Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކޮތަޅު ފީ އަށް ލުއި ދޭ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފި

ކޮތަޅު ފީ އަށް ލުއި ދޭ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފި

ހުސައިން އިސްމާއިލް
53 ދުވަސް ކުރިން - 7 ޖުލައި 2026 10:45
ޝޮޕިންގ ކުރުމަށް ފަހު ޕްލާސްޓިކް ކޮތަޅަށް ތަކެތި އަޅާފައި. ކޮތަޅުން ލުއި ދިނުމަށް މަޖިލީހުގެ ފުރަތަމަ ކިޔުން ވަނީ ނިންމާފަ.
ޝޮޕިންގ ކުރުމަށް ފަހު ޕްލާސްޓިކް ކޮތަޅަށް ތަކެތި އަޅާފައި. ކޮތަޅުން ލުއި ދިނުމަށް މަޖިލީހުގެ ފުރަތަމަ ކިޔުން ވަނީ ނިންމާފަ.
ޚުލާސާ

މި އިސްލާހުގެ ދަށުން ރައްޔިތުންނަށް ލިބޭ އެންމެ ބޮޑު ލުޔަކީ 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން ދެ ރުފިޔާ ނެގުން ހުއްޓާލުމަށް ހިމަނާފައިވުން.

ޕްލާސްޓިކް ކޮތަޅުން ނަގަމުންދާ ފީއަށް ލުއިދިނުމަށާއި، ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުގެ ފަރާތުން ކުނި މެނޭޖުކުރުމުގެ ގާނޫނަށް މުހިންމު އިސްލާހެއް ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ޝިފާޒެވެ.

ބިލުގެ ފުރަތަމަ ކިޔުން މިހާރު ވަނީ މަޖިލީހުގައި އިއްވާފައެވެ. މި ބިލުގެ ސަބަބުން ކުނި މެނޭޖްކުރުމުގެ ދާއިރާއަށް ދެމެހެއްޓެނެވި އަދި ޖުމްލަ ވަށާޖެހޭ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މި އިސްލާހުގެ ދަށުން ރައްޔިތުންނަށް ލިބޭ އެންމެ ބޮޑު ލުޔަކީ 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން ދެ ރުފިޔާ ނެގުން ހުއްޓާލުމަށް ހިމަނާފައިވުމެވެ. މީގެ ސަބަބުން ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީއަށް ބަދަލު އައިސް، އާމްދަނީ ދަށްވާނެއެވެ. މީގެ އިތުރުން، ރާއްޖެއަށް ބޭރުން ކުނި އެތެރެކުރުން އެއްކޮށް މަނާކުރުމަށް ވެސް މި ބިލުގައި ވަނީ ހަރުދަނާ އުސޫލުތަކެއް ކަނޑައަޅާފައެވެ.

Advertisement

Advertisement 1

ބިލު ހުށަހެޅުމުގެ މައިގަނޑު މަޤްސަދަކީ ކުނި މެނޭޖްކުރުމުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ދައުރު މިހާރަށްވުރެ ސާފުކޮށް ބަޔާންކުރުމެވެ. އަދި މިހާރު ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، ކުނި މެނޭޖްކުރުމުގެ ކަންކަން ދެމެހެއްޓެނެވި ގޮތެއްގައި ރާވާ ހިންގުމަށް މަގުފަހިކުރުން ހިމެނެއެވެ. މީގެ އިތުރުން، އިޤްތިޞާދީ އަދި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުގައި ކުނި މެނޭޖްކުރުމުގެ ހާއްސަ ސިޔާސަތުތަކެއް އެކުލަވާލުން ވެސް ބިލުގައި ހިމެނެއެވެ.

އައު އިސްލާހުގައިވާ ގޮތުން ކުނި މެނޭޖްކުރާ އިރު ޤައުމީ މާސްޓަރ ޕްލޭނާއި، ސިޓީތަކުގެ ކުނި މެނޭޖްކުރުމުގެ ޕްލޭނާ އެއްގޮތަށް ކަންކަން ކުރަންޖެހޭނެއެވެ. ހަމައެހެންމެ، ކުނި މެނޭޖްކުރުމުގެ ނިޒާމް ފަރުމާކޮށް ޤާއިމްކުރުމާއި، ކުނި މެނޭޖްކުރާ މަރުކަޒުތަކުގެ މިންގަނޑުތައް ކަނޑައެޅުން ވެސް ހިމެނެއެވެ. އަދި ކުނި މެނޭޖްކުރުމުގައި ބޭނުންކުރާ ވަސީލަތްތައް ހުންނަންޖެހޭ ފެންވަރު މި ބިލުގެ ސަބަބުން ކަނޑައެޅިގެންދާނެއެވެ.

ރައްޔިތުންގެ މަޖިލިސްޕްލާސްޓިކް ކޮތަޅު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

2 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

2 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

2 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

3 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

3 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

4 ދުވަސް ކުރިން - 07:43