Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖޭގެ ރަސްމީ ރިޒާވްގައި 643 މިލިއަން ޑޮލަރަށްވުރެ މަތީގައި: އެމްއެމްއޭ

ރާއްޖޭގެ ރަސްމީ ރިޒާވްގައި 643 މިލިއަން ޑޮލަރަށްވުރެ މަތީގައި: އެމްއެމްއޭ

ހުސައިން އިސްމާއިލް
18 ގަޑިއިރު ކުރިން - 15 ސެޕްޓެންބަރު 2026 20:30
ފޮޓޯ: ޚުލްސާ
ފޮޓޯ: ޚުލްސާ
ޚުލާސާ

ރިޒާވް މަތިކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ފޮރިން އެކްސްޗޭންޖް ގަވާއިދުތަކަށް ބަދަލުތައް ގެނެސް، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޑޮލަރު ބޭންކިންގ ނިޒާމުގެ ތެރެއަށް މާރުކުރަންޖެހޭ މިންވަރު އިތުރުކުރުމުގެ މަސައްކަތްތައް ކުރާކަން ފާހަގަކޮށްލެވޭ.

މިދިޔަ އޮގަސްޓް މަސް ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރަސްމީ ރިޒާވް 638.0 މިލިއަން ޑޮލަރުން 643.8 މިލިއަން ޑޮލަރަށް މަތިވެފައިވާ ކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ. އެމްއެމްއޭއިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއީ ޖުލައި މަހާ އަޅާބަލާއިރު ގާތްގަނޑަކަށް 0.9 އިންސައްތައިގެ ކުރިއެރުމެކެވެ.

ޖުމްލަ ރަސްމީ ރިޒާވް މަތިވި ނަމަވެސް، ދައުލަތަށް އަތްލެވޭ ނުވަތަ ބޭނުންކުރެވޭ ރިޒާވް ވަނީ އޮގަސްޓް މަހުގެ ތެރޭގައި ދަށަށް ގޮސްފައެވެ. ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ޖުލައި މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވްގައި 222.5 މިލިއަން ޑޮލަރު ހުރި ނަމަވެސް، އޮގަސްޓް މަސް ނިމުނުއިރު އެ އަދަދު ވަނީ 200.6 މިލިއަން ޑޮލަރަށް ދަށަށް ގޮސްފައެވެ. މިއީ ކުރީ މަހާ އަޅާބަލާއިރު 9.6 އިންސައްތައިގެ ދަށްވުމެކެވެ. ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ ބޭރުގެ ދަރަނިތައް ދެއްކުމާއި އިމްޕޯޓް ޚަރަދުތަކަށް ބޭނުންވާ ޑޮލަރު ބާޒާރަށް ދޫކުރަން ޖެހުމެވެ.

ރާއްޖޭގެ ރިޒާވް ދެމެހެއްޓެނިވި ގޮތެއްގައި ވަރުގަދަކުރުމަށްޓަކައި ސަރުކާރާއި އެމްއެމްއޭ ގުޅިގެން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މީގެ ތެރޭގައި ފޮރިން އެކްސްޗޭންޖް ގަވާއިދުތަކަށް ބަދަލުތައް ގެނެސް، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޑޮލަރު ބޭންކިންގ ނިޒާމުގެ ތެރެއަށް މާރުކުރަންޖެހޭ މިންވަރު އިތުރުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

Advertisement

Advertisement 1

މީގެ އިތުރުން، ބޭރުގެ މާލީ އިދާރާތަކާއި އަވަށްޓެރި ގައުމުތަކާއެކު ކަރަންސީ ސްވޮޕް ފެސިލިޓީތައް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރިޒާވް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

އެމްއެމްއޭ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް %6.9 ގެ ކުރިއެރުމެއް

ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް %6.9 ގެ ކުރިއެރުމެއް

14 ދުވަސް ކުރިން - 19:00

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

19 ދުވަސް ކުރިން - 11:46

ބިދޭސީ މުވައްޒަފުންގެ މުސާރަ އެ މުވައްޒަފެއްގެ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

ބިދޭސީ މުވައްޒަފުންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

22 ދުވަސް ކުރިން - 11:40

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

22 ދުވަސް ކުރިން - 14:50

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން 40 ޕަސެންޓު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

40 ޕަސެންޓު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

23 ދުވަސް ކުރިން - 13:54

ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް އެއްވެސް ވަރަކަށް އަމަލުނުކުރާ ދެ ރިސޯޓެއްގެ ނަން އެމްއެމްއޭ އިން އާންމުކޮށްފި

ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް އަމަލުނުކުރާ ދެ ރިސޯޓެއްގެ ނަން އާންމުކޮށްފި

23 ދުވަސް ކުރިން - 18:51