Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްޕޮކްސް ފެތުރޭ މައިގަނޑު ސަބަބަކީ ގައިގޯޅިވެ، ހުރަހަކާ ނުލައި ބީހުން: ޑަބްލިޔުއެޗްއޯ

އެމްޕޮކްސް ފެތުރޭ މައިގަނޑު ސަބަބަކީ ގައިގޯޅިވެ، ހުރަހަކާ ނުލައި ބީހުން: ޑަބްލިޔުއެޗްއޯ

އަައިޝަތު ޒީނާ
697 ދުވަސް ކުރިން - 28 އޯގަސްޓް 2024 10:06
އެމްޕޮކްސް ފެތުރޭ މައިގަނޑު ސަބަބަކީ ގައިގޯޅިވެ، ހުރަހަކާ ނުލައި ބީހުން: ޑަބްލިޔުއެޗްއޯ
ޚުލާސާ

ޑަބްލިޔުއެޗްއޯއިން ބުނީ އެމްޕޮކްސް ޖެހިފައިވާ މީހެއްގެ ހަށިގަނޑުގައި އަތްލައި ގައިގޯޅިކޮށް އުޅުމާ ބަލާއިރު، ވާހަކަ ދައްކާއިރު ބުރައިގެންދާ ކުޅަކީ އެ ބަލި ފެތުރޭ ބޮޑު ސަބަބެއްގެ ގޮތުގައި ނުބެލޭ ކަމަށާއި، އެ ބަލި މައިގަނޑު ގޮތެއްގައި ފެތުރެނީ ބަލި ޖެހިފައިވާ މީހަކާ "ކްލޯޒް ފިޒިކަލް ކޮންޓެކްޓް" ވުމުން ކަމަށް. 2022 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް 116 ޤައުމަކުން މި ބަލީގައި 99000 އަށްވުރެ ގިނަ ކޭސް ވަނީ ފެނިފައި.

މުޅި ދުނިޔެއަށް ނުރައްކާވާ ޙާލަތުގައި އޮތް ކަމަށް މި މަހުގެ 14 ވަނަ ދުވަހު ކަނޑައެޅި އެމްޕޮކްސް ބަލި ފެތުރޭ މައިގަނޑު ސަބަބަކީ ގައިގޯޅިވެ، ހުރަހަކާ ނުލައި ބީހުން ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން ބުނެފިއެވެ.

ޑަބްލިޔުއެޗްއޯއިން ބުނީ އެމްޕޮކްސް ޖެހިފައިވާ މީހެއްގެ ހަށިގަނޑުގައި އަތްލައި ގައިގޯޅިކޮށް އުޅުމާ ބަލާއިރު، ވާހަކަ ދައްކާއިރު ބުރައިގެންދާ ކުޅަކީ އެ ބަލި ފެތުރޭ ބޮޑު ސަބަބެއްގެ ގޮތުގައި ނުބެލޭ ކަމަށާއި، އެ ބަލި މައިގަނޑު ގޮތެއްގައި ފެތުރެނީ ބަލި ޖެހިފައިވާ މީހަކާ "ކްލޯޒް ފިޒިކަލް ކޮންޓެކްޓް" ވުމުން ކަމަށެވެ.

މީގެ އިތުރުން، ބަލި ޖެހިފައިވާ މީހަކާއި "ފޭސް ޓު ފޭސް" ކޮށް ބައްދަލުވެ ވާހަކަދައްކައި އަދި ކައިރީގައި ތިބެ ނޭވާ ލުމުންވެސް ބަލީގެ ވައިރަސް ފެތުރުނު ނަމަވެސް، އެއީ ބަލި ފެތުރުމުގެ މައިގަނޑު ސަބަބެއް ނޫން ކަމަށް ޑަބްލިޔުއެޗްއޯއިން ބުންޏެވެ.

