Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަހަރުގެ މިހާތަނަށް 1.3 މިލިއަން ފަތުރުވެރިން، މިއީ 4.1 އިންސައްތަ އިތުރުވުމެއް

އަހަރުގެ މިހާތަނަށް 1.3 މިލިއަން ފަތުރުވެރިން، މިއީ 4.1 އިންސައްތަ އިތުރުވުމެއް

އައިޝަތު ރުވާ ރިފްޢަތު
10 ގަޑިއިރު ކުރިން - 13 އޯގަސްޓް 2026 12:35
ރާއްޖެ އައި ޓޫރިސްޓުންތަކެއް ލޯންޗަށް އަރަނީ. / ފޮޓޯ: ޚުލާސާ
ރާއްޖެ އައި ޓޫރިސްޓުންތަކެއް ލޯންޗަށް އަރަނީ. / ފޮޓޯ: ޚުލާސާ
ޚުލާސާ

އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާއިން. މިދިޔަ އަހަރާ އަޅާބަލާއިރު ޖުމްލަ އަދަދު ކުޑަކޮށް ދަށްވި ނަމަވެސް، މިމަހުގެ ފުރަތަމަ 11 ދުވަހު އައި ފަތުރުވެރިންގެ އަދަދު ވަނީ 4.4 އިންސައްތަ އިތުރުވެފަ. ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގަ. މިއަހަރުގެ އަމާޒަކީ 2 މިލިއަން ފަތުރުވެރިން ގެނައުން.

މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް 1.3 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިނިސްޓްރީން އެންމެފަހުން އާއްމުކޮށްފައިވާ ޑެއިލީ އަޕްޑޭޓްސް ރިޕޯޓުގައިވާގޮތުން، މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,331,148 (އެއް މިލިއަން ތިންލައްކަ އެއްތިރީސް ހާސް ސަތޭކަ ސާޅީސް އަށެއް) ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިމަހުގެ ފުރަތަމަ 11 ދުވަހުގެ ތެރޭގައި އެކަނިވެސް 76,531 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 73,312 ފަތުރުވެރިންނާ އަޅާ ބަލާއިރު 4.4 އިންސައްތައިގެ ކުރިއެރުމެކެވެ. ނަމަވެސް، މުޅި އަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.1 އިންސައްތަ ދަށް އަދަދެކެވެ. މި ދަށްވުން އައިސްފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މިއަހަރުގެ މާރިޗު މަހުން ފެށިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމުގެ ސަބަބުންނެވެ.

Advertisement

Advertisement 1

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5,964 ފަތުރުވެރިން ޒިޔާރަތްކުރާއިރު، އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓަކީ ޗައިނާއެވެ. ޗައިނާ މާކެޓުން 18.1 އިންސައްތައިގެ ހިއްސާއެއް އޮތްއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތައް:

  1. ޗައިނާ: 237,271 ފަތުރުވެރިން
  2. ރަޝިއާ: 191,530 ފަތުރުވެރިން
  3. އިނގިރޭސިވިލާތް: 102,596 ފަތުރުވެރިން

ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރި ތަންތަނަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ތިބީ ރިސޯޓުތަކުގައެވެ. އެއީ 955,696 ފަތުރުވެރިންނެވެ. މީގެ އިތުރުން ގެސްޓްހައުސްތަކުގައި 291,113 ފަތުރުވެރިން، ހޮޓާތަކުގައި 30,953 ފަތުރުވެރިން، އަދި ސަފާރީތަކުގައި 24,470 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ މިއަހަރު ނިމޭއިރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.

ފަތުރުވެރިކަންމިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

18 ދުވަސް ކުރިން - 12:27

އިތޯޕިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އިތޯޕިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

23 ދުވަސް ކުރިން - 13:55

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

42 ދުވަސް ކުރިން - 21:31

ފަތުރުވެރިން ގެއްލުން؛ އެންމެންގެ ހަށިގަނޑުތައް ނަގައި ނިމިއްޖެ

ފަތުރުވެރިން ގެއްލުން؛ އެންމެންގެ ހަށިގަނޑުތައް ނަގައި ނިމިއްޖެ

85 ދުވަސް ކުރިން - 13:57

ގެއްލުނު ފަތުރުވެރިން ގެންދިޔަ ސަފާރީގެ ލައިސަންސް ސަސްޕެންޑްކޮށްފި

ގެއްލުނު ފަތުރުވެރިން ގެންދިޔަ ސަފާރީގެ ލައިސަންސް ސަސްޕެންޑްކޮށްފި

89 ދުވަސް ކުރިން - 10:19

ޓޫރިޒަމް މިނިސްޓަރު އަމީން މާޔާގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފި

ޓޫރިޒަމް މިނިސްޓަރު އަމީން މާޔާގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފި

100 ދުވަސް ކުރިން - 14:59