Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

20 އަހަރުގެ ގައުމީ ތަރައްގީގެ މާސްޓާޕްލޭން ގާނޫނީގޮތުން ހިމާޔަތްކުރުމަށް ހާއްސަ ގާނޫނެއް އެކުލަވާލަނީ

20 އަހަރުގެ ގައުމީ ތަރައްގީގެ މާސްޓާޕްލޭން ގާނޫނީގޮތުން ހިމާޔަތްކުރުމަށް ހާއްސަ ގާނޫނެއް އެކުލަވާލަނީ

އައިޝަތު ރުވާ ރިފްޢަތު
2 ގަޑިއިރު ކުރިން - 26 ސެޕްޓެންބަރު 2026 00:45
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ އެޕިސޯޑެއްގައި ރައީސް ވާހަކަފުޅުދައްކަވަނީ/ ރައީސް އޮފީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ އެޕިސޯޑެއްގައި ރައީސް ވާހަކަފުޅުދައްކަވަނީ/ ރައީސް އޮފީސް
ޚުލާސާ

މިމާސްޓާޕްލޭނާ ގުޅޭގޮތުން އދ.ގެ އާންމު މަޖިލީހުގައި ވާހަކަފުޅު ދެއްކެވި ސަބަބު ބަޔާންކުރައްވަމުން ރައީސް ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު ސްޓޭޖުގައި އެ ވާހަކަ ދެއްކެވުމުގެ މައިގަނޑު ބޭނުމަކީ ރާއްޖެއަކީ ކުޑަ ގައުމަކަށް ވިޔަސް، އަމިއްލަ ފައިމައްޗަށް ތެދުވެ ތަރައްގީވެފައިވާ ގައުމަކަށް ވުމަށް މަސައްކަތްކުރާކަން ދުނިޔެއަށް ދައްކުވައިދިނުންކަމަށް.

ގައުމީ ތަރައްގީގެ މަޝްރޫއުތައް އެއްވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި، 2040 ވަނަ އަހަރާ ހަމައަށް އެކުލަވާލާ 20 އަހަރުގެ މާސްޓާޕްލޭން، ގާނޫނީގޮތުން ހިމާޔަތްކުރުމުގެ ގޮތުން ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފި އެވެ.

ރައީސް މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާއިން ސިލްސިލާކޮށް ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ އެޕިސޯޑެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖޭގައި މީގެ ކުރިން ކަންކަން ހިގަމުން އައި ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެއް ސަރުކާރަކުން ފަށާ މަސައްކަތްތައް ވެރިކަން ބަދަލުވުމުން ހުއްޓި، ގައުމުގެ މިސްރާބު އެހެން ދިމާލަކަށް ބަދަލުވެގެންދާ ކަމަށެވެ. އަދި އޭގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ އެންމެ އެދެވޭ ކުރިއެރުންތައް ނުލިބި، ގައުމަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

