
ރަޝިޔާއަށް ޖާސޫސް ކުރަމުންދާ ކަމަށް ޝައްކު ކުރެވޭ ބޮޑުމަހެއް ނޯވޭގައި މަރުވެއްޖެ އެވެ.
ނޯވޭގެ ހަބަރުތައް ބުނާ ގޮތުގައި 14 ފޫޓު ދިގު މި ވޭލް އަކީ މީގެ ފަސް އަހަރު ކުރިން ވެސް ނޯވޭގެ ކަނޑުގެ ސަރަހައްދުން ފެނިފައިވާ ޖާސޫސީ ބޮޑުމަހެކެވެ.
ހުވަލްޑެމިރުގެ ނަމުން މަޝްހޫރު މި ބޮޑުމަސް މަރުވެފައި އޮއްވާ ފެނިފައިވަނީ ނޯވޭގެ ރެސާވިކާގެ ހުޅަނގު ދެކުނު ސަރަހައްދު ކައިރިން ކަމަށް ހަބަރު ލިބެެެއެވެ.
ނޯވޭގެ ކަނޑުގެ ސަރަހައްދުން ފެނުނު ފަހުން އޮފިޝަލުން ބުނީ އެއީ ޖާސޫސީ ވެލްއެއް ކަމަށާއި ނަމަވެސް މޮސްކޯއިން ދުވަހަކުވެސް އެ ތުހުމަތުތަކަށް ރައްދުދީފައެއް ނުވެއެވެ.
އެ ބޮޑުމަހުގެ ހަރަކާތްތައް މޮނިޓަރކުރާ ޖަމިއްޔާއެއް ކަމަށްވާ މެރިންމައިންޑްގެ ފައުންޑަރ ސެބަސްޓިއަން ސްޓްރެންޑް ބުނީ މަރުވި ސަބަބެއް ނޭނގޭ ކަމަށާއި ހަވަލްޑެމިރުގެ ހަށިގަނޑުގައި އެއްވެސް ވަރަކަށް ފާހަގަ ކުރެވޭ އަނިޔާއެއް ނެތް ކަމަށެވެ.
އޭގެ އުމުރަކީ 14 އަހަރާއި 15 އަހަރާ ދެމެދުގެ އުމުރެކެވެ.









