ޔޫކްރޭނުން ރަޝިޔާގެ މުހިންމު އިންފްރާސްޓްރަކްޗަރަށް ފުލުފުލުގައި ވަރުގަދަ ޑްރޯން ހަމަލާތަކެއް ދީފިއެވެ.
މޮސްކޯގެ ކައިރީގައި ހުންނަ ތެޔޮ ރިފައިނަރީތަކާއި އިންޖީނުގެތަކަށް އަމާޒުވި ޔުކްރޭނުގެ ޑްރޯން ހަމަލާ ތަކާއި ގުޅިގެން ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި އެތައް ސަތޭކަ ޑްރޯންތަކެއް އައިއިރު، 150 އަށް ވުރެ ގިނަ ޑްރޯން ވައްޓާލާފައިވާ ކަމަށާއި އޭގެ ތެރޭގައި ނުވަ ޑްރޯން ވައްޓާލާފައި ވަނީ ރަޝިޔާގެ ވެރިރަށް ކައިރިންނެވެ. ރަޝިޔާއިން ދިފާއީ މަސައްކަތްތަކެއް ކުރި ނަމަވެސް، އެ ހަމަލާތަކުގެ ސަބަބުން މޮސްކޯގެ ތެޔޮ ރިފައިނަރީ އާއި އެގައުމުގެ އެންމެ ބޮޑު އެއް އިންޖީނުގެ ކަމަށްވާ ތުވިޔޭ ސަރަހައްދުގެ ކަނާކާވާ އިންޖީނުގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
މީގެ އިތުރުން ޔުކްރޭނުގެ ހަމަލާގައި ރަޝިއާގެ ހަނގުރާމަމަތީ އުޅަނދުތަކަށްވެސް ގެއްލުންވެފައިވާ ކަމަށާއި ބައެއް އުޅަނދުތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކު ކޮށްލާފައިވާ ކަމަށް ޔުކްރޭނުން ބުނެއެވެ،
މި ހަމަލާތަކުގެ ސަބަބުން މޮސްކޯގެ ވައިގެ ދަތުރުފަތުރަށް ވެސް ބުރޫއަރާ، ވުނޫކާވާ، ދޮމާޖިޔަދަވާ، އަދި ރުކޯވްސްކީ އެއާޕޯޓްތައް ވަގުތީ ގޮތުން ބަންދުކޮށްފައިވެ އެވެ. މި ގެއްލުންތައް ލިބުނު ނަމަވެސް، ކަރަންޓް ކެނޑި، ގޭސް ސަޕްލައި މެދުކެނޑުމެއް ވެސް ރިޕޯޓްކޮށްފައެއް ނުވެ އެވެ.









