Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބައެއް ބޭސްތަކުގެ ސަބަބުން ހަށިގަނޑަށް ހޫނުގަދަވުމުގެ ނުރައްކާ އިތުރުވޭ!

ބައެއް ބޭސްތަކުގެ ސަބަބުން ހަށިގަނޑަށް ހޫނުގަދަވުމުގެ ނުރައްކާ އިތުރުވޭ!

އައިޝަތު ރުވާ ރިފްޢަތު
4 ދުވަސް ކުރިން - 26 އޯގަސްޓް 2026 15:08
މި ބޭސްތަކުގެ ތެރެއިން އެންމެ ބޮޑަށް ހޫނުގަދަވުމުގެ ނުރައްކާ އަސަރުކުރާ އެއް ބޭހަކީ ނަފްސާނީ ބަލިތަކަށް ބޭނުންކުރާ ބޭސް---
މި ބޭސްތަކުގެ ތެރެއިން އެންމެ ބޮޑަށް ހޫނުގަދަވުމުގެ ނުރައްކާ އަސަރުކުރާ އެއް ބޭހަކީ ނަފްސާނީ ބަލިތަކަށް ބޭނުންކުރާ ބޭސް---
ޚުލާސާ

ނަފްސާނީ ބަލިތަކާއި، އޭޑީއެޗްޑީ އަދި ލޭމައްޗަށްދާތީ ބޭނުންކުރާ ބައެއް އާންމު ބޭސްތަކުގެ ސަބަބުން، ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލްކުރުމަށް ހުރަސްއެޅި ޑީހައިޑްރޭޝަން ފަދަ ނުރައްކާތައް އިތުރުވޭ. މިއީ ހޫނުގަދަ މޫސުމުގައި ހާޓްއެޓޭކާއި ކިޑްނީ ފެއިލްވުމުގެ ފުރުސަތު ބޮޑުކުރާ ކަމެއް.

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއެކު ހޫނުމިން ރެކޯޑު މިންވަރަކަށް މައްޗަށް ދަމުންދާއިރު، އާންމުކޮށް ބޭނުންކުރާ ބައެއް ބޭސްތަކުގެ ސަބަބުން ހަށިގަނޑަށް ހޫނު ބަރުދާސްތުކުރަން އުނދަގޫވެ، ސިއްހީ ނުރައްކާތަކާ ކުރިމަތިލާންޖެހޭ ކަމަށް ސިއްހީ މާހިރުން ހާމަކޮށްފިއެވެ.

މިގޮތުން ޑިޕްރެޝަން (ނަފްސާނީ ބަލިތައް)، އޭޑީއެޗްޑީ އަދި ލޭމައްޗަށްދާ ބައްޔާއި ހިތުގެ ބަލިތަކަށް ދޭ އާންމު ބޭސްތަކަކީ ހަށިގަނޑުން ފެން މަދުވުމާއި (ޑީހައިޑްރޭޝަން) ހޫނާ ގުޅުންހުރި އެކި މައްސަލަތައް އިތުރުކޮށްދޭ ބޭސްތަކެކެވެ. ސިއްހީ ތަޖުރިބާކާރުން ބަޔާންކުރާ ގޮތުގައި މި ބޭސްތަކުގެ ސަބަބުން، ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލްކުރުމަށް ސިކުނޑީގައި ހުންނަ ނިޒާމު ކަމަށްވާ "ހައިޕޯތަލަމަސް" ގެ މަސައްކަތަށް ބުރޫއަރައެވެ.

ޔޫރަޕަށް ދާދިފަހުން ކުރިމަތިވި ހޫނުގަދަ މޫސުމުގައި، ބްރަސަލްސްގައި ދިރިއުޅޭ އުމުރުން 28 އަހަރުގެ އިލިއާނާ އޮކުމުސް ވަނީ އެހެން މީހުންނަށްވުރެ ބޮޑަށް ހޫނުގެ އަސަރު އޭނާއަށް ކުރާކަން ފާހަގަކުރެވިގެން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާ ބުނިގޮތުގައި ގެއިން ބޭރަށް ނުކުންނަ އިރަށް ދާހިއްލައި، ވަރުބަލިވެ ގިނަ ވަގުތު ނިދަން ޖެހުމުގެ މައްސަލަ ދިމާވިއެވެ. ފަހުން އޭނާއަށް އެނގުނު ގޮތުގައި އެއީ ޑިޕްރެޝަނަށް އޭނާ ބޭނުންކުރަމުންދިޔަ ބޭހުގެ ސަބަބުން ދިމާވި ކަމެކެވެ. ހަމައެފަދައިން، އެމެރިކާގެ ލޮސް އެންޖެލިސްގެ ރައްޔިތެއް ކަމަށްވާ ކެރޮލައިން ފްރައިސިނެޓް ވެސް ވަނީ އެއްފަހަރާ ނަފްސާނީ ބައްޔާއި އޭޑީއެޗްޑީއަށް ބޭސް ބޭނުންކުރުމުން ހޫނު މޫސުމުގައި އާދަޔާޚިލާފަށް ދާހިއްލައި، ވިސްނުން އެއްކުރަން އުނދަގޫވިކަން ހާމަކޮށްފައެވެ.

