ޕޮލެންޑުން އެއާޕޯޓް ބަންދު ކޮށްލުމަށް ފަހު ރަޝިއާ އާއި ކުރިމަތިލާން ޖެޓުތައް ތައްޔާރުވެއްޖެ

ޢަބްދުﷲ ޖުނައިދު | 34 ދުވަސް ކުރިން - 14 ސެޕްޓެންބަރު 2025 10:27
ފައިޓަ ޖެޓްތަކެއް: ރަޝިއާގެ ޑްރޯންތަކަށް ޙަމަލާ ދިނުމަށް ޕޮލެންޑުން ފައިޓަރ ޖެޓްތައް ނެރެފި.
ފައިޓަ ޖެޓްތަކެއް: ރަޝިއާގެ ޑްރޯންތަކަށް ޙަމަލާ ދިނުމަށް ޕޮލެންޑުން ފައިޓަރ ޖެޓްތައް ނެރެފި.
ޚުލާސާ

ޕޮލެންޑުގެ އެއާޕޯޓް ބަންދުކުރީ ރަޝިއާގެ ޑްރޯންތައް އެ ޤައުމުގެ ސަރަޙައްދަށް ވަދެ ޔުކްރޭނަށް ޙަމަލާދޭތީވެ، ޕޮލެންޑުގެ ފައިޓާ ޖެޓުތައް ނެރެ ރަޝިއާގެ ޑްރޯންތަކާއި ކުރިމަތިލުމަށް.

ޕޮލެންޑުގެ ލުބްލިން އެއާޕޯޓް މިއަދު ބަންދުކޮށްފިއެވެ. ޚަބަރުތައް ބުނާ ގޮތުގައި އެ ޤައުމުން އެއާޕޯޓް ބަންދުކުރީ ރަޝިއާގެ ޑްރޯންތައް ޔުކްރޭނަށް ޙަމަލާ ދިނުމަށް ޕޮލެންޑުގެ ވައިގެ ސަރަޙައްދަށް ވަންނާތީވެ އެ ޑްރޯންތަކާއި ކުރިމަތިލުމަށް ޖެޓުތަކުގެ ބޭނުން ކުރަން ޖެހުމުންނެވެ.

ޖެޓްތައް އުދުއްސާއިރު އެއާޕޯޓުގައި ފުލައިޓުގެ އޮޕްރޭޝަންތައް ހިންގާ ނަމަ ނުރައްކާތެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމަކަށް ވާގީވެ ފުލައިޓް އޮޕަރޭޝަން ހުއްޓާލައި ރަޝިއާގެ ޑްރޯންތަކަށް ޙަމަލާދީ ވައްޓައިލުމަށް ޖެޓުތައް ނެރުނީ ކަމަށް ޕޮލިޝް އަސްކަރިއްޔާއިން ބުންޏެވެ.

ޕޮލެންޑުގެ އެއާޕޯޓް ބަންދުކުރީ ކިހާ ދުވަހެއް ވަންދެން ކަމެއް އަދި ނުބުނެއެވެ. “ފަސިންޖަރުންގެ ދަތުރުތައް ހުއްޓާލީ އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން މަދަނީ މަތިންދާބޯޓުތަކަށް ނުރައްކާތަކެއް ކުރިމަތިވެދާނެތީ”.ޕޮލިޝް އަސްކަރިއްޔާއިން ބުންޏެވެ.

މީގެ އިތުރަށް އެ އަސްކަރިއްޔާ އިން ބުނީ މި ފިޔަވަޅު އަޅަން ޖެހުނީ ރަޝިޔާގެ ޑްރޯންތައް އެތައް ފަހަރަކު ޕޮލިޝް ވައިގެ ސަރަހައްދަށް ވަދެފައިވާތީ ކަމަށެވެ. މި ހަފްތާގެ ކުރީކޮޅު ވެސް ރަޝިޔާއިން 19 ފަހަރު ވަނީ އެ ޤައުމުގެ ޑްރޯންތައް ޕޮލެންޑްގެ ވައިގެ ސަރަޙައްދަށް ޤަވާޢިދާއި ޚިލާފަށް ވަދެފައެވެ، ނޭޓޯގެ ޑިފެންސް ސިސްޓަމްތަކުން ވަނީ އޭގެ ތެރެއިން ބައެއް ޑްރޯންތައް ހުއްޓުވައި، ވާސޯގައި ކުއްލި މަޝްވަރާތައް ފަށާފަ އެވެ.

ނޭޓޯގެ މެމްބަރެއް ކަމަށްވާ ޕޮލެންޑަށް ޤަވާޢިދާއި ޚިލާފަށް އެތައް ފަހަރަކު ރަޝިއާގެ ޑްރޯންތައް ވަނުމުން ވާސޯ އާއި މޮސްކޯއާ ދެމެދު އޮތް ގުޅުން އޮތީ ގޯސްކޮށެވެ.

ޔުކްރޭނުގެ ދިފާޢުގައި މަސައްކަތް ކުރުމަށް ޕޮލެންޑުގެ ފަސްގަނޑުގައި މިވަގުތު އެތައް ހާސް ނޭޓޯ ސިފައިން އެބަތިއްބެވެ. އެ ފައުޖު މަސައްކަތް ކުރަނީ ޕޮލިޝް ސިފައިންނާއި ގުޅިގެންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%