Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ނިމިދިޔަ ޖޫން މަހު މަސްކިރުވި ދޯނިތަކަށް މިފްކޯއިން 11.3 މިލިއަން ރުފިޔާ ދޫކޮށްފި

ނިމިދިޔަ ޖޫން މަހު މަސްކިރުވި ދޯނިތަކަށް މިފްކޯއިން 11.3 މިލިއަން ރުފިޔާ ދޫކޮށްފި

އައިޝަތު ރުވާ ރިފްޢަތު
8 ގަޑިއިރު ކުރިން - 5 ޖުލައި 2026 14:39
މަސް މާރުކޭޓް/ ފޮޓޯ: ޚުލާސާ
މަސް މާރުކޭޓް/ ފޮޓޯ: ޚުލާސާ
ޚުލާސާ

10 ކިލޯއިން މަތީގެ 16.6 ޓަނުގެ ކަންނެއްޏަށް 331,440 ރުފިޔާ ދޫކޮށްފައިވާއިރު، 15 ކިލޯއިން މަތީގެ 67 ޓަނުގެ ކަންނެއްޏަށް 1.7 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައި.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަށް ނިމިދިޔަ ޖޫން މަހުގެ ތެރޭގައި މަސްކިރުވި ދޯނިތަކަށް 11.3 މިލިއަން ރުފިޔާ ދޫކޮށްފި އެވެ. މިއީ އެ ކުންފުންޏަށް މަސްކިރުވި ޖުމްލަ 517 ދޯންޏަކަށް ދޫކުރި ފައިސާ އެވެ.

މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫން މަހު އެ ކުންފުންޏަށް ޖުމްލަ 568 ޓަނުގެ މަސް ވަނީ ކިރުވާފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 196 ދޯންޏަކުން ކިރުވި 484.4 ޓަނުގެ ކަޅުބިލަމަހާއި، ތަފާތު ސައިޒުތަކުގެ ބޮޑުކަންނެއްޔެވެ.

ތަފްސީލީ ގޮތެއްގައި ބަލާއިރު، ކިރުވި ކަޅުބިލަމަހަށް 9.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އަދި 10 ކިލޯއިން މަތީގެ 16.6 ޓަނުގެ ކަންނެއްޏަށް 331,440 ރުފިޔާ ދޫކޮށްފައިވާއިރު، 15 ކިލޯއިން މަތީގެ 67 ޓަނުގެ ކަންނެއްޏަށް 1.7 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މި ހިސާބުތަކުން ދައްކާ ގޮތުގައި ޖޫން މަހު މަސްވެރިންނަށް ދޫކުރި ޖުމްލަ ފައިސާގެ އަދަދަކީ 11,332,391 ރުފިޔާ އެވެ.

Advertisement

Advertisement 1

އެގޮތުން، މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ މި ސަރުކާރުން ނުހަނު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު ސިޔާސަތެކެވެ. ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް 250 މިލިއަނެއްހާ ރުފިޔާ އޮތް ނަމަވެސް، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެ ފައިސާ ވަނީ ދޫކޮށް ނިންމާފަ އެވެ.

ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ހަމައަގު ހޯދައިދީ، ފައިސާ ދޫކުރުމުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމެވެ. މިގޮތުން މިފްކޯއިން މިހާރު މަސް ގަންނަ އަގުތަކަށް ބަލާއިރު، 10 ކިލޯއާއި 15 ކިލޯގެ މަސް ކިލޯއެއް 20 ރުފިޔާއަށް ގަންނަމުންދާއިރު، 15 ކިލޯއިން މަތީގެ މަސް ކިލޯއެއް ގަންނަނީ 25 ރުފިޔާއަށެވެ.

މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައި، މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ އެވެ.

މިފްކޯ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

8 ގަޑިއިރު ކުރިން - 14:39

ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ: ރައީސް

"ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ"

16 ދުވަސް ކުރިން - 16:24

އަމާޒަކީ މިހާރު އޮތް ގޮތަށް 20 ރުފިޔާގައި މަހުގެ އަގު ހިފެހެއްޓުން: ރައީސް

"އަމާޒަކީ މިހާރު އޮތް ގޮތަށް 20 ރުފިޔާގައި މަހުގެ އަގު ހިފެހެއްޓުން"

16 ދުވަސް ކުރިން - 15:47

މިފްކޯއިން މަސް ކިލޯއެއް ގަންނަ އަގު ބަލައިފިންތަ؟ ޚުލާސާއިން ބެލިއިރު މިއަދުވެސް ހުރީ 20 ރުފިޔާގައި

މިފްކޯއިން މަސް ކިލޯއެއް ގަންނަ އަގު ބަލައިފިންތަ؟

22 ދުވަސް ކުރިން - 14:31

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

26 ދުވަސް ކުރިން - 09:03

މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި؛ އަމާޒަކީ ކިލޯއެއް 20 ރުފިޔާއަށް ޖެއްސުން - ސީއީއޯ

މިއަދު މިފްކޯގެ ހުރިހާ ސެންޓަރުތަކުން، ބޯޓުފަހަރުން މަސް ގަންނަ އަގަކީ 18.50ރ.

28 ދުވަސް ކުރިން - 13:26