ރަޝިޔާއިން ޕޮލެންޑުގެ ޑިޕޮލޮމެޓުން ބޭރުކޮށްލައި ކޮންސިއުލޭޓް ވެސް ބަންދުކޮށްލަނީ

ޢަބްދުﷲ ޖުނައިދު | 7 ދުވަސް ކުރިން - 28 ނޮވެންބަރު 2025 10:28
ރަޝިޔާގެ އިރްކުޓްސްކްގައި ހުންނަ ޕޮލެންޑްގެ ކޮންސިއުލޭޓް
ރަޝިޔާގެ އިރްކުޓްސްކްގައި ހުންނަ ޕޮލެންޑްގެ ކޮންސިއުލޭޓް
ޚުލާސާ

މި އަހަރު ނިމެންވާ އިރަށް ރަޝިޔާގެ އިރްކުޓްސްކްގައި ހުންނަ ޕޮލެންޑްގެ ކޮންސިއުލޭޓް ބަންދުކުރަން ރަޝިޔާއިން ނިންމައިފި ކަމަށް އިންޓެލިޖެންސް މަސްދަރަކުން ބުނޭ

ޔުކްރޭނު ހަނގުރާމަ އާއި ގުޅިގެން ރަޝިޔާ އަށް ޖެއްސުން ކުރުމަށް ޕޮލެންޑުން މަސައްކަތް ފަށައި، ފިތުންތައް ބޮޑުވެފައިވާ ދަނޑިވަޅުގައި ރަޝިޔާގެ އިރްކުޓްސްކްގައި ހުންނަ ޕޮލެންޑްގެ ކޮންސިއުލޭޓް ބަންދުކުރަން ރަޝިޔާއިން ނިންމައިފި ކަމަށް އިންޓެލިޖެންސް މަސްދަރަކުން ބުނެފިއެވެ.

މޮސްކޯ އާއި ވާސޯ އާއި ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، އެ މަސްދަރުން ބުނީ މި އަހަރު ނިމެންވާއިރަށް ރަޝިޔާ އިން އެ ކޮންސިއުލޭޓް ބަންދުކޮށް ޕޮލެންޑުގެ ޑިޕްލޮމެޓުން ރަޝިޔާ ފަސްގަނޑުން ވެސް ބޭރުކޮށްލާނެއެވެ. ނަމަވެސް މިކަން ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.

ޕޮލެންޑާއި ރަޝިޔާ އާއި ދެމެދު އޮތް ގުޅުން ގޯސްވީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހަށް ފަހު ޒެލެންސްކީގެ ސަރުކާރަށް އީޔޫގެ ހަތިޔާރުތައް ޕޮލެންޑުން ފޯރުކޮށްދޭން ފެށުމުންނެވެ. އެކަމުގެ ރައްދުގައި މޮސްކޯގައި ތިބި ޕޮލެންޑްގެ ބައެއް ޑިޕްލޮމެޓުން ބޭރުވެސް ކުރިއެވެ. ރައްދުގައި ހަމަ އެފަދަ ފިޔަވަޅު ވާސޯ އިން ވެސް އެޅިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%