Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ސައޫދީއަށް މިއަދު ދިން ހަމަލާގައި ގެއްލުންތަކެއް ލިބިއްޖެ

ހުސައިން އިސްމާއިލް
12 ގަޑިއިރު ކުރިން - 19 ނޮވެންބަރު 2026 13:10
ސައޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ބައިނަލްއަޤްވާމީ އެއާޕޯޓަށް މީގެ ކުރިން ޙޫޘީން ދިން ޙަމަލާއެއްގައި ދުން އަރާ މަންޒަރު | ފޮޓޯ: އޭއެޖެންސީ
ސައޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ބައިނަލްއަޤްވާމީ އެއާޕޯޓަށް މީގެ ކުރިން ޙޫޘީން ދިން ޙަމަލާއެއްގައި ދުން އަރާ މަންޒަރު | ފޮޓޯ: އޭއެޖެންސީ
ޚުލާސާ

ޙޫޘީން ފޮނުވާލި މިސައިލް ވައިގެ ތެރޭގައި ނައްތާލުމަށް ކުރި މަސައްކަތުގައި މިސައިލްގެ އެތިކޮޅުތައް ބިމަށް ވެއްޓުމުގެ ސަބަބުން ލިބުނު ގެއްލުންތައް މިހާރު ދަނީ ބަލަމުން، އެއްވެސް މީހަކު މަރެއް ނުވޭ. ސައޫދީން މިހާރު ގެންދަނީ ރައްދު ހަމަލާ ދެމުން.

ޔަމަނުގެ ޙޫޘީ ޖަމާޢަތުން ސަޢޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް އަމާޒުކޮށް ފޮނުވާލި މިސައިލެއް ސަޢޫދީ އިސްވެ އޮންނަ ކޯލިޝަންގެ ވައިގެ ދިފާޢީ ނިޒާމުން ހުއްޓުވައި ގޮއްވާލުމާ ގުޅިގެން، މިސައިލްގެ ބައިތައް ވެއްޓި މާއްދީ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ސަޢޫދީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. ސަޢޫދީގެ ސިވިލް ޑިފެންސް އިދާރާއިން ބުނި ގޮތުގައި ފަތިހު ނުރައްކަލުގެ އިންޒާރުގެ މެސެޖު ފޯނުތަކަށް ފޮނުވުމާއެކު އަލްސުލައްޔިލް އަދި ރިޔާޟްގެ އެކި ސަރަޙައްދުތަކުގައި އިންޒާރުގެ ސައިރަންގެ އަޑު ވަނީ އިވިފައެވެ. އޭގެ ތިން މިނެޓެއްހާއިރު ފަހުން ބާރުގަދަ ގޮވުމެއްގެ އަޑު އިވުނު ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.

ސަޢޫދީ ކޯލިޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލްމާލިކީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޙޫޘީން ފޮނުވާލި މިސައިލް ކާމިޔާބުކަމާއެކު ވައިގެ ތެރޭގައި ނައްތާލެވިފައިވާ ކަމަށާއި، ނަމަވެސް ގޮވި މިސައިލްގެ އެތިކޮޅުތައް ބިމަށް ވެއްޓުމުގެ ސަބަބުން ލިބުނު މާއްދީ ގެއްލުންތައް ކަމާބެހޭ އިދާރާތަކުން މިހާރު ވަޒަންކުރަމުންދާ ކަމަށެވެ.

ސަޢޫދީގެ ނޫހެއް ކަމަށްވާ އަރަބް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބުނު ކަމުގެ މަޢުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. އަދި ކުޑައިރުކޮޅެއްގެ ތެރޭގައި ނުރައްކާ ފިލައިފިކަން އަންގައި ސިވިލް ޑިފެންސުން ވަނީ އާންމުންނަށް މެސެޖު ފޮނުވާފައެވެ.

Advertisement

Advertisement 1

މި ހަމަލާއަށް ރައްދުދިނުމުގެ ގޮތުން، ޔަމަނުގެ ޛަމާރު އަދި ޞަޢުދާ ޕްރޮވިންސްގައި ޙޫޘީން ބެލިސްޓިކް މިސައިލް ފޮނުވުމަށް ބޭނުންކުރާ ދެ ލޯންޗު ޕްލެޓްފޯމެއް ސަޢޫދީ ކޯލިޝަނުން ވަނީ ވައިގެ ހަމަލާދީ ހަލާކުކޮށްލާފައެވެ. ފާއިތުވި ހަފުތާތަކުގައި ޙޫޘީން ދަނީ ރިޔާޟްގެ އެއާޕޯޓާއި ތެޔޮ ކާރުޚާނާތަކަށް އަމާޒުކޮށް ހަމަލާތައް ވަރުގަދަކުރަމުންނެވެ. އެހެންކަމުން ސަޢޫދީ ސަރުކާރުން ވަނީ ޤައުމުގެ ރައްޔިތުންނާއި މުހިންމު ބިނާތައް ޙިމާޔަތްކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަޤީންކަން ދީފައެވެ.

ޙޫޘީޔަމަންސައޫދީ އަރަބިއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ހޫޘީން ސައޫދީގެ ޓަވަރަކަށް ހަމަލާދީފި

ހޫޘީން ސައޫދީގެ ޓަވަރަކަށް ހަމަލާދީފި

3 ގަޑިއިރު ކުރިން - 22:11

ޔަމަނުގެ ޔަތީމުންގެ ފައުންޑޭޝަންގެ ފެކްޓަރީއަކަށް އަނެއްކާވެސް ހަމަލާދީފި

ޔަމަނުގެ ޔަތީމުންގެ ފައުންޑޭޝަންގެ ފެކްޓަރީއަކަށް އަނެއްކާވެސް ހަމަލާދީފި

12 ގަޑިއިރު ކުރިން - 13:27

ޔަމަނުގެ މާރުކޭޓަކަށް ދިން ވައިގެ ހަމަލާއެއްގައި ބޮޑެތި ގެއްލުންތަކެއް!

1 ދުވަސް ކުރިން - 13:09

ޙޫޘީން ޔަމަންގެ ވެރިރަށް ހިފުމާއި ގާތަށް ޖެހިއްޖެ

ޙޫޘީން ޔަމަންގެ ވެރިރަށް ހިފުމާއި ގާތަށް ޖެހިއްޖެ

2 ދުވަސް ކުރިން - 12:24

ޔަމަނުގައި ހޫޘީން ކުރިއަރަމުންދާއިރު، ހަނގުރާމައާ ވޭންސް ދެކޮޅުހަދައިފި

ޔަމަނުގައި ހޫޘީން ކުރިއަރަމުންދާއިރު، ހަނގުރާމައާ ވޭންސް ދެކޮޅުހަދައިފި

2 ދުވަސް ކުރިން - 11:08

ހޫޘީންގެ ބެލުމުގެ ދަށުގައި ތިބި ހަނގުރާމައިގެ 600 ގައިދީން މިނިވަންކޮށްފި

ހޫޘީންގެ ބެލުމުގެ ދަށުގައި ތިބި ހަނގުރާމައިގެ 600 ގައިދީން މިނިވަންކޮށްފި

3 ދުވަސް ކުރިން - 11:39