Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޝައިޚު ޚަސީނާގެ ޕާސްޕޯޓު ކެންސަލް

ޝައިޚު ޚަސީނާގެ ޕާސްޕޯޓު ކެންސަލް

އުސްތާޛް އަލީ އާދަމް
737 ދުވަސް ކުރިން - 1 ސެޕްޓެންބަރު 2024 22:41
ބަނގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ
ބަނގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ
ޚުލާސާ

އޭނާގެ ޕާސްޕޯޓް ކެންސަލްކުރީ ބަންގްލަދޭޝްގެ މިހާރުގެ ވަގުތީ ސަރުކާރުން. ޚަސީނާ އަދިވެސް އެނބުރި ބަންގްލަދޭޝަށް ފޮނުވައި ސިޔާސީ މަސައްކަތް ކުރުމަކީ އިންޑިއާއަށް އެންމެ މަސްލަހަތު ހުރި ގޮތެވެ. ޤަތަރާއި ސައޫދީއިން ޚަސީނާއަށް ހިމާޔަތް ލިބޭތޯ މަސައްކަތް ކުރޭ

 ފާއިތުވި މަހުގެ 5 ވަނަ ދުވަހާއި ހަމަށް ބަނގުލަދޭޝްގެ ބޮޑުވަޒީރު ކަމުގަައި ހުންނެވި ޝައިޚް ޙަސީނާގެ ޕާސްޕޯޓު ބަނގުލަދޭޝްގެ ވަގުތީ ސަރުކާރުން ކެންސަލު ކޮށްފައި މިވަނީ ، ބަނގުލަދޭޝްގެ ކިޔަވާކުދިން ޙަސީނާ ގެ ވެރިކަމާއި ދެކޮޅަށް ނިކުތުމާއި ގުޅިގެން ލޭއޮހޮރުވުންތަކެއް ހިނގާފައި ވަނިކޮށް ޤައުމު ދޫކުރެއްވުމަށް މަޖުބޫރުވެ އިންޑިޔާ އަށް ވަޑައިގެން އިންޑިޔާގެ ހިމާޔަތުގައި ހުންނަވަނިކޮށެވެ. 

ޙަސީނާ ގެ ޕާސްޕޯޓު ކެންސަލްކޮށްފައިވަނީ ފާއިތުވި ހަފްތާގައިކަމަށް ބީބީސީގައި ބުނެފަައިވެއެވެ.

އިންްޑިޔާގެ އިސް އޮފިޝަލުންނާއި ވާހަކަ ދެއްކުމަށް ފަހު ބީބީސީނ ބުނެފައިވަނީ، ޙަސީނާ އާއި މެދު ޢަމަލުކުރާނެ 3 އޮޕްޝަނަކާއި މެދު ވާހަކަ ދެކެވޭކަމަށެވެ.

Advertisement

Advertisement 1

ފުރަތަމަ އޮޕްޝަނަކީ 3 ޤައުމަކުން ހިމާޔަތް ލިބޭތޯ މަސައްކަތްކުރުމެވެ. އެގޮތުން ސަޢޫދީ އަރަބިއްޔާ އާއި އާއި ޤަޠަރު ސަރުކާރާއި ވާހަކަ ދެއްކިފައިވާކަމަށްވެއެވެ. 2 ވަނަ އޮޕްޝަނަކީ ރައްކާތެރި ފިޔަވަޅުތަކާއެކު އިންޑިޔާ ގައި މަޑުކުރެއްވުމުގެ އިންތިޒާމު ހަމަޖެއްސުމެވެ. ނަމަވެސް ޙަސީނާ އަށް އިންްޑިޔާ އިން ހިމާޔަތް ދީފިނަމަ ބަނގްލަދޭޝް ގެ ސަރުކާރުން ނުރުހުން ވެދާނެތީ އެއީ އެންމެ ރަނގަޅު ގޮތްކަމަށް އިންޑިޔާ އިން ނުދެކޭކަމަށް ވެއެވެ. 3 ވަނަ އޮޕްޝަނެއްކަމަށް ދެކެނީ ބަނގުލަދޭޝްގެ ޙާލަތު ހަމަޔަކަށްއެޅި ހަމަޖެހުން ޤާއިމުވުމުން ސިޔާސީ މަސައްކަތްތައް ކުރެއްވުމަށް ބަނގުލަދޭޝަށް ފޮނުވާލެއްވުމެވެ.

