Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

ހުސައިން އިސްމާއިލް
53 ދުވަސް ކުރިން - 7 ޖުލައި 2026 12:00
ފާތިމަތު ދިޔާނާ ސައީދު
ފާތިމަތު ދިޔާނާ ސައީދު
ޚުލާސާ

ދިޔާނާ ސައީދަކީ ރާއްޖޭގެ ޤާނޫނީ އަދި ސިޔާސީ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެއް. އޭނާ ވަނީ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި މުހިންމު މަޤާމުތަކެއް ފުރުއްވާފަ. ދިޔާނާ އަކީ ސާކުގެ ސެކްރެޓަރީ ޖެނެރަލްކަން ފުރުއްވި ފުރަތަމަ އަންހެން ބޭފުޅާ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ބެލްޖިއަމަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ. ދިޔާނާ އެ މަޤާމަށް އައްޔަންކުރުމާމެދު ގޮތެއް ނިންމަވައިދެއްވުމަށް އެދިވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅު މިއަދު ވަނީ މަޖިލީހުގެ ޖަލްސާގައި އިއްވަވާފައެވެ.

އެކަމާމެދު މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިން ދިރާސާކުރުމަށްޓަކައި، އެ މައްސަލަ މިހާރު ވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

ސަފީރުކަމުގެ މަޤާމަށް އައްޔަންކުރެއްވުމުގެ ކުރިން، ރައީސް މުޢިއްޒު ވަނީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ދިޔާނާ އެމްބެސެޑާ-އެޓް-ލާޖްގެ މަޤާމަށް އައްޔަންކުރައްވާފައެވެ.

Advertisement

Advertisement 1

ދިޔާނާ ސައީދަކީ ރާއްޖޭގެ ޤާނޫނީ އަދި ސިޔާސީ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭނާ ވަނީ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި މުހިންމު މަޤާމުތަކެއް ފުރުއްވާފައެވެ.

ދިޔާނާ ސައީދު ވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ޓެސްމޭނިއާއިން ބެޗްލަރ އޮފް ލޯ ހާސިލްކުރައްވާފައެވެ. އަދި ޖަޕާނުގެ އޮސާކާ ޔުނިވަރސިޓީން މާސްޓަރ އޮފް ލޯ ހާސިލްކުރައްވާފައިވެއެވެ. އެކަމަނާ ބަންޑާރަ ނައިބު ކަން ކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައެވެ.

ދިޔާނާ އަކީ ދެކުނު އޭޝިއާގެ ސަރަޙައްދީ ޖަމްޢިއްޔާ (ސާކް) ގެ ސެކްރެޓަރީ ޖެނެރަލްކަން ފުރުއްވި ފުރަތަމަ އަންހެން ބޭފުޅާއެވެ. އަދި އެއީ އެ މަޤާމަށް އައްޔަންކުރެވުނު އެންމެ ޒުވާން ސެކްރެޓަރީ ޖެނެރަލްވެސް މެއެވެ.

ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ވެރިކަމުގައި ދިޔާނާ ވަނީ މިނިސްޓަރ އޮފް ޖެންޑާ އެންޑް ހިއުމަން ރައިޓްސްގެ މަޤާމުވެސް ފުރުއްވާފައެވެ.

ދިޔާނާއަކީ ރާއްޖޭގައި މަލްޓި-ޕާޓީ ސިސްޓަމް ތަޢާރަފްވީއްސުރެ ސިޔާސީ ގޮތުން އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ޑީއާރުޕީގެ އިތުރުން ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ގޮފީގެ ރައީސްކަންވެސް ކުރައްވާފައެވެ.

އީޔޫ އަދި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ އައްޔަންކުރުމުގެ މައްސަލަ މަޖިލީހުގެ ކޮމިޓީން ދިރާސާކުރުމަށްފަހު، ފާސްކުރުމަށް ތަޅުމަށް ފޮނުވާނެއެވެ.

ރައްޔިތުންގެ މަޖިލިސްފާތިމަތު ދިޔާނާ ސައީދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

2 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

2 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

2 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

3 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

3 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

4 ދުވަސް ކުރިން - 07:43