Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެކްސިޑެންޓްތައް މަދުކުރަން ހުޅުމާލޭގައި ފުލުހުންނާއި ސްކޫލް ކުދިން ގުޅިގެން ހަރަކާތެއް ހިންގައިފި

އެކްސިޑެންޓްތައް މަދުކުރަން ހުޅުމާލޭގައި ފުލުހުންނާއި ސްކޫލް ކުދިން ގުޅިގެން ހަރަކާތެއް ހިންގައިފި

ފާތިމަތު އަނަން މުހައްމަދު
2 ގަޑިއިރު ކުރިން - 12 ސެޕްޓެންބަރު 2026 21:50
ރެހެންދި ސްކޫލް ސަރަހައްދުގައި ބޭއްވި ހޭލުންތެރިކުރުމުގެ ހަރަކާތުގެ ތެރެއިން | ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް
ރެހެންދި ސްކޫލް ސަރަހައްދުގައި ބޭއްވި ހޭލުންތެރިކުރުމުގެ ހަރަކާތުގެ ތެރެއިން | ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް
ޚުލާސާ

މި ހަރަކާތުގެ ތެރެއިން، މަގުމަތީގައި އަމަލުކުރަންޖެހޭ ރައްކާތެރިކަމުގެ އިރުޝާދުތައް މައިކާއި ސްޕީކަރުން ވަނީ އަޑުއިއްވާފަ. މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށް ހުޅުމާލެ ޓްރެފިކް ފުލުހުން އަންނަނީ މިފަދަ މަސައްކަތްތައް މެދުނުކެނޑި ކުރަމުން.

މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށް އެކްސިޑެންޓްތައް މަދުކުރުމަށް، ހުޅުމާލެ ޓްރެފިކް ފުލުހުން، ރެހެންދި ސްކޫލް ސަރަހައްދުގައި ހާއްސަ ހޭލުންތެރިކުރުމުގެ ހަރަކާތެއް ހިންގައިފިއެވެ.

މި ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތް އަމާޒުކޮށްފައިވަނީ ސްކޫލުގެ ދެ ސެޝަނެއްގެ ކިޔެވުން ފެށޭ އަދި ނިމޭ ގަޑިތަކަށެވެ.

މި ހަރަކާތުގެ ތެރެއިން، މަގުމަތީގައި އަމަލުކުރަންޖެހޭ ރައްކާތެރިކަމުގެ އިރުޝާދުތައް މައިކާއި ސްޕީކަރުން ވަނީ އަޑުއިއްވާފައެވެ. އަދި ހޭލުންތެރިކަން އިތުރުކުރުމުގެ މެސެޖު ބޯޑުތަކާއެކު ފުލުހުން މަގުމަތީގައި ހަރަކާތްތެރިވެފައިވާއިރު، މި ހަރަކާތުގައި ރެހެންދި ސްކޫލުގެ ޕްރިންސިޕަލާއި ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ތަމްރީނުވެފައިވާ ދަރިވަރުންވެސް ވަނީ އަމަލީގޮތުން ބައިވެރިވެފައެވެ.

Advertisement

Advertisement 1

ފުލުހުން ވިދާޅުވިގޮތުގައި މިފަދަ ހަރަކާތްތަކުގެ ސަބަބުން ސްކޫލު ގަޑިތަކުގައި މަގުމަތީގެ ތޮއްޖެހުން ކުޑަވެ، ދަރިވަރުންނާއި ބެލެނިވެރިންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް ބޮޑު އެހީތެރިކަމަކަށްވެގެންދާނެއެވެ.

މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށް ހުޅުމާލެ ޓްރެފިކް ފުލުހުން އަންނަނީ މިފަދަ މަސައްކަތްތައް މެދުނުކެނޑި ކުރަމުންނެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފުލުހުންގެ ސައިބަރ ސެކިއުރިޓީ އާއި ކްރައިސިސް މެނޭޖްމަންޓް ފެންވަރު ހަރުދަނާކުރުމަށްޓަކައި ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ފުލުހުންގެ ސައިބަރ ސެކިއުރިޓީ ހަރުދަނާކުރަން ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

2 ދުވަސް ކުރިން - 23:15

އަލިފާނުގެ ހާދިސާއާ ބެހޭގޮތުން އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

4 ދުވަސް ކުރިން - 16:22

އައްޑޫ ސިޓީ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

4 ދުވަސް ކުރިން - 11:50

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

4 ދުވަސް ކުރިން - 11:24

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

އެޕާޓްމަންޓް ސްކޭމްތަކަށް ސަމާލުވާން އިލްތިމާސްކޮށްފި

4 ދުވަސް ކުރިން - 10:48

އަލިފާނުގެ ހާދިސާއާ ގުޅިގެން ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

6 ދުވަސް ކުރިން - 23:52