Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސައުދީން އެމެރިކާ އާއި ގުޅިގެން އިރާގުގައި ތިބި އިރާނަށް ތާއީދުކުރާ މިލިޝިއާތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

ސައުދީން އެމެރިކާ އާއި ގުޅިގެން އިރާގުގައި ތިބި އިރާނަށް ތާއީދުކުރާ މިލިޝިއާތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

ހުސައިން އިސްމާއިލް
8 ގަޑިއިރު ކުރިން - 29 ޖުލައި 2026 17:45
އެމެރިކާ-ސައުދީ އިރާގުގެ ދިޔާލާއަށް ދިން ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމަށް ރެސްކިއު ޓީމުތަކުން މަސައްކަތް ކުރަނީ.
އެމެރިކާ-ސައުދީ އިރާގުގެ ދިޔާލާއަށް ދިން ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމަށް ރެސްކިއު ޓީމުތަކުން މަސައްކަތް ކުރަނީ.
ޚުލާސާ

މި ރައްދު ހަމަލާތައް ދޭންޖެހުނީ އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް ގެ ސީދާ އިރުޝާދުގެ ދަށުން، ފާއިތުވި 72 ގަޑިއިރު ތެރޭގައި އިރާގުގެ ތެރެއިން ސައުދީގެ ހަކަތަ އުފައްދާ މަރުކަޒުތަކަށާއި އެމެރިކާ ސިފައިންނަށް އަމާޒުކޮށް 30 އަށްވުރެ ގިނަ ޑްރޯން ހަމަލާ ދިނުމާ ގުޅިގެން.

މެދުއިރުމަތީގެ މަސްރަހު ނުރައްކާތެރި ދަރަޖައަކަށް ހޫނުވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާގެ ސެންޓްރަލް ކޮމާންޑް އާއި ސައުދީ އަރަބިއްޔާގެ ދިފާއީ ބާރުތައް ގުޅިގެން އިރުމަތީ އިރާގުގައި ހަރަކާތްތެރިވާ އިރާނުގެ މަދަދުލިބޭ ހަތިޔާރުއެޅި މިލިޝިއާ ޖަމާއަތްތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި އެވެ.

މި ރައްދު ހަމަލާތައް ދޭންޖެހުނީ އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް ގެ ސީދާ އިރުޝާދުގެ ދަށުން، ފާއިތުވި 72 ގަޑިއިރު ތެރޭގައި އިރާގުގެ ތެރެއިން ސައުދީގެ ހަކަތަ އުފައްދާ މަރުކަޒުތަކަށާއި އެމެރިކާ ސިފައިންނަށް އަމާޒުކޮށް 30 އަށްވުރެ ގިނަ ޑްރޯން ހަމަލާ ދިނުމާ ގުޅިގެންނެވެ. ހާއްސަކޮށް ސައުދީގެ އީސްޓަން އަދި ރިޔާޟް ރީޖަންގެ ތެޔޮ ރިޒާވްތަކަށް ދިން ހަމަލާތަކާ ގުޅިގެން ކަމަށާއި، ސައުދީ އާއި އެމެރިކާގެ ހަނގުރާމަމަތީ ބޯޓުފަހަރުން ވަނީ އިރާގުގެ ބަޞަރާ، ދިޔާލާ އަދި ކިރްކުކް ޕްރޮވިންސްގެ ސައިޓުތަކަށް ބޮންއަޅާފައި ކަމަށް ސައުދީން ބުނެއެވެ.

މި ވަރުގަދަ ވައިގެ ހަމަލާތަކުގައި އިރާނަށް ބޯލަނބާ ޕޮޕިއުލާ މޮބިލައިޒޭޝަން ފޯސަސް (ޕީއެމްްެފް) ގެ މަދުވެގެން 20 ހަނގުރާމަވެރިން މަރުވެ، އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް އިރާގުގެ ރިޕޯޓުތައް ބުނެ އެވެ.

Advertisement

Advertisement 1

އެމެރިކާ އާއި ސައުދީގެ އަސްކަރިއްޔާއިން ބުނާގޮތުގައި މި ހަމަލާތަކުގައި އެ މިލިޝިއާ ޖަމާއަތްތަކުން ހަތިޔާރު ރައްކާކުރާ މައިގަނޑު ގުދަންތަކާއި، ޑްރޯންތައް ތައްޔާރުކުރާ ލޮޖިސްޓިކްސް މަރުކަޒުތައް ވަނީ އެއްކޮށް ސުންނާފަތިކޮށްލާފައެވެ. ނަމަވެސް، މި ހަމަލާތަކާ ގުޅިގެން އިރާގު ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށް، މިއީ އެގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން ކަމަށް ބުނެ އެމެރިކާ އާއި ސައުދީގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

އެމެރިކާއީރާން - އެމެރިކާޢިރާޤް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދެހަފްތާތެރޭ އެމެރިކާގެ ހަނގުރާމަމަތީ 11 މަތިންދާބޯޓު ހަލާކުކޮށްލައިފިން - އީރާން

ދެހަފްތާތެރޭ އެމެރިކާގެ ހަނގުރާމަމަތީ 11 މަތިންދާބޯޓު ހަލާކުކޮށްލައިފިން - އީރާން

14 ގަޑިއިރު ކުރިން - 11:16

އީރާނުން 350 މަދަނީ މުވައްޒަފުން މަރުވެ، ބޫޝެހްރު އެއާޕޯޓު ބަންދުކޮށްފި

އީރާނަށުން 350 މަދަނީ މުވައްޒަފުން މަރުވެ، ބޫޝެހްރު އެއާޕޯޓު ބަންދުކޮށްފި

1 ދުވަސް ކުރިން - 13:11

މަމްދާނީ އަށް ގޮންޖަހާލައި، އދ. ގެ ބައްދަލުވުމަށް ދާނެ ކަމަށް ނަތަންޔާހޫ ބުނެފި

މަމްދާނީ އަށް ގޮންޖަހާލައި، އދ.ގެ ބައްދަލުވުމަށް ދާނެ ކަމަށް ނަތަންޔާހޫ ބުނެފި

1 ދުވަސް ކުރިން - 12:57

އީރާނުގެ މައްސަލައިގައި މަޝްވަރާކުރަން ނަތަންޔާހޫ ސިއްރު އެއާބޭސްއަކުން އެމެރިކާއަށް ފުރައިފި

އީރާނުގެ މައްސަލައިގައި މަޝްވަރާކުރަން ނަތަންޔާހޫ ސިއްރު އެއާބޭސްއަކުން އެމެރިކާއަށް ފުރައިފި

1 ދުވަސް ކުރިން - 02:21

ބޮން އެޅުން ހުއްޓާލީ ކީއްވެ؟ އެމެރިކާގެ މިސައިލްތައް ހުސްވަނީތަ؟

ބޮން އެޅުން ހުއްޓާލީ ކީއްވެ؟ އެމެރިކާގެ މިސައިލްތައް ހުސްވަނީތަ؟

2 ދުވަސް ކުރިން - 17:05

ނަތަންޔާހޫ އަށް ޓަކައި އައިސީސީ "ފުނޑާލާނެ" ކަމަށް ރޫބިއޯ ބުނި

އައިސީސީ "ފުނޑާލާނެ" ކަމަށް ރޫބިއޯ ބުނި: ނަތަންޔާހޫ

2 ދުވަސް ކުރިން - 10:09