Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޓެއިލާ ސުވިފްޓާއި ޓްރެވިސް ކެލްސީ ކައިވެނިކޮށްފި

ޓެއިލާ ސުވިފްޓާއި ޓްރެވިސް ކެލްސީ ކައިވެނިކޮށްފި

އައިޝަތު ރުވާ ރިފްޢަތު
54 ދުވަސް ކުރިން - 5 ޖުލައި 2026 20:18
ޓެއިލާ ސުވިފްޓާއި ޓްރެވިސް ކެލްސީ އެކުގައި
ޓެއިލާ ސުވިފްޓާއި ޓްރެވިސް ކެލްސީ އެކުގައި
ޚުލާސާ

މި ކައިވެނީގެ ހަފްލާގައި ދުނިޔޭގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ގިނަ އަދަދެއްގެ ސެލެބްރިޓީން ބައިވެރިވާއިރު އޭގެ ތެރޭގައި ޓޭއިލާގެ އެންމެ ގާތް އެކުވެރިޔާ ސެލީނާ ގޯމޭޒްގެ އިތުރުން، ގީގީ ހަދީދު، ބްރެޑްލީ ކޫޕާ، އެޑް ޝީރަން، އެލީ ގޯލްޑިން އަދި ޖިމީ ފެލޮން ފަދަ ތަރިން ހިމެނެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭއިލާ ސުވިފްޓާއި އެމެރިކަން ފުޓްބޯޅަ ތަރި ޓްރެވިސް ކެލްސީ އިއްޔެ ކައިވެނިކޮށްފި އެވެ. ޕީޕަލް މެގަޒިންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ދެ ތަރިންގެ ކައިވެނީގެ ކަންކަން ކުރިއަށްދިޔައީ ނިއުޔޯކް ސިޓީގެ މަޝްހޫރު މެޑިސަން ސްކޮޔާ ގާޑަންގައެވެ.

ޓޭއިލާގެ މަންދޫބަކު މި ކައިވެނީގެ ހަބަރު ކަށަވަރުކޮށްދީފައިވާއިރު، މި ހަފްލާއަކީ ވަރަށް ކުލަގަދަ އަދި ޝާހީ ހަފްލާއެކެވެ. ކައިވެނީގެ ހަފްލާއަށް ދެ ތަރިންގެ ހެދުންތައް ތައްޔާރުކޮށްފައިވަނީ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ކްރިސްޓިއަން ޑިއޯ ހޯޓް ކޫޗާ" އިންނެވެ. މިއީ ޑިއޯގެ ކްރިއޭޓިވް ޑިރެކްޓަރު ޖޮނަތަން އެންޑަސަން، ދެ ތަރިންނާ ގާތުން މަސައްކަތްކޮށްގެން ތައްޔާރުކުރި ހާއްސަ ޑިޒައިނެކެވެ. މިއީ ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީއަކަށް ޖޮނަތަން އެންޑަސަން ތައްޔާރުކޮށްދިން ފުރަތަމަ ކޫޗާ ވެޑިން ޑްރެސްކަން ފާހަގަކޮށްލެވެ އެވެ.

މި ކައިވެނީގެ ހަފްލާގައި ދުނިޔޭގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ގިނަ އަދަދެއްގެ ސެލެބްރިޓީން ބައިވެރިވި އެވެ. އޭގެ ތެރޭގައި ޓޭއިލާގެ އެންމެ ގާތް އެކުވެރިޔާ ސެލީނާ ގޯމޭޒްގެ އިތުރުން، ގީގީ ހަދީދު، ބްރެޑްލީ ކޫޕާ، އެޑް ޝީރަން، އެލީ ގޯލްޑިން އަދި ޖިމީ ފެލޮން ފަދަ ތަރިން ހިމެނެއެވެ. އަދި ހޫ ގްރާންޓް، ކާލީ ކްލޮސް އަދި ޓޮމީ ހިލްފިގާ ފަދަ މަޝްހޫރު ފަރާތްތައް ވެސް މި ހަފްލާއިން ފެނިފައިވެ އެވެ.

