Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރަސްމާލެއިން ބޭރުގެ އިންވެސްޓަރުންނަށް ބިން މިލްކެއް ނުކުރެވޭނެ، ހުރިހާ ކަމެއްވެސް ދާނީ ގާނޫނުގެ ތެރެއިން: ރައީސް

ރަސްމާލެއިން ބޭރުގެ އިންވެސްޓަރުންނަށް ބިން މިލްކެއް ނުކުރެވޭނެ، ހުރިހާ ކަމެއްވެސް ދާނީ ގާނޫނުގެ ތެރެއިން: ރައީސް

އައިޝަތު ރުވާ ރިފްޢަތު
4 ގަޑިއިރު ކުރިން - 25 ސެޕްޓެންބަރު 2026 23:04
ނެޝަނަލް ޗެޓް ޕްރޮގްރާމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ނެޝަނަލް ޗެޓް ޕްރޮގްރާމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ، ބިން ދޫކުރަނީ ހަމައެކަނި ކުއްޔަށް ކަމަށާއި ސަރުކާރުން އެއްވެސް ލޯނެއް އަދި ހާއްސަ އިނާޔަތެއް ނުދޭނެ ކަމަށް. އަދި ބިން ހިއްކުމުގެ ބޮޑުބައި ނިމިފައިވާއިރު، ރައްޔިތުންނަށްދޭ ގޯއްޗަށް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވި. މީގެއިތުރުން އިމްތިހާނު ހަދާ ދަރިވަރުން ވަގުތު ރަނގަޅަށް މެނޭޖްކުރުމަށްވެސް ރައީސް ނަސޭހަތްތެރިވެވަޑައިގެންނެވި.

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ކުރިއަށްގެންދަން ނިންމާފައިވާ ބޮޑު މަޝްރޫއުގެ އެއްބަސްވުމުގައި ޤާނޫނުން ބޭރު އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، ބޭރުގެ އިންވެސްޓަރުންނަށް ބިން މިލްކުކޮށް ނުދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފި އެވެ.

ދައުލަތުގެ މީޑިއާ،ގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސިޔާސީ ވިސްނުމުގައި ތަސައްވަރު އޮޅޭގޮތަށް ރަސްމާލެއާ ގުޅޭގޮތުން ވާހަކަދައްކަނީ ރައްޔިތުންނަށް ފައިދާވާ މިފަދަ ބޮޑެތި މަޝްރޫއުތައް ރާއްޖެއަށް ގެނައުމަށް ހުރަސްއެޅުމުގެ ބޭނުމުގައި ކަމަށެވެ. އަދި ރަސްމާލެ ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅޭ ތަސައްވަރަށް އީގަލް ހިލްސް މަޝްރޫއާއެކު އެއްވެސް ބަދަލެއް ނާންނަކަމަށާއި، މިއީ ރައްޔިތުންގެ އުއްމީދުތައް ފުރިހަމައަށް ހާސިލުވާނެ މަޝްރޫއެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް ފައިދާވާ ކަންކަން ކުރިއަށްގެންދާއިރު އެއަށް ފާޑުކިޔަނީ ގައުމު އިސްކުރުމުގެ ވިސްނުން ނެތުމުން ކަމަށާއި، މިއީ ހިތާމަވެރި ނަމަވެސް މިއަދުގެ ޙަގީގަތް ކަމަށެވެ. އަދި ތިމާއަކީ ފުރަތަމަ ދިވެހި ރައްޔިތެއްކަން ހަނދާންނެތޭ މިންވަރަށް ބައެއް ސިޔާސީ ފަރާތްތަކުން ވިސްނުން ގެންގުޅޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

