Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފަލަސްތީނުގެ ވާހަކަތަކާ ގުޅިގެން އެމެރިކާ ޓުއަރއިން މެކްލްމޯރ ވަކިކުރުމުން، އެޑް ޝީރަންއަށް މިސް ރޭޗަލް ފާޑުކިޔައިފި

ފަލަސްތީނުގެ ވާހަކަތަކާ ގުޅިގެން އެމެރިކާ ޓުއަރއިން މެކްލްމޯރ ވަކިކުރުމުން، އެޑް ޝީރަންއަށް މިސް ރޭޗަލް ފާޑުކިޔައިފި

ފާތިމަތު އަނަން މުހައްމަދު
23 ގަޑިއިރު ކުރިން - 15 ސެޕްޓެންބަރު 2026 15:40
މެކްލްމޯރ, މިސް ރޭޗަލް އަދި އެޑް ޝީރަން
މެކްލްމޯރ, މިސް ރޭޗަލް އަދި އެޑް ޝީރަން
ޚުލާސާ

އެޑް ޝީރަން ވަނީ ފަންނާނެއްގެ ހައްގުގައި ތެދުވުމުގެ ބަދަލުގައި ފިއްތުންތަކަށް ބޯލަނބާފައި ކަމަށާއި، ޣައްޒާގައި ނަސްލު ނައްތައިލުމުގެ އަމަލުތައް ހިންގަމުންދާއިރު ހަނުހުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ރޭޗަލް ބުނެފައިވޭ.

ފަލަސްތީނަށް ތާއީދުކުރުމުގެ ސަބަބުން ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯރ، އެޑް ޝީރަންގެ ޓުއަރއިން ވަކިކޮށްލި މައްސަލައިގައި، ކުޑަކުދިންނަށް އުނގަންނައިދިނުމުގައި މަޝްހޫރު އަދި ޔޫޓިއުބްގެ މަގުބޫލު ތަރި "މިސް ރޭޗަލް"، އެޑް ޝީރަންއަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި މިސް ރޭޗަލް ބުނެފައިވަނީ، ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި އަމިއްލަ ޕްލެޓްފޯމް ބޭނުންކޮށްގެން ވާހަކަދެއްކި ފަންނާނެއްގެ ހައްގުގައި ތެދުވުމުގެ ބަދަލުގައި، އެޑް ޝީރަން ވަނީ ފިއްތުންތަކަށް ބޯލަނބާފައެވެ. އަދި ޣައްޒާގައި ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގަމުންދާ ކަމަށާއި އެކަމާ ދެކޮޅަށް މީހުން ވާހަކަދައްކަންޖެހޭ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މީގެ އިތުރުން، ފަލަސްތީނުގެ ކުޑަކުދިން މަރަމުންދާ މައްސަލައަށް އަލިއަޅުއްވާލައްވަމުން މިސް ރޭޗަލް ބުނެފައިވަނީ، އެހެން ތަނެއްގައި ހުދު ނަސްލުގެ 20،000 އަށްވުރެ ގިނަ ކުޑަކުދިން މަރާލިނަމަ، ފަންނާނުން ކޮންސެޓް ސްޓޭޖުތަކުން އެ ވާހަކަ ދައްކާނެ ކަމަށެވެ. އަދި ބައެއް ކުދިންގެ ފުރާނައަކީ އަނެއްބައި ކުދިންގެ ފުރާނައަށްވުރެ އަގުކުޑަ އެއްޗެއް ކަމަށް ދެއްކުމަކީ ނަސްލީ ތަފާތުކުރުން ކަމަށް ސިފަކުރައްވަމުން، މިފަދަ ނަސްލު ނައްތައިލުމުގެ އަނިޔާވެރި އަމަލުތަކުގައި ހަނުހުރުމަކީ ނިއުޓްރަލް ވެގެން ހުރެވެން އޮތް ކަމެއް ނޫން ކަމަށް އޭނާ ވަނީ ބުނެފައެވެ.

Advertisement

Advertisement 1

މެކްލްމޯރ ޓުއަރއިން ވަކިކޮށްފައިވަނީ، ސެޕްޓެމްބަރު 4 ވަނަ ދުވަހު ނިއު ޖަރޒީގައި ބޭއްވި ޝޯއެއްގައި "ފްރީ ޕަލަސްތީން" އޭ ގޮވައި، ފަލަސްތީނަށް ތާއީދުކުރާ "ހިންދްސް ހޯލް" ލަވަ ހުށަހެޅުމާ ގުޅިގެންނެވެ. ޝޯގެ ޕްރޮމޯޓަރުން ބަޔާންކުރި ގޮތުގައި، މެކްލްމޯރ ބައިވެރިވާނަމަ އެއްވެސް ޝޯއެއް ބާއްވަން ބޭނުންނުވާ ކަމަށް ބައެއް ސްޓޭޑިއަމްތަކުން އަންގާފައިވެއެވެ.

މީގެ ކުރިންވެސް ޣައްޒާގެ ކުޑަކުދިންނަށްޓަކައި އަޑުއުފުލާފައިވާ މިސް ރޭޗަލްގެ މި ބަސްތަކާއެކު، މެކްލްމޯރ ދިފާއުކޮށް ވާހަކަދައްކާ ފަންނާނުންގެ ނުފޫޒުގަދަ އަޑުތަކަށް ވަނީ އިތުރު ބާރެއް ލިބިގެންގޮސްފައެވެ.

ސެލެބްރިޓީންއެމެރިކާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޗައިނާއާއި ރަޝިޔާގެ ނުރައްކާތަކާ ދެކޮޅަށް ޖައްވުގައި ހަތިޔާރު ޤާއިމުކުރިކަމަށް އެމެރިކާއިން ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެ

ޖައްވުގައި ހަތިޔާރު ޤާއިމުކުރިކަމަށް އެމެރިކާއިން ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެ

1 ދުވަސް ކުރިން - 14:11

މިޑްޓާމް ދެއިންތިހާބު ކާމިޔާބުވެއްޖެނަމަ، އެމެރިކާގެ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް 5,000 ޑޮލަރު ލިބޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

މިޑްޓާމް ދެއިންތިޚާބު ކާމިޔާބުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5,000 ޑޮލަރު

6 ދުވަސް ކުރިން - 14:06

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

7 ދުވަސް ކުރިން - 12:02

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

9 ދުވަސް ކުރިން - 20:35

ޖަލުގައި ހުންނެވި މަދޫރޯގެ ފޮޓޯތަކެއް އާންމުވެފައިވާއިރު އޭނާގެ ޝަރީޢަތް 2027 އަށް ތާވަލުކޮށްފި

އެމެރިކާއިން ރަހީނުކުރި މަދޫރޯގެ ފޮޓޯތަކެއް އާންމު ކޮށްފި

15 ދުވަސް ކުރިން - 15:07

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

18 ދުވަސް ކުރިން - 23:23