Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރަޝިޔާގެ ވަރުގަދަ ހަމަލާތަކެއް މިރޭ ޔުކްރޭނަށް

ރަޝިޔާގެ ވަރުގަދަ ހަމަލާތަކެއް މިރޭ ޔުކްރޭނަށް

އުސްތާޛް އަލީ އާދަމް
647 ދުވަސް ކުރިން - 1 ސެޕްޓެންބަރު 2024 23:00
ރަޝިޔާގެ ވަރުގަދަ ހަމަލާތަކެއް މިރޭ ޔުކްރޭނަށް
ޚުލާސާ

ބަދަލު ހިފުމުގެ ގޮތުން ދޭ ނުރައްކާތެރި ހަމަލާ ތަކުގައި މިހާތަަނަށް 41 މީހުން ޔުކްރޭނުން ޒަހަމް ވެއްޖެ. ރަޝިއާއިން ހަމަލާ އަމާޒުކޮށްފައިވަނީ ޔުކްރޭނުގެ ކަރަންޓް ވިއުގަ ތަކަށް. މީގެ އިތިރުން ޔުކްރޭޏުގެ އިރުމަތީ ރަށްތަކުގެ ކޮންޓުރޯލްވެސް ރަޝިއާއިން ވަނީ ހޯދާފައި

ޔުކްރޭނުގެ ގުޅިފައިވާ ލަޝްކަރުން ރަޝިއާއަށް ދިން ޑުރޯން ހަމަލާގެ ރައްދުގައި ރަޝިޔާގެ ވަރުގަދަ ހަމަލާތަކެއް މިރޭ ޔުކްރޭނަށް ދެމުން އެބަދާކަމަށް ޚަބަރުތައް ލިބެއެވެ. 

ރަޝިޔާއިން މިހާރު ދެމުންދާ ވައިގެ ހަމަލާތަކުގައި ޔޫކްރޭންގެ ޚާރްކިވް ސިޓީން 41 މީހަކު ޒަޚަމްވެފައިވާ ކަމަށް ބީބީސީ ބުނެއެވެ.

ރީޖަނަލް ހެޑް އާއި ހަވާލާދީ ބީބީސީން ރިޕޯޓްކުރާ ގޮތުގައި ޒަޚަމްވި މީހުންގެ ތެރޭގައި ފަސް ކުޑަކުދިން ހިމެނެއެވެ. 

Advertisement

Advertisement 1

ރަޝިއާގެ އަސްކަރިއްޔާއިން ޔުކްރޭންގެ ޚާކިވްއަށް ހަމަލާދޭއިރު އަމާޒު ކުރަމުންދަނީ އާންމުން ދިރިއުޅޭ ތަންތަނަކަށް ނޫނެވެ. ހަބަރުތައް ބުނާ ގޮތުގައި ރަޝިއާއިން ހަމަލާ އަމާޒުކުރަމުންދަނީ ކަރަންޓު ވިއުގަ ތަކަށެވެ.

މީގެ އިތުރުން ރަޝިޔާގެ ސިފައިން އިރުމަތީ ޔޫކްރޭންގެ ރަށްތައް ވެސް ހިފައިފިއެވެ. ރަޝިއާ-ޔުކްރޭނު ހަބަރުތައް ގެނެސްދޭ މަސްދަރަކުން ރަޝިއާގެ ޑިފެންސް މިނިސްޓްރީއާއި ހަވާލާދީ ބުނި ގޮތުގައި ޕޮކްރޮވްސްކްގެ އިރުދެކުނު ދެ ރަށެއް ވަނީ އެ ސިޓީ ހިފުމަށް ކުރާ މަސައްކަތުގެ ތެރެއިން ރަޝިޔާގެ ކޮންޓްރޯލްގެ ދަށަށް ގޮސްފައެވެ. އެ ސަރަހައްދު ވަނީ ބޮޑެތި ހަނގުރާމަތަކުގެ ފޯކަލް ޕޮއިންޓަކަށް ވެފައިވާއިރު، ޔޫކްރޭންގެ އަސްކަރީ ކޮމާންޑަރު އޮލެކްސަންޑް ސިރްސްކީ ވަނީ އެ ހާލަތަކީ "ވަރަށް ނުރައްކާތެރި" ހާލަތެއްކަން ކަށަވަރުކޮށްދީފަ އެވެ.

މީގެ އިތުރުން ޔޫކްރޭންގެ ސިފައިން ވަނީ ހުޅަނގު ކަރސްކް ސަރަހައްދުގައި ކުރިއެރުންތަކެއް ހޯދައި، 100 އަވަށް ހިމެނޭ ގޮތަށް ގާތްގަނޑަކަށް 1،200 އަކަމީޓަރުގެ ބިމުގެ ސަރަހައްދެއް އަތުލާފައެވެ. 

ރަޝިއާ - ޔުކްރޭންރަޝިއާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދުނިޔޭގެ އެންމެ ވަރުގަދަ މިސައިލް ރަޝިޔާއިން ޓެސްޓްކޮށްފި

ދުނިޔޭގެ އެންމެ ވަރުގަދަ މިސައިލް ރަޝިޔާއިން ޓެސްޓްކޮށްފި

28 ދުވަސް ކުރިން - 13:37

ރަޝިޔާގެ ޑްރޯންތަކަށް ޙަމަލާ ދިނުމަށް އިނގިރޭސިވިލާތުން ހުއްދަ ދީފި

ރަޝިޔާގެ ޑްރޯންތަކަށް ޙަމަލާދޭން އިނގިރޭސިވިލާތުން އަންގައިފި

46 ދުވަސް ކުރިން - 20:55

ޔޫރަޕަށް ޙަމަލާ ދޭން ޖެހިދާނެ ކަމުގެ އިންޒާރު ރަޝިޔާ އިން ދީފި!

ޔޫރަޕަށް ޙަމަލާ ދޭންޖެހިދާނެ ކަމަށް ރަޝިޔާއިން އިންޒާރުދީފި!

53 ދުވަސް ކުރިން - 19:07

ރަޝިއާގެ ނިއުކްލިއާ ސަބްމެރީންތަކެއް ގްރީންލޭންޑް ކައިރިން ފެނިއްޖެ

ގްރީންލޭންޑް ކައިރިން ރަޝިއާގެ ނިއުކްލިއާ-ސަބްމެރިން ތަކެއް ފެނިއްޖެ

62 ދުވަސް ކުރިން - 18:42

އެކާޅީސް ހަށިގަނޑުގެ ބަދަލުގައި، ޔުކްރޭނަށް 1000 ހަށިގަނޑު

އެކާޅީސް ހަށިގަނޑުގެ ބަދަލުގައި، ޔުކްރޭނަށް 1000 ހަށިގަނޑު

62 ދުވަސް ކުރިން - 16:51

ޔުކްރޭނުގެ ޑްރޯންތައް ވައްޓާލަން އުޅުމުގެ ތެރޭގައި ރަޝިޔާގެ ތެޔޮ ރައްކާކުރާ މަރުކަޒެއް ގޮވައިފި

ރަޝިޔާގެ ތެޔޮ ރައްކާކުރާ މަރުކަޒެއް ގޮވައިފި

71 ދުވަސް ކުރިން - 21:00