Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އިދިކޮޅުން ރަސްމާލެ މަޝްރޫއާ ދެކޮޅުވަނީ އެބޭފުޅުންގެ ސިޔާސީ ހަޔާތަށް ހިޔަނި އެޅިދާނެތީ: މިނިސްޓަރު ސައީދު

އައިޝަތު ރުވާ ރިފްޢަތު
1 ގަޑިއިރު ކުރިން - 5 އޮކްޓޫބަރު 2026 03:55
"އަހާ ފޯރަމް" ގައި މިނިސްޓަރ ސައީދު ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
"އަހާ ފޯރަމް" ގައި މިނިސްޓަރ ސައީދު ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

"އަހާ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު އެންމެ ސިނާޢަތަކަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކުރަންޖެހޭ ކަމަށާއި، ރަސްމާލޭގައި އީގަލް ހިލްސްއިން ކުރިއަށްގެންދާ ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓުން އެކަނިވެސް އަހަރަކު 1 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް.

މި ސަރުކާރުން ކުރިއަށްގެންދާ 'ރަސްމާލެ' މަޝްރޫއާ އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަމުންދަނީ އެ މަޝްރޫއުގެ ސަބަބުން އެ ބޭފުޅުންގެ ސިޔާސީ ހަޔާތަށް ހިޔަނި އެޅިދާނެ ކަމުގެ ބިރަށްޓަކައި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއާ ގުޅިގެން ސަރުކާރުން ކުރިއަށްގެންދާ "އަހާ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ގައުމެއް ތަރައްގީވެގެންދާއިރު އެންމެ ސިނާއަތަކަށް އާދަޔާ ހިލާފަށް ބަރޯސާވެފައި އޮތުމަކީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް 54 އަހަރު ވެގެންދިޔައިރު ގައުމުގައި ހުރި އެސެޓްތަކަކީ 177 ރިސޯޓާއި، 814 ގެސްޓްހައުސް، 317 ޑައިވް ސެންޓަރު، 14 ޓުއަރ ގައިޑް، 16 ހޮޓާ، 162 ކަނޑު އުޅަނދު، 558 ޓްރެވަލް އެޖެންސީ އަދި 3 ޔޮޓް މެރީނާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، 177 ރިސޯޓުން ޓޫރިޒަމް ރިސިޕްޓްސްގެ ގޮތުގައި 5.5 ބިލިއަން ޑޮލަރު އަރާނެ ކަމަށް ބެލެވުނު ނަމަވެސް، ރާއްޖެއަށް އެޑް ކުރާ ވެލިއުއަކީ އެންމެ 1.7 ބިލިއަން އެމެރިކާ ޑޮލަރެވެ. އަދި ރާއްޖޭގެ މުޅި އިގްތިސާދު އެނބުރެނީ އެ އަދަދުގެ ވަށައިގެން ކަމަށާއި، މިހާތަނަށް ރާއްޖޭގެ އިގްތިސާދަށް ބޮޑު އިމްޕެކްޓެއް ގެނެވޭނެ އެހެން އެއްވެސް ކަމެއް ކުރެވިފައި ނެތް ކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement 1

ރާއްޖޭގެ ބިންތަކާއި ރަށްތައް ކުއްޔަށް ދިނުމުގެ ތާރީހަށް އަލިއަޅުއްވާލައްވަމުން ސައީދު ވިދާޅުވީ، 2013 އިން 2018 އަށް 99 އަހަރަށް ރިސޯޓުތައް ކުއްޔަށް ދޫކުރަން ފެށި ކަމަށާއި، މިހާރުވެސް 53 ނުވަތަ 54 ރިސޯޓު 99 އަހަރަށް ދޫކޮށްފައި އެބަހުރި ކަމަށެވެ. އަދި އޭރުގެ ސަރުކާރުން އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކަށް ބިން ހިއްކައިފިނަމަ، އޭގެ 30 އިންސައްތަ ތާ އަބަދަށް 'ފްރީ ހޯލްޑް' އުސޫލުން ދޫކުރަން ނިންމި ކަމަށެވެ. އޭރުގެ ރައީސް ޔާމީން އެކަން ޖަސްޓިފައި ކުރަން ގިނަ ވާހަކަތަކެއް ދެއްކެވި ނަމަވެސް، ނިމިދިޔަ ސަރުކާރުން އެ ގާނޫނު ބަދަލުކޮށް ލީސްހޯލްޑް ރައިޓްސްގެ ދަށުން 99 އަހަރަށް ރަށްތައް ކުއްޔަށް ހިފޭގޮތް ހެދިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ އާމްދަނީއާއި ހަރަދަށް ބަލާއިރު، އިގްތިސާދަށް ބޮޑު ސްޕީޑެއް ނުގެނެސް، ވަށައިގެން އޮތް ވާދަވެރިކަމާ ކުރިމަތިލައި ހަރަދުތައް ދެކޮޅު ނުޖެއްސޭނެ ކަމަށެވެ. އަދި އިގްތިސާދު ސިންދަފާތު ކުރުމުގައި ރާއްޖޭގެ ތަބީއަތާއި، ޒީނަތްތެރިކަމާއި، ހިމޭންކަމަށް ބަލާއިރު އެންމެ ގުޅެނީ 'ރިއަލް އެސްޓޭޓް' ސިނާއަތް ކަމަށް ވިދާޅުވިއެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެއް ބިލިއަން ޑޮލަރު އިންވެސްޓްކުރީ 2040 އަށް ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގެ ވިސްނުމުގައި ކަމަށްވެސް ވިދާޅުވިއެވެ.