Advertisement

Advertisement 1

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި، ޑިޕްރެޝަނަށް ދޭ އެންޓިޑިޕްރެސަންޓް (އެސްއެސްއާރުއައި ފަދަ) ބޭސްތަކުގެ ސަބަބުން ސިކުނޑީގައިވާ ސެރޮޓޯނިން މާއްދާ އިތުރުވެ، ދާހިއްލުން އިންތިހާއަށް އިތުރުވެއެވެ. މީގެއިތުރުން ލޭމައްޗަށްދާތީ ދޭ ބޭސްތަކާއި ޑައިޔުރެޓިކްސް (ކުޑަކަމުދާ އެއްޗެހި) ބޭސްތަކުގެ ސަބަބުން ކަރުހިއްކުން އިހުސާސްވުމަށް ހުރަސްއެޅި، ގުރުދާ (ކިޑްނީ) ފެއިލްވުމާއި ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. އަދި ހިތުގެ ބައްޔަށް ބޭނުންކުރާ "ބީޓާ ބްލޮކާސް" ގެ ސަބަބުން ހަމަށް ލޭދައުރުވުން މަދުވެ، ހަށިގަނޑުން ހޫނު ބޭރުކުރުމަށް ހުރަސްއެޅެއެވެ.

ޔުނިވަރސިޓީ އޮފް ކޮލޮރާޑޯގެ ޑޮކްޓަރެއް ކަމަށްވާ ލޯގަން ހާޕަރ ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންނާއި ބޭރުގައި މަސައްކަތްކުރާ ފަރާތްތަކަށް މިކަމުގެ ނުރައްކާ ވަކިން ބޮޑު ކަމަށެވެ. އަދި އެއްފަހަރާ އެކި ވައްތަރުގެ ގިނަ ބޭސްތައް ބޭނުންކުރުމަކީ ހޫނުގަދަ ދުވަސްވަރު ފުރާނައަށް ވެސް ނުރައްކާވެދާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ނުރައްކާތައް އޮތް ނަމަވެސް، ޑޮކްޓަރެއްގެ ލަފައެއް ނެތި އަމިއްލައަށް ބޭސް ބޭނުންކުރުން ހުއްޓާނުލުމަށް ސިއްހީ މާހިރުން ހަރުކަށިކޮށް އިންޒާރު ދެއެވެ. ސަބަބަކީ ބޭސް ހުއްޓާލުމުން ބަލި އަލުން އިތުރަށް ގޯސްވުމުގެ ފުރުސަތު އޮތުމެވެ. އެހެންކަމުން، ހޫނުގަދަ ދުވަސްވަރު ގިނައިން ފެން ބުއިމަށާއި، އަވީގައި ގިނައިރު ނޫޅުމަށާއި، ހޫނުގެ ސަބަބުން މާބޮޑަށް ބޮލަށް އެނބުރުން އެރުން ނުވަތަ ވާނުވާ ނޭނގޭ ހާލަތަކަށް ގޮސްފިނަމަ ލަސްނުކޮށް އަވަސް ފަރުވާއަށް އެދުމަށް ޑޮކްޓަރުން ވަނީ އިރުޝާދު ދެއްވާފައެވެ.

ބޭސްނަފްސާނީ ބަލި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގުރައިދޫ މަރުކަޒު ސްޓޭޓް އޮފް ދި އާޓް ފެންވަރަށް ތަރައްގީ ކުރުމަށް ނިންމައިފި

ގުރައިދޫ މަރުކަޒު ސްޓޭޓް އޮފް ދި އާޓް ފެންވަރަށް ތަރައްގީ ކުރަނީ

12 ދުވަސް ކުރިން - 14:28

ނަފްސާނީ ދުޅަހެޔޮކަމަކީ ސަމާސާއެއް ނޫން!

ނަފްސާނީ ދުޅަހެޔޮކަމަކީ ސަމާސާއެއް ނޫން!

183 ދުވަސް ކުރިން - 15:53

ނަފްސާނީ ފަރުވާ ދިނުމުގައި އޯގާތެރިކަން އިސްކުރުމަށް ފަސްޓް ލޭޑީ ސާޖިދާ އިލްތިމާސްކުރައްވައިފި

ނަފްސާނީ ފަރުވާ ދިނުމުގައި އޯގާތެރިކަން އިސްކުރުމަށް އިލްތިމާސްކުރައްވައިފި!

324 ދުވަސް ކުރިން - 17:38

ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުވުމަކީ އިންސާނީ ހައްގެއް: ރައީސް

ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުވުމަކީ އިންސާނީ ހައްގެއް: ރައީސް

324 ދުވަސް ކުރިން - 15:14