ކ. ހިއްމަފުށީގައި ހުރި ރީހެބިލިޓޭޝަން ސެންޓަރު އަލުން އިމާރާތްކޮށް، އެތަނުގެ ކެޕޭސިޓީ އިތުރުކުރުމުގެ ބޮޑު މަޝްރޫއެއް ސަރުކާރުން ރާވަމުންދާކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ޕީއެންސީ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މަޝްރޫއުގެ ދަށުން ހިއްމަފުށީ ސެންޓަރު އަލުން އިމާރާތްކޮށް ނިމުމުން، އެއްފަހަރާ 170 މީހުންނަށް އެތަނުގައި ތިބެގެން ފަރުވާ ހޯދޭނެ އަދި އެކަމްޑޭޝަން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މިއީ މިހާރު ހުރި ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމެކެވެ.

ވަޒީރު އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި، އަލުން އިމާރާތްކުރެވޭ މި ރީހެބިލިޓޭޝަން ސެންޓަރު އަލުން ހުޅުވައި ހިދުމަތް ދޭން ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މި ސެންޓަރު ހުޅުވުމުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން އެދޭ ގިނަ އަދަދެއްގެ މީހުންނަށް ފަރުވާގެ ފުރުސަތު އަވަހަށް ލިބިގެންދާނެއެވެ.