Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ފާތިމަތު އަނަން މުހައްމަދު
ފާތިމަތު އަނަން މުހައްމަދު
46 ދުވަސް ކުރިން - 31 އޯގަސްޓް 2026 18:37
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެވުން | ފޮޓޯ: ރައީސް އޮފީސް

ޚުލާސާ

މި އިސްލާހުގެ މައިގަނޑު މަގުސަދަކީ މަޝްރޫއުތަކަށް ވާދަކުރުމުގައި ދިވެހި ވިޔަފާރިތަކާއި ބޭރުގެ ކޮންޓްރެކްޓަރުންގެ މެދުގައި ހަމަހަމަ މާހައުލެއް ގާއިމުކުރުން. މި ބަދަލާއެކު ނޮން-ރެސިޑެންޓް ކޮންޓްރެކްޓަރުން ސާފުކޮށް މާނަކޮށްދީފައިވާއިރު، ޓެކްސް ބަޔާން ހުށަހެޅުމަށް އިދާރީ ލުއިތަކެއް ލިބޭނެ. ގެޒެޓުގައި ޝާއިއުކުރުމާއެކު މި ގާނޫނަށް މިހާރު ވަނީ އަމަލުކުރަން ފަށާފަ.

ގާނޫނު ނަންބަރު 2019/25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ ކޮންޓްރެކްޓްތަކަށް ވާދަކުރުމުގައި، ދިވެހި ވިޔަފާރިތަކާއި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ އަދި އިންސާފުވެރި ވާދަވެރި މާހައުލެއް ގާއިމުކުރުމެވެ.

މި ގެނެވުނު އިސްލާހާއެކު، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ދައްކާ ފައިސާގެ ޖުމްލައިން ވިތްހޯލްޑިންގ ޓެކުހުގެ ގޮތުގައި ކުރިން އުނިކުރަމުން އައި 5 އިންސައްތަ، މިހާރު ވަނީ 10 އިންސައްތައަށް ބޮޑުކޮށްފައެވެ. އަދި އެގޮތަށް އުނިކުރެވޭ އަދަދަކީ އެފަރާތްތަކުން ދައްކަންޖެހޭ ފުރިހަމަ ޓެކްސް އަދަދު ކަމުގައި ގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ.

Advertisement

Advertisement 1

މީގެ އިތުރުން، މި އިސްލާހުގައި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރުންނަކީ ކޮބައިކަން ވަރަށް ސާފުކޮށް ވަނީ މާނަކޮށްދީފައެވެ. މި ބަދަލުގެ ސަބަބުން ނޮން-ރެސިޑެންޓް ކޮންޓްރެކްޓަރުން ޓެކްސް ބަޔާން ހުށަހެޅުމުގައި ދިމާވާ އިދާރީ ދަތިތަކަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެއްވުމާ ގުޅިގެން، މި އިސްލާހަށް މިހާރު ވަނީ ރަސްމީކޮށް އަމަލުކުރަން ފަށާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުކޮންސްޓްރަކްޝަންގެޒެޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ދަނޑުވެރިކަމުން އަމިއްލަ ފުދުންތެރިކަން ހޯދުމަކީ ގައުމީ އިސްތިގުލާލާ ގުޅިފައިވާ ކަމެއް: ރައީސް

1 ދުވަސް ކުރިން - 13:57

ރަސްމާލެ ވޯޓަރފްރޮންޓް މަޝްރޫއާއެކު މަތީ ފަންތީގެ ފަތުރުވެރިން ރާއްޖެއަށް ގެނެވޭނެ: އަލްއައްބާރު

2 ދުވަސް ކުރިން - 13:33

ރަސްމާލެ ވޯޓަރފްރަންޓް މަޝްރޫއުން ދިވެހި ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ: އަލްއައްބާރު

5 ދުވަސް ކުރިން - 15:29

ސަރުކާރުން ކުރިއަށްގެންދާ "އަހާ" ފޯރަމްގެ 9 ވަނަ ސެޝަން މިރޭ

5 ދުވަސް ކުރިން - 10:52

އަންހެން ކުދިން މުސްތަގްބަލުގެ ލީޑަރުންގެ ގޮތުގައި ބިނާކުރުމަށް ސަރުކާރުން އިސްކަންދޭނެ: ރައީސް

5 ދުވަސް ކުރިން - 10:45

ނަފްސާނީ ދުޅަހެޔޮކަަމަށް އިސްކަންދޭ، އެންމެން ޝާމިލްވާ، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމާ!

6 ދުވަސް ކުރިން - 15:34