Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

މާލޭ ނޯތު ހާބަރުގެ "އޭ ޒޯން" އިން ފެނާއި ކަރަންޓުގެ ޚިދުމަތް ދޭން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
100 ދުވަސް ކުރިން - 7 ޖުލައި 2026 18:45
ނޯތު ހާބަރުގެ "އޭ ޒޯން"އިން ފެނާއި ކަރަންޓުގެ ހިދުމަތް ފަށުން/ ފޮޓޯ: އެމްޕީއެލް
ނޯތު ހާބަރުގެ "އޭ ޒޯން"އިން ފެނާއި ކަރަންޓުގެ ހިދުމަތް ފަށުން/ ފޮޓޯ: އެމްޕީއެލް
ޚުލާސާ

މިއީ މާލޭ ނޯތު ހާބަރު ބޭނުންކުރާ އޮޑިދޯނިފަހަރަށް ކުރިމަތިވާ ނެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެއްކަން ފާހަގަކޮށްލެވޭ.

މާލޭ ނޯތު ހާބަރުގެ "އޭ ޒޯން" ގައި އަޅާ އޮޑިދޯނިފަހަރަށް ފެނާއި ކަރަންޓުގެ ހިދުމަތް ލިބޭނެ އިންތިޒާމު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގާއިމުކޮށް، އެ ހިދުމަތް ރަސްމީކޮށް ދޭން ފަށައިފި އެވެ.

މި ހިދުމަތް މިއަދު އިފުތިތާހުކޮށްފައިވާއިރު، އެންމެ ފުރަތަމަ މި ހިދުމަތް ދީފައިވަނީ "އިހައްދޫ" ބޯޓަށެވެ. މިއީ މާލޭ ނޯތު ހާބަރު ބޭނުންކުރާ އޮޑިދޯނިފަހަރަށް ކުރިމަތިވާ ނެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. ރައީސް މިގޮތަށް އެންގެވީ ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ސެގްމެންޓް ނިންމައި، އެ ސަރަހައްދު އަލުން ހުޅުވުމާ ގުޅިގެން ރައްޔިތުންނަށް ދޭ ހިދުމަތްތައް ފުޅާކުރުމުގެ މަގުސަދުގަ އެވެ.

އެމްޕީއެލުން ބުނި ގޮތުގައި، މި މަސައްކަތް އަމަލީ ގޮތުން ފަށާފައިވަނީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގަ އެވެ. މީގެ ކުރިން ނޯތު ހާބަރުގެ "އޭ ޒޯން" އިން ފެނާއި ކަރަންޓުގެ ހިދުމަތެއް ނުލިބެ އެވެ. އޭރު މި ހިދުމަތްތައް ލިބެމުން އައީ ހަމައެކަނި "ބީ ޒޯން" އަދި "ސީ ޒޯން" އިންނެވެ.

Advertisement

Advertisement 1

މި އާ ނިޒާމުގެ ދަށުން "އޭ ޒޯން" އިން އެއްފަހަރާ 48 އުޅަނދަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ އެވެ. އަދި ފެނުގެ ހިދުމަތް ދިނުމަށްޓަކައި އެ ސަރަހައްދުގައި 16 ޕޮއިންޓެއް ވަނީ ގާއިމުކޮށްފަ އެވެ. މި ޚިދުމަތުގެ ސަބަބުން އަތޮޅުތެރެއިން މާލެއަށް މުދާ ހިފައިގެން އަންނަ ބޯޓުފަހަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޕީއެލުން ފާހަގަކުރެ އެވެ.

ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން، ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަހައްދެއްގައި ވަނީ ތާރު އަޅާފަ އެވެ. އަދި ފަޅުތެރެއިން ބައެއް ހިއްކައިގެން މަގަށް 6 މީޓަރުގެ ސަރަހައްދެއް އިތުރުކޮށް، އެ ސަރަހައްދު ވަނީ މިދިޔަ ފެބްރުވަރީ މަހުގެ 16 ވަނަ ދުވަހު އާންމު ދަތުރުފަތުރަށް ހުޅުވާލާފަ އެވެ.

އެމްޕީއެލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ތިލަފުށީ ބަނދަރު މަޝްރޫއަކީ އިންގިލާބީ ބަދަލެއް: ޝަފީގް

ތިލަފުށީ ބަނދަރު މަޝްރޫއަކީ އިންގިލާބީ ބަދަލެއް: ޝަފީގް

10 ދުވަސް ކުރިން - 11:06

"ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ 2040 ގެ ތަސައްވުރުގެ ވަރުގަދަ ބިންގަލެއް"

"ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ 2040 ގެ ތަސައްވުރުގެ ވަރުގަދަ ބިންގަލެއް"

13 ދުވަސް ކުރިން - 13:35

"ތިލަފުށީ ވިޔަފާރި ބަނދަރުގެ މަޝްރޫއަކީ އިގްތިސާދީ ކުރިއެރުމަށް އެޅޭ މުހިންމު ފިޔަވަޅެއް"

"ތިލަފުށީ ވިޔަފާރި ބަނދަރުގެ މަޝްރޫއަކީ އިގްތިސާދީ ކުރިއެރުމަށް އެޅޭ މުހިންމު ފިޔަވަޅެއް"

13 ދުވަސް ކުރިން - 13:24

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

52 ދުވަސް ކުރިން - 08:34

އެމްޕީއެލްގެ އަހަރީ އައިއެސްޕީއެސް ސެކިއުރިޓީ ތަމްރީނު ކާމިޔާބުކަމާއެކު ބާއްވައިފި

އެމްޕީއެލްގެ އަހަރީ އައިއެސްޕީއެސް ސެކިއުރިޓީ ތަމްރީނު ކާމިޔާބުކަމާއެކު ބާއްވައިފި

61 ދުވަސް ކުރިން - 23:57

ތިލަފުށި ޕޯޓާއެކު މުދާ އުފުލާ ބޯޓުތައް 2 ދުވަހުން ފުރުވާލެވޭނެ

ތިލަފުށި ޕޯޓާއެކު މުދާ އުފުލާ ބޯޓުތައް 2 ދުވަހުން ފުރުވާލެވޭނެ

65 ދުވަސް ކުރިން - 08:29