Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވަޒީފާތައް ހިމާޔަތްކުރުމަށާއި ގަވާއިދުތައް ހަރުދަނާކުރުމަށް ގޮވާލައި ޕޮލެންޑުގައި ރޮބޮޓްތަކެއް ނުކުމެ މުޒާހަރާ ކޮށްފި

ވަޒީފާތައް ހިމާޔަތްކުރުމަށާއި ގަވާއިދުތައް ހަރުދަނާކުރުމަށް ގޮވާލައި ޕޮލެންޑުގައި ރޮބޮޓްތަކެއް ނުކުމެ މުޒާހަރާ ކޮށްފި

ފާތިމަތު އަނަން މުހައްމަދު
11 ގަޑިއިރު ކުރިން - 12 ސެޕްޓެންބަރު 2026 21:24
ރޮބޮޓްތަކުގެ މުޒާހަރާ | ފޮޓޯ: ހަންގޭރިއަން ކޮންޒަރވެޓިވް
ރޮބޮޓްތަކުގެ މުޒާހަރާ | ފޮޓޯ: ހަންގޭރިއަން ކޮންޒަރވެޓިވް
ޚުލާސާ

ރޮބޮޓްތައް ވަނީ ދިދަ ހޫރަމުން، "ވަޒީފާތައް ދިފާއުކުރޭ"، "ގަވާއިދުތައް ގެންނަންވެއްޖެ"، އަދި "މަޑުނުކޮށް ގަވާއިދު ހަދާ" ފަދަ ޝިއާރުތައް ދައްކާލާފަ. މި މުޒާހަރާއިން ވަނީ ވަޒީފާތަކަށް އޭ.އައި ގެ ސަބަބުން ކުރާ އަސަރު ސަރުކާރުތަކުން ބަލަހައްޓަންޖެހޭ ގޮތާއި މެދު އުފެދެމުންދާ ބަހުސް ފާޅުކޮށްދީފަ.

އޭ.އައި އަދި އޮޓޮމޭޝަންގެ ސަބަބުން އިންސާނުންގެ ވަޒީފާތައް ގެއްލިދިއުމުގެ ބިރު ބޮޑުވެފައިވާތީ، ވަޒީފާތައް ހިމާޔަތްކުރުމަށްޓަކައި ހަރުދަނާ ގަވާއިދުތަކެއް ހެދުމަށް ގޮވާލައި ޕޮލެންޑުގެ ވެރިރަށް ވާރސޯގައި ހުންނަ އެ ގައުމުގެ ޑިޖިޓަލް އެފެއާޒް މިނިސްޓްރީ ބޭރުގައި ރޮބޮޓްތަކެއް އެއްވެ މުޒާހަރާކޮށްފިއެވެ.

ޑިމޮކްރެޓިޒަމް އިނިޝިއޭޓިވް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި ތަފާތު ހަރަކާތުގައި ހިއުމަނޮއިޑް ރޮބޮޓްތަކާއި، ރޮބޮޓް ކުއްތާތަކުގެ އިތުރުން އެޖިބޮޓް އޭ3 ގެ ހިއުމަނޮއިޑް ރޮބޮޓެއް ވެސް ބައިވެރިވެފައިވެއެވެ. ވަށައިގެން އެނބުރެމުން މި ރޮބޮޓްތަކުން ވަނީ ދިދަ ހޫރަމުން، "ވަޒީފާތައް ދިފާއުކުރޭ"، "ގަވާއިދުތައް ގެންނަންވެއްޖެ"، އަދި "މަޑުނުކޮށް ގަވާއިދު ހަދާ" ފަދަ ޝިއާރުތައް ދައްކާލާފައެވެ.

