Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވޯލްޑް ކަޕް ފައިނަލްގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި، އެންމެ އަގުބޮޑު ޓިކެޓު 34,500 ޑޮލަރަށް!

ވޯލްޑް ކަޕް ފައިނަލްގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި، އެންމެ އަގުބޮޑު ޓިކެޓު 34,500 ޑޮލަރަށް!

ހުސައިން އިސްމާއިލް
49 ދުވަސް ކުރިން - 11 ޖުލައި 2026 01:27
ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވާ ނިއު ޖާޒީގެ ެޓްލައިފް ސްޓޭޑިއަމް---
ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވާ ނިއު ޖާޒީގެ ެޓްލައިފް ސްޓޭޑިއަމް---
ޚުލާސާ

'ޓްރޮފީ ލައުންޖް' އާއި 'ޓްރޮފީ ލައުންޖް+'ގެ ހޮސްޕިޓާލިޓީ ޓިކެޓްތައް 32,500 ޑޮލަރާއި 34,500 ޑޮލަރަށް ލިބެން އެބަހުއްޓެވެ. މި ޓިކެޓްތަކާއެކު ކެއުމާއި ބުއިމުގެ ޚިދުމަތް ލިބޭނެ. ފީފާގެ ރިސޭލް މާކެޓްޕްލޭސްގައި ފައިނަލް މެޗުގެ ޓިކެޓެއްގެ އަގު 7,440 ޑޮލަރުން ފެށިގެން ގޮސް 11.5 މިލިއަން ޑޮލަރާ ހަމައަށް އުފުލިފައިވޭ.

ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ 1،200 އެއްހާ ޓިކެޓް އަދިވެސް ވިއްކަން ހުރިކަން ފީފާއިން ހާމަކޮށްފިއެވެ. އަންނަ ޖުލައި މަހުގެ 19 ވަނަ ދުވަހު ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މި ފައިނަލް މެޗުގެ ކެޓަގަރީ 2 ގެ ޓިކެޓެއްގެ އަގު އުޅެނީ 7,380 އެމެރިކާ ޑޮލަރުގައެވެ.

ފީފާގެ ލާސްޓް މިނިޓް ޓިކެޓް ސޭލްސް ސައިޓުން ދައްކާގޮތުގައި، ސްޓޭޑިއަމްގެ މަތީ ފަންތީގެ ފަސް ސެކްޝަނަކުން ޖުމްލަ 1,178 ގޮނޑި އަދިވެސް ހުސްކޮށް އެބަހުއްޓެވެ. މީގެ ތެރޭގައި ސެކްޝަން 344 އިން 282 ގޮނޑި، ސެކްޝަން 343 އިން 299 ގޮނޑި، ސެކްޝަން 335 އިން 139 ގޮނޑި، ސެކްޝަން 334 އިން 443 ގޮނޑި އަދި ސެކްޝަން 333 އިން 15 ގޮނޑި ހިމެނެއެވެ. މީގެ ކުރިން މި މެޗުގެ ޓިކެޓްތައް މުޅިން ހުސްވެފައިވާ ކަމަށް ބައެއް ފަހަރު ސައިޓުން ދެއްކި ނަމަވެސް، މިހާރު ވަނީ ގިނަ އަދަދެއްގެ ޓިކެޓް ދޫކޮށްފައެވެ.

މީގެ އިތުރުން، ސްޓޭޑިއަމްގެ ތިރީ ފަންތީގެ ކެޓަގަރީ 1 ގެ 68 ޓިކެޓެއް 19,995 ޑޮލަރާއި 32,970 ޑޮލަރާ ދެމެދުގެ އަގުތަކެއްގައި ދަނީ ވިއްކަމުންނެވެ. އަދި 'ޓްރޮފީ ލައުންޖް' އާއި 'ޓްރޮފީ ލައުންޖް+' ގެ ހޮސްޕިޓާލިޓީ ޓިކެޓްތައް 32,500 ޑޮލަރާއި 34,500 ޑޮލަރަށް ލިބެން އެބަހުއްޓެވެ. މި ޓިކެޓްތަކާއެކު ކެއުމާއި ބުއިމުގެ ޚިދުމަތް ލިބޭނެއެވެ.