Advertisement

Advertisement 1

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް އެކުލަވާލާ 20 އަހަރުގެ މާސްޓާޕްލޭނަކީ ހަމައެކަނި ކަރުދާހެއްގައި އޮންނަ އެއްޗަކަށް ނުހަދައި، ސިޔާސީ އޮއިވަރުތަކުން ސަލާމަތްކޮށް ހިމާޔަތްކުރުމަށްޓަކައި ހާއްސަ ގާނޫނެއް ޑްރާފްޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި މާސްޓާޕްލޭނާ ގުޅޭގޮތުން އދ. ގެ އާންމު މަޖިލީހުގައި ވާހަކަފުޅު ދެއްކެވި ސަބަބު ބަޔާންކުރައްވަމުން ރައީސް ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު ސްޓޭޖުގައި އެ ވާހަކަ ދެއްކެވުމުގެ މައިގަނޑު ބޭނުމަކީ ރާއްޖެއަކީ ކުޑަ ގައުމަކަށް ވިޔަސް، އަމިއްލަ ފައިމައްޗަށް ތެދުވެ ތަރައްގީވެފައިވާ ގައުމަކަށް ވުމަށް މަސައްކަތްކުރާކަން ދުނިޔެއަށް ދައްކުވައިދިނުން ކަމަށެވެ. މީގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމަޢުން ރާއްޖެއާމެދު ދެކޭގޮތް ބަދަލުވެ، ފުރުސަތުތައް ފުޅާވެގެންދާނެ ކަމަށާއި، ދުރުރާސްތާގެ ޕްލޭނަކާއެކު މަސައްކަތްކޮށްފިނަމަ އޭގެ ހަގީގީ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގައުމުގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން މުހިންމު މައުލޫމާތުތަކެއް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށްޓަކައި، ރާއްޖެއާއި މެލޭޝިއާގެ ސެންޓްރަލް ބޭންކާ ދެމެދު ސޮއިކުރުމަށް މަސައްކަތްކުރަމުންދާ 100 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރީމަންޓުގެ މަސައްކަތް ވަރަށް ހަލުވި ދުވެލީގައި ކުރިއަށްދާކަމަށެވެ.

މީގެއިތުރުން، މިއަހަރުގެ ފެބްރުއަރީ މަހާ ހަމައަށް ދައުލަތުގެ ރިޒާވް 1.2 ބިލިއަން ޑޮލަރަށް އެރި ނަމަވެސް، މެދުއިރުމަތީގެ ހަނގުރާމައާއި، ތެލުގެ އަގަށް އައި ބަދަލުތަކުގެ އިތުރުން ސުކޫކް ދެއްކުމުގެ ސަބަބުން ރިޒާވަށް އަސަރުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންނަމަވެސް، ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރަސްމާލެއިން ބޭރުގެ އިންވެސްޓަރުންނަށް ބިން މިލްކެއް ނުކުރެވޭނެ، ހުރިހާ ކަމެއްވެސް ދާނީ ގާނޫނުގެ ތެރެއިން: ރައީސް

ރަސްމާލެއިން ބޭރުގެ ފަރާތްތަކަށް ބިން މިލްކެއް ނުކުރެވޭނެ: ރައީސް

4 ގަޑިއިރު ކުރިން - 23:04

ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމުގެ ތެރެއިން އުޖާލާ މުސްތަގްބަލަކަށް މަގު ތަނަވަސްވަނީ: ރައީސް

ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމުގެ ތެރެއިން އުޖާލާ މުސްތަގްބަލަކަށް މަގު ތަނަވަސްވަނީ: ރައީސް

12 ގަޑިއިރު ކުރިން - 15:25

މެލޭޝިޔާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

މެލޭޝިޔާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

12 ގަޑިއިރު ކުރިން - 14:46

ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ އެންމެ މަތީ ވަނަތަކަށް ރައީސުލްޖުމްހޫރިއްޔާގެ އިނާމާއި ޕީއެޗްޑީ ސްކޮލަރޝިޕް ދީފި

ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ މަތީ ވަނަތަކަށް އިނާމު ދީފި

19 ގަޑިއިރު ކުރިން - 08:17

ފަތުރުވެރިކަމާއި އިންވެސްޓްމަންޓްގެ ދާއިރާއިން ސައުދީގެ ބައިވެރިވުން ފުޅާކުރަނީ

ފަތުރުވެރިކަމާއި އިންވެސްޓްމަންޓްގެ ދާއިރާއިން ސައުދީގެ ބައިވެރިވުން ފުޅާކުރަނީ

1 ދުވަސް ކުރިން - 15:40

ސައުދީގެ 96 ވަނަ ގައުމީ ދުވަހުގެ ތަހުނިޔާއާއެކު ރާއްޖޭގެ ތަރައްގީގައި އެގައުމުގެ ހިއްސާ ބޮޑުކަން ރައީސް ފާހަގަކުރައްވައިފި

ސައުދީ ގައުމީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

2 ދުވަސް ކުރިން - 12:01