Advertisement

Advertisement 1

ކައިވެނީގެ މައި ހަފްލާގެ ކުރިންވެސް، ދެ ތަރިންގެ ގާތް މީހުންނާއި އާއިލާއަށް ހާއްސަކޮށްގެން ތަފާތު އިވެންޓްތަކެއް ބާއްވާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޓޭއިލާ ސުވިފްޓާއި ޓްރެވިސް ކެލްސީގެ ލޯބީގެ ގުޅުން ފެށުނީ 2023 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ. އޭގެ ފަހުން ޓްރެވިސްގެ މެޗުތަކުން ޓޭއިލާ ގަވާއިދުން ފެންނަމުންދިޔައިރު، ޓޭއިލާގެ "އެރާސް ޓުއާ" ގެ ބައެއް ޝޯތަކުގައި ޓްރެވިސް ވެސް ބައިވެރިވެފައިވެއެވެ. މި ދެ ތަރިން އެންގޭޖްވިކަން ރަސްމީކޮށް އިއުލާންކުރީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހު އިންސްޓަގްރާމް މެދުވެރިކޮށެވެ.

ހޮލީވުޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަޝްހޫރު ލަވަކިޔުންތެރިޔާ ޑޮލީ ޕާޓަން، ކެންސަރު ބައްޔާ ހަނގުރާމަކުރުމަށްފަހު އުމުރުން 80 އަހަރުގައި މަރުވެއްޖެ

ކެންސަރު ބައްޔާ ހަނގުރާމަކުރުމަށްފަހު ޑޮލީ ޕާޓަން އުމުރުން 80 އަހަރުގައި މަރުވެއްޖެ

2 ދުވަސް ކުރިން - 13:26

އޮޅުވާލައިގެން ފައިސާ ހޯދި ކަމަށް ބުނެ ސެލީނާ ގޯމޭޒް އާއި އޭނާގެ މަންމަގެ މައްޗަށް ދައުވާކޮށްފި

އޮޅުވާލި ކަމަށް ބުނެ ސެލީނާއާއި އޭނާގެ މަންމަގެ މައްޗަށް ދައުވާކޮށްފި

10 ދުވަސް ކުރިން - 12:36

އޮސްކާ ހާސިލްކޮށްފައިވާ މަޝްހޫރު ބަތަލާ ބްރެންޑާ ފްރިކާ އުމުރުން 81 އަހަރުގައި މަރުވެއްޖެ

އޮސްކާ ހާސިލްކޮށްފައިވާ މަޝްހޫރު ބަތަލާ ބްރެންޑާ ފްރިކާ އުމުރުން 81އ މަރުވެއްޖެ

41 ދުވަސް ކުރިން - 18:53

މައިކަލް ޖެކްސަންގެ ބަޔޮޕިކް "މައިކަލް"އަށް 1 ބިލިއަން ޑޮލަރުގެ އާމްދަނީއާއެކު އާ ރެކޯޑެއް

މައިކަލް ޖެކްސަންގެ ބަޔޮޕިކް"މައިކަލް"އަށް 1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް

46 ދުވަސް ކުރިން - 14:33

ވޯލްޑް ކަޕް ފައިނަލްގެ ހާފް-ޓައިމް ޝޯއިން ޖަސްޓިން ބީބާ ފެނިގެންދާނެ

ވޯލްޑް ކަޕް ފައިނަލްގެ ހާފް-ޓައިމް ޝޯއިން ޖަސްޓިން ބީބާ ފެނިގެންދާނެ

49 ދުވަސް ކުރިން - 22:00

ޓްރަމްޕްގެ ސިޔާސަތުތަކަށް އަރިއާނާ ބުނީ 'ބާއި': އޭނާގެ ލަވަ ބޭނުންކުރުން މަނާކޮށްފި!

ޓްރަމްޕްގެ ސިޔާސަތުތަކަށް އަރިއާނާ ބުނީ 'ބާއި'!

76 ދުވަސް ކުރިން - 22:21