އޭރުން ޕާޓީ ގެ މަސައްކަތާއި އެކަމަނާއަށް އަލުން ޙަވާލުވެވޭނެކަމަށާއި އެއީ އިންޑިޔާ އަށް މަޞްލަޙަތު ބޮޑު ގޮތްކަމަށް އިންޑިޔާގެ އޮފިޝަލުން ދެކެއެވެ. 

ބަނގްލަދޭޝް ގެ މިހާރުގެ ސަރުކާރާއި މެދު އިންްޑިޔާ އިން ބުނަނީ ، ބަނގްލަދޭޝްގެ ބާރުތައް މިހާރު އޮތީ ދީނީ ފަރާތްތަކުގެ އަތްދަށުގައި ކަމަށެވެ. އެއީ އިންްްޑިޔާ ގެ މިހާރު ގެ ސަރުކާރުން ކަނބޮޑުވާކަމެއްކަމަށް އިންޑިޔާގެ އޮފިޝަލުން ވިދާޅުވެއެވެ. ބަނގްލަދޭޝްގެ ވަގުތީ ސަރުކާރާއި ޙަވާލުވެ ވަޑައިގެންނެވި ޕްރޮފެސަރު ޔޫނުސް ވަނީ ޙަސިނާގެ ވެރިކަމުގައި ސިޔާސީ ބޭނުމަށް އެތައް ބަޔަކު ޖަލަށްލައި ދީނީ ދަންނަ ބޭކަލުންނާއި ސިޔާސީ ފަރާތްތައް ދައްޖައްސައި އޭގެ އިތުރުން އެތައް ބަޔަކު ސިޔާސީ ބޭނުމަށް ނިޒާމުގެ ތެރެއިން ގެއްލުވާލާފައި ވާއިރު އިންޑިޔާއިން އެއްޗެއް ނުބުނެ ތިބުމުން އެކަމާއި ހިތްހަމަ ނުޖެހޭކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. 

ބަނގްލަދޭޝް ގައި މިހާރު ދިމާވެގެން އުޅޭ ފެންބޮޑުވުމުގެ ހިތާމަވެރި ހާދިސާ ދިމާވުމަށް މެދުވެރިވި ސަބަބަކީ ބަނގްލަދޭޝްގެ އާ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން އިންޑިޔާގެ ޑޭމެއް ގެ ފެން ދޫކޮށްލުން ކަމަށް ބަނގްލަދޭޝްގެ ރައްޔިތުން ބުނާކަން ފާހަގަކުރެވެއެވެ.

ބަންގްލަދޭޝް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

"އަހަރެން ހައްޔަރުވެސް ކޮށްފާނެ ނުވަތަ މަރާވެސް ލަފާނެ، ނަމަވެސް އެނބުރި ގައުމަށް ދާން ނިންމައިފިން": ޝެއިހް ހަސީނާ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާ ކޯޓަށް ހާޒިރުވާން ނިންމަވައިފި

61 ދުވަސް ކުރިން - 16:10

ބަންގްލަދޭޝްގެ ހިތްތައް އާޖެންޓީނާގެ ނުލާއި ހުދު ކުލައިން ފަތަހަކުރި ސަބަބު

ބަންގްލަދޭޝްގެ ހިތްތައް އާޖެންޓީނާގެ ނުލާއި ހުދު ކުލައިން ފަތަހަކުރި ސަބަބު

69 ދުވަސް ކުރިން - 13:33

އަވަށްޓެރި އިންޑިއާ އާއި ބަންގްލަދޭޝް އީދު ފާހަގަކުރާނީ މާދަމާ

އަވަށްޓެރި އިންޑިއާއާއި ބަންގްލަދޭޝް އީދު ފާހަގަކުރާނީ މާދަމާ

105 ދުވަސް ކުރިން - 13:09

ދިގުރަށު އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް, ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތައުޒިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ, ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތައުޒިޔާ ފޮނުއްވައިފި

176 ދުވަސް ކުރިން - 15:10

ދިގުރަށު އަލިފާނުގެ ހާދިސާގައި މަރުވި ދެ ބިދޭސީއެއްގެ ހަށިގަނޑު ބަނގުލަދޭޝަށް ގެންދަނީ

އަލިފާނުގައި މަރުވި 2ބިދޭސީއެއްގެ ހަށިގަނޑު ގައުމަށް ފޮނުވާލަނީ

178 ދުވަސް ކުރިން - 15:42

މޯލްޑިވިއަނުން ބަންގުލަދޭޝް ދަތުރުތައް އަލުން ފަށައިފި

މޯލްޑިވިއަނުން ބަންގުލަދޭޝް ދަތުރުތައް ފަށައިފި

181 ދުވަސް ކުރިން - 16:58