Advertisement

Advertisement 1

ޓިކެޓްތަކުގެ އަގުބޮޑުވުމުގެ މައްސަލައިގައި ފީފާއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ފީފާގެ ރިސޭލް މާކެޓްޕްލޭސްގައި ފައިނަލް މެޗުގެ ޓިކެޓެއްގެ އަގު 7,440 ޑޮލަރުން ފެށިގެން ގޮސް 11.5 މިލިއަން ޑޮލަރާ ހަމައަށް އުފުލިފައިވެއެވެ. މިދިޔަ އޭޕްރީލް މަހު 2 މިލިއަން ޑޮލަރަށް ޓިކެޓްތަކެއް ހުރި މައްސަލައިގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަޖާޒީ ގޮތަކަށް ވާހަކަ ދެއްކެވި ނަމަވެސް، އޭނާ ވަނީ ޓިކެޓްގެ އަގުތައް ދިފާއުކުރައްވާފައެވެ. އިންފަންޓީނޯ ވިދާޅުވީ އެމެރިކާގެ ގާނޫނުތައް އޮންނަ ގޮތުން، އަސްލު އަގަށްވުރެ އެތައް ގުނައެއް ބޮޑުކޮށް ޓިކެޓް ވިއްކުމުގެ ފުރުސަތު އޮންނާތީ، އޭގެ ފައިދާ ނެގުމަކީ ފީފާގެ މަސްއޫލިއްޔަތެއް ކަމަށެވެ.

ނަމަވެސް، ޓިކެޓްގެ އަގުތައް އިންތިހާއަށް ބޮޑުވުމާ ގުޅިގެން ސަޕޯޓަރުންގެ ގްރޫޕަކުން ވަނީ ފީފާއާ ދެކޮޅަށް ދައުވާވެސް ކޮށްފައެވެ. އަދި ނިއު ޔޯކް އާއި ނިއު ޖާޒީގެ ކަމާބެހޭ އިދާރާތަކުން ދަނީ ޓިކެޓްގެ އަގުތަކާއި، ގޮނޑި ހުރި ތަންތަނުގެ ސައްހަކަމާ ގުޅޭގޮތުން ތަހުގީގެއް ހިންގައި، ފީފާއަށް ސަބްޕީނާއެއް (ކޯޓަށް ހާޒިރުވުމުގެ އަމުރެއް) ވެސް ފޮނުވާފައެވެ.

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އާޖެންޓީނާ އާއި ސްވިޒަލޭންޑް ބައްދަލުކުރާ މެޗުގެ ޓިކެޓްތައް ވެސް މިހާރު ލިބެން ހުރީ 1,600 ޑޮލަރާއި 3,995 ޑޮލަރާ ދެމެދުގެ އަގުތަކެއްގައެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ކެންސަސް ސިޓީގެ އެރޯހެޑް ސްޓޭޑިއަމްގައެވެ.

ފީފާ ވޯލްޑް ކަޕްއެމެރިކާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

12 ގަޑިއިރު ކުރިން - 23:23

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

6 ދުވަސް ކުރިން - 15:57

ފައިނަލް މެޗަށްފަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ފީފާއިން އާޖެންޓީނާގެ ތިން ކުޅުންތެރިޔަކަށް ބޮޑެތި އަދަބުތަކެއް ދީފި

ފީފާއިން އާޖެންޓީނާގެ ތިން ކުޅުންތެރިޔަކަށް ބޮޑެތި އަދަބުތަކެއް ދީފި

7 ދުވަސް ކުރިން - 22:08

ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުންދޭ ކަމަށް ބުނެ، އެމެރިކާގެ 30 ސްޓޭޓަކުން މެޓާއާ ދެކޮޅަށް 1 ޓްރިލިއަން ޑޮލަރުގެ ދައުވާއެއް އުފުލައިފި

އެމެރިކާގެ 30 ސްޓޭޓަކުން މެޓާއާ ދެކޮޅަށް ޓްރިލިއަން ޑޮލަރުގެ ދައުވާއެއް އުފުލައިފި

10 ދުވަސް ކުރިން - 17:33

އީރާނަށް ބޮންއަޅަން ޓްރަމްޕާ އާދޭސްކުރުމުން ދ.ކޮރެއާއިން އެއްބާރުލުން ނުދިން

އީރާނަށް ބޮންއަޅަން ޓްރަމްޕާ އާދޭސްކުރުމުން ދ.ކޮރެއާއިން އެއްބާރުލުން ނުދިން

12 ދުވަސް ކުރިން - 11:18

ފީފާގެ މުބާރާތްތަކުގައި ޔޫރަޕުގެ ގައުމުތަކުން ބައިވެރިނުވާނެ ކަމަށްބުނެ ޔޫއެފާއިން އިންޒާރުދީފި

ފީފާގެ މުބާރާތްތަކުގައި ޔޫރަޕުގެ ގައުމުތަކުން ބައިވެރިނުވާނެ ކަމަށްބުނެ ޔޫއެފާއިން އިންޒާރުދީފި

29 ދުވަސް ކުރިން - 22:24