Advertisement

Advertisement 1

ޑަބްލިޔުއެޗްއޯގެ ތަރުޖަމާނު މާގްރެޓް ހެރިސް ވިދާޅުވީ އެމްޕޮކްސް ފެތުރޭ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ފެންނަނީ "ގައިގޯޅިވެ، ހުރަހަކާ ނުލައި ބީހުން" ކަމަށެެވެ. އޭނާ ވިދާޅުވީ މިހާރު އެކި ޤައުމުތަކުން މި ބަލި ފެތުރެމުންދާ ސަބަބު ދެނެގަތުމަށް އިތުރު ދިރާސާތައް ބޭނުންވާ ކަމަށެވެ.

މި ވަގުތު މި ބަލި ހަލުވި ކަމާއެކު ފެތުރެމުން ދަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި އެފްރިކާގެ ބައެއް ޤައުމުތަކުގައެވެ. 2022 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް 116 ޤައުމަކުން މި ބަލީގައި 99000 އަށްވުރެ ގިނަ ކޭސް ވަނީ ފެނިފައެވެ.

އެމްޕޮކްސްގައި އާއްމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ގައިގައި ރިއްސުމާއި، ވަރުބަލިވުމާއި، ގޮށްލުމާއި އަދި ހަމުގައި ބިހި ނެގުން ފަދަ އަލާމާތްތައް ހިމެނެއެވެ. ގިނަ ފަހަރަށް މި ބަލި އަމިއްލަ ޒާތުގައި ރަނގަޅުވީނަމަވެސް ބަލީގެ ހާލަތަށް ބަލާ ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހޭ ހާލަތު މެދުވެރިވެއެވެ. މި ބައްޔަށް ވަކި ޚާއްސަ ފަރުވާއެއް ހޯދިފައި ނެތް ބައްޔަކަށް ވާއިރު، ބަލި ޖެހިފައިވާ މީހާގެ ފަރާތުން ފެންނަ އަލާމާތްތަކަށް ބަލާ، ފޯރުކޮށްދެވެނީ ސަޕޯޓިވް ފަރުވާއެކެވެ.

އެމްޕޮކްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކޮންގޯގައި އެމްޕޮކްސް ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ވެކްސިން ދޭން ފަށައިފި

ކޮންގޯގައި އެމްޕޮކްސް ވެކްސިން ދޭން ފަށައިފި

657 ދުވަސް ކުރިން - 23:58

މެލޭޝިއާއިން އެމްޕޮކްސްގެ އައު ކޭހެއް ފެނިއްޖެ

މެލޭޝިއާއިން އެމްޕޮކްސްގެ އައު ކޭހެއް ފެނިއްޖެ

676 ދުވަސް ކުރިން - 13:27

ޑަބްލިއުއެޗްއޯއިން ރާއްޖެއަށް އެމްޕޮކްސް ޓެސްޓު ކިޓު ހަދިޔާކޮށްފި

ޑަބްލިއުއެޗްއޯއިން ރާއްޖެއަށް އެމްޕޮކްސް ޓެސްޓު ކިޓު ހަދިޔާކޮށްފި

681 ދުވަސް ކުރިން - 22:03

އެމްޕޮކްސް ފެތުރުން ހުއްޓުވުމަށް އެފްރިކާއަށް 10 މިލިއަން ޑޯޒްގެ ވެކްސިން

އެމްޕޮކްސް ފެތުރުން ހުއްޓުވުމަށް އެފްރިކާއަށް 10 މިލިއަން ޑޯޒްގެ ވެކްސިން

703 ދުވަސް ކުރިން - 22:28

ތައިލޭންޑުންވެސް އެމްޕޮކްސްގެ ނުރައްކާތެރި ވޭރިއަންޓެއް ފެނިއްޖެ

ތައިލޭންޑުންވެސް އެމްޕޮކްސްގެ ނުރައްކާތެރި ވޭރިއަންޓެއް ފެނިއްޖެ

703 ދުވަސް ކުރިން - 14:51

އެމްޕޮކްސްއަށް ޓެސްޓް ކުރެވޭ ގޮތް ހަދަން އެޗްޕީއޭއިން ތައްޔާރުވަނީ

އެމްޕޮކްސްއަށް ޓެސްޓް ކުރެވޭ ގޮތް ހަދަން އެޗްޕީއޭއިން ތައްޔާރުވަނީ

705 ދުވަސް ކުރިން - 14:34