީނުން ސަލާމަތް ކުރުމަށެވެ. އެކަން ކުރެވޭނީ ހަމާސްއާއި އެއްބަސްވުމަކަށް ގޮސްގެނެވެ. "މިއީ ހަޅުތާލެއް ނޫން؛ މިއީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދޫކޮށްލި ރަހީނުން ސަލާމަތް ކުރުމާ ބެހޭ ކަމެއް" ކަމަށެވެ. ހަޅުތާލުގެ ބައިވެރިޔަކު ބުންޏެވެ.
ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމަށް ސަރުކާރަށް ޕްރެޝަރު ކުރުމުގެ މުޒާހަރާއެއްގެ ގޮތުގައި ފެށި މި ހަޅުތާލުގެ ސަބަބުން ބެން ގުރިއަން އިންޓަނޭޝަނަލް އެއާޕޯޓް ބަންދުކުރުމާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި ބޭންކުތަކަށް ބުރޫއެރިއެވެ.

ޣައްޒާގައި ހަމާސްގެ ޓެރަރިސްޓުން ރަހީނުކޮށްގެން ތިބި އިސްރާއީލުގެ މީހުން ދޫކޮށްލުމަށް ގޮވާލާ ހަޅުތާލެއްގެ ތެރޭގައި ފްލައިޓްތައް ހުއްޓުވި ބެން ގުރިއޮން އެއާޕޯޓުގައި ފަސިންޖަރުން، ސެޕްޓެމްބަރު 2، 2024 ގައި.(އަވްޝަލޮމް ސަސޯނީ/ފްލެޝް90)
މީގެ ކުރިން އޮކްޓޯބަރު ހަތް ވަނަ ދުވަހުގެ ފަހުން ސަރުކާރާ ދެކޮޅު އެންމެ ބޮޑު އެއްވުމުގައި މިއަދު ގާތްގަނޑަކަށް ބައި މިލިއަން އިސްރާއީލުން މަގުތަކަށް ނުކުމެފައިވާއިރު، މުޒާހަރާގެ ބައިވެރިން ވަނީ ހަމާސްއާ އެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ޑިމާންޑް ކޮށްފައެވެ.