ރަސްމާލޭގައި އީގަލް ހިލްސްއިން ކުރިއަށް ގެންދާ މަޝްރޫއާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، އެއީ މިހާރު ރާއްޖޭގައި ހުރި މުޅި ޓޫރިޒަމް އެސެޓާ އެއްވަރުގެ އެތައް ބިލިއަން ޑޮލަރެއްގެ ބޮޑު އިންވެސްޓްމަންޓެއް ކަމަށެވެ. ވޭތުވެދިޔަ 54 އަހަރުން ރާއްޖެއަށް އަހަރަކު 2.2 ނުވަތަ 2.3 މިލިއަން ފަތުރުވެރިން އަންނައިރު، އީގަލް ހިލްސް މަޝްރޫއުން އެކަނިވެސް އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ގެނެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން ސައީދު ވިދާޅުވީ، ރަސްމާލެ ފަދަ ބޮޑު މަޝްރޫއެއް މި ސަރުކާރުން ކާމިޔާބުކޮށްފިނަމަ ސިޔާސީ ގޮތުން ފަހަތަށް ޖެހެން ޖެހިދާނެތީ، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދީނާއި ގައުމިއްޔަތާ ގުޅުވައިގެން ވާހަކަ ދައްކަމުންދާ ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުއަސާސީގެ އިމުން ބޭރުވެ، ދިވެހިވަންތަކަމާއި ސަގާފަތް ގެއްލުވާލައްވާނެ ވެރިއެއް ނޫން ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރަސްމާލެ މަޝްރޫއާއެކު ރާއްޖޭގައި ގިނަ ޢަދަދެއްގެ ވަޒީފާ އުފެދި، ގައުމުގެ ހުރިހާ ސިނާއަތްތަކަކަށްވެސް އޭގެ ބޮޑު މަންފާއެއް ލިބިގެންދާނެ ކަމަށެވެ.

މިނިސްޓަރު މުހައްމަދު ސައީދުރަސްމާލެއީގަލް ހިލްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

"ރަސްމާލެ މަޝްރޫއު ކުރިއަށްދާނީ އަލަށް އެކުލަވާލާ ރިއަލް އެސްޓޭޓް ގާނޫނާ އެއްގޮތަށް"

"ރަސްމާލެ މަޝްރޫއު ކުރިއަށްދާނީ އަލަށް އެކުލަވާލާ ރިއަލް އެސްޓޭޓް ގާނޫނާ އެއްގޮތަށް"

1 ގަޑިއިރު ކުރިން - 03:21

ޓްރެފިކް މައްސަލަ ހައްލުކުރުމަށް ޓްރެފިކް ލައިޓާއި ހާއްސަ ބަސްތައް ތައާރަފުކުރަނީ

2 ގަޑިއިރު ކުރިން - 02:47

މާލޭގެ ހެވީ ވެހިކަލްތަކުގެ ތޮއްޖެހުމަށް އަވަސް ހައްލެއް ގެންނަނީ

މާލޭގެ ހެވީ ވެހިކަލްތަކުގެ ތޮއްޖެހުމަށް އަވަސް ހައްލެއް ގެންނަނީ

3 ގަޑިއިރު ކުރިން - 01:51

"ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ 2040 ގެ ތަސައްވުރުގެ ވަރުގަދަ ބިންގަލެއް"

"ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ 2040 ގެ ތަސައްވުރުގެ ވަރުގަދަ ބިންގަލެއް"

2 ދުވަސް ކުރިން - 13:35

"ތިލަފުށީ ވިޔަފާރި ބަނދަރުގެ މަޝްރޫއަކީ އިގްތިސާދީ ކުރިއެރުމަށް އެޅޭ މުހިންމު ފިޔަވަޅެއް"

"ތިލަފުށީ ވިޔަފާރި ބަނދަރުގެ މަޝްރޫއަކީ އިގްތިސާދީ ކުރިއެރުމަށް އެޅޭ މުހިންމު ފިޔަވަޅެއް"

2 ދުވަސް ކުރިން - 13:24

ރަސްމާލެ މަޝްރޫއާއެކު ދައުލަތުގެ އާމްދަނީ 40 ބިލިއަނުން 170 ބިލިއަނަށް!

ރަސްމާލެ މަޝްރޫއާއެކު ދައުލަތުގެ އާމްދަނީ 40 ބިލިއަނުން 170 ބިލިއަނަށް!

3 ދުވަސް ކުރިން - 11:00