މި މުޒާހަރާ އިންތިޒާމުކުރުމުގައި އިސްކޮށް އުޅުއްވި ޝެގޯޝް ކުލިސް ވިދާޅުވިގޮތުގައި އޮޓޮމޭޝަނުގެ ނުރައްކާ އޮތީ ހަމައެކަނި ފެކްޓަރީތަކުގެ މަސައްކަތްތަކަށް އެކަންޏެއް ނޫނެވެ. ލިޔުމާއި، އެނަލިސިސް ހެދުމާއި، ކަސްޓަމަރ ސަޕޯޓާއި، ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ފަދަ ވިސްނުން ބޭނުންވާ ބުއްދީގެ މަސައްކަތްތައް ކުރުމުގެ ގާބިލުކަން އޭ.އައި ގައި އިތުރުވަމުންދެއެވެ. ވަޒީފާތައް ގެއްލުމާއި ޓެކްނޮލޮޖީއަށް އަންނަ ހަލުވި ބަދަލުތަކަށް މަސައްކަތްތެރިންނަށް އަހުލުވެރިވެވޭ މިންވަރާ މެދު ކަންބޮޑުވުން އިތުރުވެފައިވާ ދަނޑިވަޅެއްގައި، އޭ.އައި ގެ ގަވާއިދުތަކާ މެދު އާންމުންގެ މެދުގައި ބަހުސްކުރުމަށް މަގުފަހިކުރުމަކީ މި ހަރަކާތުގެ މައިގަނޑު މަގުސަދެކެވެ.

Advertisement

Advertisement 1

ޕޮލެންޑުގެ ގާނޫނުތަކަށް ބަލާއިރު، ރައީސް ކަރޮލް ނަވްރޮކްކީ ވަނީ ޖުލައި މަހު އޭ.އައި ނިޒާމުތަކާ ބެހޭ ގާނޫނެއްގައި ސޮއިކުރައްވާފައެވެ. މިއީ އޭ.އައި މޮނިޓަރކުރުމުގެ އޮނިގަނޑަކާއި، އާޓިފިޝަލް އިންޓެލިޖެންސްގެ ތަރައްގީއާއި ރައްކާތެރިކަމާ ބެހޭ ކޮމިޝަނެއް އުފެއްދުމަށް ތަންފީޒުކުރި ގާނޫނެކެވެ. ރޮބޮޓްތަކަކީ އަމިއްލަ ހިޔާލެއް ނެތި ހަމައެކަނި މެސެޖު ފޯރުކޮށްދޭ ވަސީލަތްތަކެއް ނަމަވެސް، މި ތަފާތު މުޒާހަރާއިން ވަނީ ވަޒީފާތަކަށް އޭ.އައި ގެ ސަބަބުން ކުރާ އަސަރު ސަރުކާރުތަކުން ބަލަހައްޓަންޖެހޭ ގޮތާއި މެދު އުފެދެމުންދާ ބަހުސް ފާޅުކޮށްދީފައެވެ.

އޮޓޮމޭޝަންގެ ސަބަބުން އުފެއްދުންތެރިކަން އިތުރުވެ ނުރައްކާތެރި ނުވަތަ ތަކުރާރުވާ މަސައްކަތްތައް މަދުވި ނަމަވެސް، މަސައްކަތްތެރިންނާއި ސަރުކާރުތަކަށް އެކަމަށް އަހުލުވެރިވެވުމަށްވުރެ ބާރަށް ވަޒީފާތައް ގެއްލިދިއުމުގެ ބިރު އޮތުމުން، އަސަރުކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއެކު ހަރުދަނާ ގަވާއިދުތަކެއް ގެނައުމަށް އޮތް ޕްރެޝަރު ވަނީ ބޮޑުވެފައެވެ.

ޕޮލެންޑްރޮބޮޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފަލަސްޠީނު ރައްޔިތުން މަރަން ހެދި ޤާނޫނަށް ޔޫރަޕްގެ ބާރުތަކުން ދެކޮޅު ހަދަން ފަށައިފި

ފަލަސްޠީނު ރައްޔިތުން މަރާ ޤާނޫނަށް ޔޫރަޕުން ދެކޮޅު

163 ދުވަސް ކުރިން - 11:23

ރަޝިޔާއިން ޕޮލެންޑުގެ ޑިޕޮލޮމެޓުން ބޭރުކޮށްލައި ކޮންސިއުލޭޓް ވެސް ބަންދުކޮށްލަނީ

ރަޝިޔާގައި ތިބި ޕޮލެންޑުގެ ޑިޕޮލޮމެޓުން ބޭރުކުރަނީ

288 ދުވަސް ކުރިން - 10:28

ޕޮލެންޑުން އެއާޕޯޓް ބަންދު ކޮށްލުމަށް ފަހު ރަޝިއާ އާއި ކުރިމަތިލާން ޖެޓުތައް ތައްޔާރުވެއްޖެ

ޕޮލެންޑުގެ އެއާޕޯޓް ބަންދުކޮށްލައި ރަޝިއާއާ ކުރިމަތިލާން ޖެޓުތައްނެރެފި

363 ދުވަސް ކުރިން - 10:27