އިއްޔެ ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއަރޕޯޓަށް ދިން ހަމަލާއެއްގައި އެކަކު މަރުވެ، އިތުރު 11 މީހުންނަށް އަނިޔާވެފައިވާ ކަމަށް ސައޫދީ އަރަބިއްޔާ އިން ބުނެފިއެވެ.
މި ހަމަލާ ދީފައިވަނީ އެއަރޕޯޓުގެ ވަށައިގެންވާ ސަރަހައްދަށެވެ. ހަމަލާގެ ސަބަބުން މަރުވި މީހާއަކީ އެއަރޕޯޓުގެ މުވައްޒަފެއް ކަމަށްވާއިރު، އަނިޔާވި 11 މީހުންނަކީވެސް އެއަރޕޯޓުގެ މަސައްކަތްތެރިންނާއި އެވަގުތު އެ ސަރަހައްދުގައި ތިބި ބައެކެވެ.
އިއްޔެ ރިޔާޟް އެއާޕޯޓުގެ ޓާމިނަލް 4 އަށް ދިން ހަމަލާގައި ޕެސެންޖަރު ހޯލެއްގައި ރޯވެ، އެކެއްގެ ފުރާނަ ގެއްލި އިތުރު ބަޔަކު ޒަޚަމްވިއިރު، އޭގެ ކުރީ ދުވަހު (ހޮނިހިރު ދުވަހު) ވެސް އެ އެއާޕޯޓަށް ބެލިސްޓިކް މިސައިލުން ހަމަލާ ދިނެވެ. އެ ހަމަލާގައި 13 މީހުން މަރުވެ 300 އަށްވުރެ ގިނަ މީހުން ޒަޚަމްވިއިރު، މިއީ ފާއިތުވި ދިހަ އަހަރުތެރޭ ދިން އެންމެ ލޭއޮހޮރުވުން ބޮޑު ހަމަލާއެވެ. މި ނުރައްކާތެރި ހަމަލާތަކުގެ ސަބަބުން ސައޫދީގެ ވައިގެ ދަތުރުފަތުރަށް ބޮޑެތި ބުރޫއަރައި، ސަލާމަތީ ފިޔަވަޅުތައް ވަނީ އިންތިހާއަށް ވަރުގަދަކޮށްފައެވެ.
ޔަމަނުގެ ހޫތީ ޖަމާއަތުން ފާއިތުވި 3 ދުވަހު ސައޫދީ އަރަބިއްޔާގެ އެއާޕޯޓުތަކަށް އަމާޒުކޮށް ވަރުގަދަ އަދި ނުރައްކާތެރި ހަމަލާތަކެއް ވަނީ ދީފައެވެ. މިގޮތުން، އެންމެ ފަހުން ދިން ހަމަލާތައް އަމާޒުވެފައިވަނީ އާދީއްތަ ދުވަހުގެ ދުވާލުގެ ވަގުތުތަކުގައި ރިޔާޟްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށާއި ދައްމާމްގެ ކިންގް ފަހުދު އިންޓަނޭޝަނަލް އެއާޕޯޓަށެވެ.