Advertisement

Advertisement 1

ރާއްޖޭގެ ސިޔާސީ އޮއިވަރުގައި ފެށުނީއްސުރެ މިފަދަ ކަންކަން ހިނގަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ލިޔާ އެއްޗަކުން ނުވަތަ ދައްކާ ވާހަކައަކުން ޒިންމާދާރުކަން ކުޑަކޮށް ގައުމަށް ނުވިސްނައި އަމަލުކޮށްފިނަމަ އޭގެ ނުރަނގަޅު އަސަރު މުޅި ގައުމަށް ކުރާނެ ކަމަށެވެ. ރަސްމާލެއަށް އަންނަ މި ބޮޑު މަޝްރޫއުގެ ސަބަބުން އިގްދިސާދީ، އުމްރާނީ އަދި އިޖުތިމާއީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ނަމަވެސް، މި މަޝްރޫއާ ގުޅުވައިގެން ޒިންމާދާރުކަން ކުޑަ ވާހަކަތައް ފަތުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ބިން ވިއްކައިފިއޭ، މިލްކުކޮށްދީފިއޭ ކިޔަނީ. މިއީ ރާއްޖޭގެ ޤާނޫނުއަސާސީން މަނާކަމެއް. ޤާނޫނުއަސާސީއާ ހިލާފަށް އެއްވެސް ކަމެއް ނޯންނާނެ. އެއްވެސް މަޝްރޫޢެއް ނުވަތަ އިންވެސްޓްމަންޓެއްވެސް ނުގެންދާނަން. އަޅުގަނޑަށް މުހިންމީ ގައުމާއި ރައްޔިތުން. ބިން މިލްކުވާކަށް ފުރުސަތެއް ނުދޭނަން. އެގޮތަށް ރާވާފައިވެސްވަނީ."
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ އީގަލް ހިލްސްއާއެކު އެއްބަސްވުންތައް ގާއިމުކުރަނީ މިހާރުވެސް އަމަލުކުރަމުންދާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އެގޮތުން ސޮވްރިން ގެރެންޓީ ދިނުމާއި، ސަރުކާރުން ލޯނު ނެގުމާއި، ޓެކްސް ކޮންސެޝަން ނުވަތަ ޑިއުޓީ އެގްޒެމްޕްޝަން ފަދަ ގަވާއިދުން ބޭރު އެއްވެސް ލުޔެއް ނުވަތަ އިނާޔަތެއް ނޯންނާނެ ކަމަށާއި، ބިން ދޫކުރަނީ ހަމައެކަނި ކުއްޔަށް ނުވަތަ ލީސް އުސޫލުން ކަމަށް އެމަނިކުފާނު ސާފުކޮށްދެއްވި އެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިނުމަށް ކަނޑައަޅާފައިވާ ގޯތިތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއުގެ އަމަލީ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، އެ މަޝްރޫއުގެ ބިން ހިއްކުމުގެ 60 އިންސައްތައާއި 70 އިންސައްތައާ ދެމެދުގެ ބޮޑުބައެއް މިހާރު ނިފައިވާކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ޖީޑީޕީ މަތިވެ، ގައުމުގެ އިގްތިސާދަށާއި ރައްޔިތުންނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވައި ރައީސް ވަނީ، މިފަދަ ބޮޑެތި މަޝްރޫއުތަކަށް ކިތަންމެ ހުރަސްއަޅަން އުޅުނު ނަމަވެސް ސަރުކާރުން މި މަޝްރޫއު ކާމިޔާބުކަމާއެކު ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އީގަލް ހިލްސް ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓަކީ 20 ބިލިއަން ޑޮލަރުގެ އަގުހުރި، ދިވެހިރާއްޖޭގެ ތާރީހުގައިވެސް މިހާތަނަށް ހިންގޭ އެންމެ ބިޔަ ފޮރިން އިންވެސްޓްމަންޓް މަޝްރޫއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރަސްމާލެދުބާއީއީގަލް ހިލްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

20 އަހަރުގެ ގައުމީ ތަރައްގީގެ މާސްޓާޕްލޭން ގާނޫނީގޮތުން ހިމާޔަތްކުރުމަށް ހާއްސަ ގާނޫނެއް އެކުލަވާލަނީ

20 އަހަރުގެ މާސްޓާޕްލޭން ގާނޫނީގޮތުން ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި

2 ގަޑިއިރު ކުރިން - 00:45

ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމުގެ ތެރެއިން އުޖާލާ މުސްތަގްބަލަކަށް މަގު ތަނަވަސްވަނީ: ރައީސް

ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމުގެ ތެރެއިން އުޖާލާ މުސްތަގްބަލަކަށް މަގު ތަނަވަސްވަނީ: ރައީސް

12 ގަޑިއިރު ކުރިން - 15:25

މެލޭޝިޔާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

މެލޭޝިޔާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

12 ގަޑިއިރު ކުރިން - 14:46

ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ އެންމެ މަތީ ވަނަތަކަށް ރައީސުލްޖުމްހޫރިއްޔާގެ އިނާމާއި ޕީއެޗްޑީ ސްކޮލަރޝިޕް ދީފި

ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ މަތީ ވަނަތަކަށް އިނާމު ދީފި

19 ގަޑިއިރު ކުރިން - 08:17

ފަތުރުވެރިކަމާއި އިންވެސްޓްމަންޓްގެ ދާއިރާއިން ސައުދީގެ ބައިވެރިވުން ފުޅާކުރަނީ

ފަތުރުވެރިކަމާއި އިންވެސްޓްމަންޓްގެ ދާއިރާއިން ސައުދީގެ ބައިވެރިވުން ފުޅާކުރަނީ

1 ދުވަސް ކުރިން - 15:40

ސައުދީގެ 96 ވަނަ ގައުމީ ދުވަހުގެ ތަހުނިޔާއާއެކު ރާއްޖޭގެ ތަރައްގީގައި އެގައުމުގެ ހިއްސާ ބޮޑުކަން ރައީސް ފާހަގަކުރައްވައިފި

ސައުދީ ގައުމީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

2 ދުވަސް ކުރިން - 12:01