Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޕޭޕާލް ޚިދުމަތް ބަޔަކަށް ހަޖަމު ނުވަނީ ކީއްވެ؟

ޕޭޕާލް ޚިދުމަތް ބަޔަކަށް ހަޖަމު ނުވަނީ ކީއްވެ؟

ހުސައިން އިސްމާއިލް
1 ދުވަސް ކުރިން - 22 ޖޫން 2026 22:29
ރައީސް މުޢިއްޒު ރާއްޖޭގައި ޕޭޕާލް ގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވުން - ކުރީ ސަރުކާރަށް މިކަން ނުވީމާ އެމީހުން ހީކުރީ މިސަރުކާރަށް ވެސް ނުވާނެ ކަމަށް.
ރައީސް މުޢިއްޒު ރާއްޖޭގައި ޕޭޕާލް ގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވުން - ކުރީ ސަރުކާރަށް މިކަން ނުވީމާ އެމީހުން ހީކުރީ މިސަރުކާރަށް ވެސް ނުވާނެ ކަމަށް.
ޚުލާސާ

ޕޭޕާލް ގެންނަން އެމީހުން އުޅުނު ނަމަ އޭރުގައި ހުރި ހުރަސްތައް ނައްތައިނުލީ ކީއްވެހެއްޔެވެ؟ ނަމަވެސް ތިމާމެންނަށް ނުވީ ކަމެއް މި ސަރުކާރުން ކޮށް ނިންމީމާ، އެކަން ހަޖަމުނުވެގެން "ކްރެޑިޓް ނަގަނީއޭ" ކިޔައި އަނގަ ތެޅިޔަސް، ޙަޤީޤަތެއް ބަދަލެއް ނުވާނެއެވެ.

ދިވެހިރާއްޖޭގެ ޒުވާނުންނާއި އޮންލައިން ވިޔަފާރިވެރިން އެތައް އަހަރެއް ވަންދެން އިންތިޒާރުކުރަމުން އައި ޕޭޕާލްގެ ޚިދުމަތް ރާއްޖެއަށް ގެނެސްދީފައި ވަނީ ދިވެހި ސަރުކާރުން ކުރި ބުރަ މަސައްކަތުންނެވެ۔ ކުރީގެ ސަރުކާރަށް އެކަން ކުރަން އުޅެއުޅެ ނުކުރެވުނެވެ.

ނަމަވެސް މި ކަމަކީ ކުރީ ސަރުކާރުން ފެށި މަސައްކަތެއް ކަމަށް ބުނެ އިދިކޮޅުން ވާހަކަ ދެއްކި ނަމަވެސް، ޤާނޫނީ އަދި އިދާރީ ހުރަސްތައް ނައްތާލައި މި ޚިދުމަތް އެއްކޮށް ކޮށްނިންމައި ރައްޔިތުންނަށް ފޯރުކޮށްދިނީ މި ސަރުކާރުންނެވެ۔

އެމްޑީޕީގެ ވެރިކަމުގައި އެކަން ކުރަން އުޅުނު ނަމަ އެކަން ވީހެވެ. އެކަމަށް ބޭނުންވާ ޤާނޫނީ ފިޔަވަޅުތަކާއި ސިޔާސަތުތައް އެމްޑީޕީގެ ވެރިކަމުގައި ފުރިހަމަ ކުރާކަށް އެމީހުންނަށް 5 އަހަރު ލިބުނު އިރު، އެމީހުން އުޅުނީ އެހެން ކަންކަމާއިގެންނެވެ. އެހެންވެ ޕޭޕާލް އަށް ބޭނުންވާ މުހިއްމު ކަންކަން އޮތީ ފުރިހަމަ ނުކުރެވިއެވެ.

Advertisement

Advertisement 1

އެހެންކަމުން، މިސަރުކާރުން އިސްނަގައިގެން ޕޭޕާލާއި އުރީދޫ މޯލްޑިވްސްއާ ގުޅިގެން ކުރެވުނު މަސައްކަތުން، އެމް-ފައިސާގެ ޒަރީއާއިން ޕޭޕާލް ފުރިހަމައަށް އިންޓެގްރޭޓްކޮށް މިހާރު ވަނީ ޚިދުމަތް ފަށާފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިކަމުގެ ކްރެޑިޓް ހޯދަން މާބޮޑަށް އުޅެނީކީ ނޫނެވެ. ނަމަވެސް އެމަނިކުފާނުގެ ވިޝަންގެ ތެރެއިން ޑިޖިޓަލް އިޤްތިޞާދު ފުޅާކުރުމަށް، އަދި ކުރީ ސަރުކާރަށް ނުކުރެވި އޮތް ބޮޑު މަސައްކަތެއް ފުރިހަމަވުމުން އެކަމުގެ ހައްގު ކްރެޑިޓް މި ސަރުކާރަށް ލިބޭނެއެވެ. ކުރީ ސަރުކާރަށް ނުވީ ކަމެއް މި ސަރުކާރުން ކޮށް ނިންމީމާ، އެކަން ހަޖަމުނުވެގެން "ކްރެޑިޓް ނަގަނީއޭ" ކިޔައި އަނގަ ތެޅިޔަސް، ޙަޤީޤަތެއް ބަދަލެއް ނުވާނެއެވެ.

ޕޭޕަލްރައީސް ޑރ. މުހައްމަދު މުއިއްޒު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލޭގައި މާރުކޭޓު އެޅިޔަނުދިނުމަށް ސިޓިކައުންސިލުން ބިން ހިފަހައްޓައިފި

މާލޭގައި މާރުކޭޓު އެޅިޔަނުދިނުމަށް ސިޓިކައުންސިލުން ބިން ހިފަހައްޓައިފި

2 ދުވަސް ކުރިން - 12:01

ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ: ރައީސް

"ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ"

4 ދުވަސް ކުރިން - 16:24

އަމާޒަކީ މިހާރު އޮތް ގޮތަށް 20 ރުފިޔާގައި މަހުގެ އަގު ހިފެހެއްޓުން: ރައީސް

"އަމާޒަކީ މިހާރު އޮތް ގޮތަށް 20 ރުފިޔާގައި މަހުގެ އަގު ހިފެހެއްޓުން"

4 ދުވަސް ކުރިން - 15:47

ރިޕޯޓް: ޕޭޕަލްގެ ހިދުމަތާއެކު ދިވެހި އިގްތިސާދު ބައިނަލްއަގްވާމީ މައިދާނަށް ހުޅުވާލުން

ޕޭޕަލްގެ ހިދުމަތާއެކު ދިވެހި އިގްތިސާދު ބައިނަލްއަގްވާމީ މައިދާނަށް ހުޅުވާލުން

7 ދުވަސް ކުރިން - 14:32

ރައީސް މުއިއްޒުގެ ވަޢުދުފުޅު ފުއްދަވައިފި: ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ރާއްޖެއަށް!

ރައީސް މުއިއްޒުގެ ވަޢުދުފުޅު ފުއްދަވައިފި: ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ރާއްޖެއަށް!

8 ދުވަސް ކުރިން - 11:57

ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ތައާރަފްކޮށް ރައީސްގެ ވައުދު ފުރިހަމަކޮށްފި

ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ތައާރަފްކޮށް ރައީސްގެ ވައުދު ފުރިހަމަކޮށްފި

8 ދުވަސް ކުރިން - 11:48